ވިޔަފާރިތަކަށް ފިއްތުމުގެ ކުރިން ސަރުކާރުން ދޭން ޖެހޭ ފައިސާ ދޭން ވިޔަފާރިވެރިން އެދިއްޖެ

މިއަދު އިސްކަންދަރު ކޮށީގައި ހޯމް މިނިސްޓަރު ވިޔަފާރިވެރިންނާ ބައްދަލުކުރުމަށް ބޭއްވި ބައްދަލުވުމަށް ހާޒިރުވި ބައެއް ވިޔަފާރިވެރިން. ބިލުތަކަށް ފައިސާ ނުލިބޭ ޝަކުވާތައް ގިނަ --- ފޮޓޯ: ހޯމް މިނިސްޓްރީ

މިއަދު އިސްކަންދަރު ކޮށީގައި ހޯމް މިނިސްޓަރު ވިޔަފާރިވެރިންނާ ބައްދަލުކުރުމަށް ބޭއްވި ބައްދަލުވުމަށް ހާޒިރުވި ބައެއް ވިޔަފާރިވެރިން. ބިލުތަކަށް ފައިސާ ނުލިބޭ ޝަކުވާތައް ގިނަ --- ފޮޓޯ: ހޯމް މިނިސްޓްރީ

ވިޔަފާރިވެރިން ދައުލަތަށް ދައްކަން ޖެހޭ ފައިސާގެ ވާހަކަ ދައްކާއިރު ސަރުކާރުން ވިޔަފާރިތަކަށް ދޭން ޖެހޭ ފައިސާ ދިނުމަށާއި ބިލުުތަކަށް ފައިސާ ދައްކައިދިނުމަށް ވިޔަފާރިވެރިން ސަރުކާރުގައި އެދެފި އެވެ.

ވިޔަފާރިވެރިންގެ މި ކަންބޮޑުވުން ހިއްސާކުރީ ހޯމް މިނިސްޓްރީން އިންތިޒާމުކޮށްގެން، ވިޔަފާރިވެރިންނާއި "އެކްސްޕެޓް ސިސްޓަމް" ބޭނުންކުރާ މީހުންނާ އެކީ ބޭއްވި ބައްދަލުވުމުގެ ތެރެއިންނެވެ. މި ބައްދަލުވުމުގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

މި ބައްދަލުވުމުގެ ތެރެއިން ސުވާލުތަކަށް ހުޅުވާލުމުން ވިޔަފާރިވެރިއަކު ބުނީ ސަރުކާރުން އެފަރާތަަށް ދައްކަން ހުރި ފައިސާތައް ދެއްކުމުން އެ މީހުން ވެސް ސަރުކާރަށް ދައްކަންޖެހޭ ފައިސާތައް ދައްކަވާނެ ކަމަށެވެ. އަދި އެ ފައިސާތައް ލިބޭނީ ކޮންއިރަކުތޯ އޭނާ ސުވާލު ކުރި އެވެ.

Advertisement

"އެނގޭ ސަރުކާރުގެ މާލީ ހާލަތު ވަރަށް ދަށް ކަން. ހަމަ އެގޮތަށް އަޅުގަނޑުމެންގެ މާލީ ހާލަތު ވެސް ވަރަށް ދަށް. ސަރުކާރުން އަޅުގަނޑުމެންނަށް ދޭންޖެހޭ ފައިސާ އެބަހުރި. އެ ފައިސާތައް އަޅުގަނޑުމެންނަށް ދިނުމުން އަޅުގަނޑުމެން ވެސް ދައްކަންޖެހޭ ފައިސާ ދައްކާނަން," އެ ވިޔަފާރިވެރިޔާ ބުންޏެވެ.

މި ކަންބޮޑުވުންތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އިހުސާން ވިދާޅުވީ އެކަމާ ބެހޭ ގޮތުން ފިނޭންސް މިނިސްޓްރީއާ ވާހަކަ ދައްކާނެ ކަމަށެވެ. އަދި ސަރުކާރަށް ފައިސާ ދައްކަން ދަތިވާ ވިޔަފާރިވެރިންނާއި މީހުންނަށް އަހަރު ދުވަހަށް ބަހާލައިގެން ފައިސާ ދެއްކުމުގެ ފުރުސަތު މިހާރު ވެސް އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ތިކަމާއި ބެހޭގޮތުން އަޅުގަނޑުމެން ފިނޭންސް މިނިސްޓްރީއާ ވާހަކަދައްކާނަން. އަދި ބިލުތައް ސެޓްލްކުރުމަށް ކުރެވެން ހުރި ކަންތައްތައް ބަލާނަން," މިނިސްޓަރު އިހުސާން ވިދާޅުވި އެވެ.

ބިދޭސީންނާއި ގުޅިގެން ދައްކަން ޖެހޭ ފީގެ ގޮތުގައި ޖުމްލަ 636.5 މިލިއަނަށްވުރެ ރުފިޔާ، ނުދައްކާ ހުރި 1،026 ކުންފުނީގެ ލިސްޓް ހޯމްލޭންޑް ސެކިޔުރިޓީ މިނިސްޓްރީން ޖުލައި 25، ގަ އާންމު ކޮށްފަ އެވެ.

މި ލިސްޓު އާންމުކުރުމާ ގުޅިގެން ސޯޝަލް މީޑިއާގައި ވެސް ވިޔަފާރިވެރިން ވަނީ އެ މީހުންނަށް ދައްކަން ހުރި ފައިސާތަކުގެ ވާހަކަ ތިލަކޮށް، އެ ފައިސާ ދޭން ސަރުކާރަށް ގޮވާލާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox