އަމިއްލަ ކުދި ވިޔަފާރިތަކަށް ދައްކަންޖެހޭ ފައިސާ ބައިބަޔަށް ބަހާލައިގެން ސަރުކާރުން ދައްކަނީ

Aug 18, 2026, 10:15 AM
ޒަރީރު މިއަދު މަޖިލީހުގައި: ވިދާޅުވީ ބައިބަޔަށް ބަހާލައިގެން އަމިއްލަ ވިޔަފާރިތަކަށް ފައިސާ ދައްކަމުންދާ ކަމަށް -- ފޮޓޯ: މަޖިލިސް

ޒަރީރު މިއަދު މަޖިލީހުގައި: ވިދާޅުވީ ބައިބަޔަށް ބަހާލައިގެން އަމިއްލަ ވިޔަފާރިތަކަށް ފައިސާ ދައްކަމުންދާ ކަމަށް -- ފޮޓޯ: މަޖިލިސް

އަމިއްލަ ކުދި ވިޔަފާރިތަކަށް ސަރުކާރުން ދަރާފައި ހުރި ފައިސާ ބައިބަޔަށް ބަހާލައިގެން ދޫކުރަން ފަށާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު މިއަދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގައި މިއަދު ވާހަކަ ދައްކަވަމުން ޒަރީރު ވިދާޅުވީ، 500،000 ރުފިޔާއަށް ވުރެ މަދުން ފައިސާ ދޭންޖެހޭ ކުންފުނިތަކަށް، ފައިސާ ދޫކުރަން މިހާރު ފަށާފައިވާ ކަމަށެވެ. ނަމަވެސް ފައިސާ ދައްކަމުންދަނީ ބައިބަޔަށް ބަހާލައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިހާރު މި ދަނީ ފަސް ލައްކައަށްވުރެ ދަށުން ފައިސާ ލިބެންޖެހޭ ފަރާތްތަކަށް ހަމަ ގަވާއިދުން ޕްރޮސެސް ކުރަމުން. ކުރިން ވެސް އަޅުގަނޑު ދެންނެވިން، އަޅުގަނޑުމެން މިހާރު އެއްވެސް ބޭފުޅަކު ބާކީނުކޮށް، ދައްކަންޖެހޭ ފައިސާ ކޮންމެވެސް ޕޯޝަނެއް [އެތިކޮޅެއް] އަޅުގަނޑުމެންގެ ކޭޝްފްލޯ އެވެއިލަބަލްވާ ވަރަކުން މި ދަނީ ދައްކަމުން،" ޒަރީރު ވިދާޅުވި އެވެ. 

ސަރުކާރުން ދޭންޖެހޭ ފައިސާ ދޫނުކުރާ މައްސަލައިގައި ވިޔަފާރިތަކަށް އަންނަނީ ވަރަށް ބޮޑެތި ގެއްލުންވަމުންނެވެ. ބައެއް ވިޔަފާރިތައް ވަނީ ބަނގުރޫޓުވެފަ އެވެ. ވިޔަފާރިވެރިންނަށް ފައިސާ ދޫކުރުން މަޖިލީހުގެ އިންތިހާބާއި ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް ރައީސް މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވި އެވެ. 

ވިޔަފާރިވެރިންނަށް ފައިސާ ދޫކުރަން މުއިއްޒު ހަ ތާރީހެއް ދެއްވި އެވެ. ނަމަވެސް ކޮންމެ ފަހަރަކު ވެސް އެ ސުންގަޑި ހަމަވުން އައު ތާރީހެއް ދެއްވަނީ އެވެ. 

ވިޔަފާރިތަކަށް ލިބެންޖެހޭ ފައިސާގެ އިތުރުން، ޑޮލަރުގެ ވާހަކަ ވެސް މިއަދު މިނިސްޓަރު މަޖިލީހުގައި ދެއްކެވި އެވެ. އޭނާ ވިދާޅުވީ ޑޮލަރުގެ ދަތިކަން ކުރިމަތިވެގެން މި އުޅެނީ މިދިޔަ އޭޕްރީލް މަހު 500 މިލިއަން ޑޮލަރުގެ ލޯނު ދައްކަންޖެހުމުން ކަމަށެވެ. 

"ޑޮލަރުގެ ދަތިކަން އެންމެ ބޮޑަށް އަޅުގަނޑުމެންނަށް ތަހައްމަލް ކުރަންޖެހުނު އެއް ސަބަބު އެއީ އަޅުގަނޑުމެން 500 މިލިއަން ޑޮލަރުގެ ސުކޫކެއް ދައްކަންޖެހުން އެއްފަހަރާ. މިދަތިތައް ހައްލުކުރަން ކުރަންޖެހޭ މަސައްކަތްތައް އަޅުގަނޑުމެން މި ދަނީ ކުރަމުން،" މިނިސްޓަރު ޒަރީރު ވިދާޅުވި އެވެ. 

މާލީ ތަޖުރިބާކާރުން ބުނަނީ ޑޮލަރުގެ އަގު އުފުލުމުގެ މައިގަނޑު އެއް ސަބަބަކީ އައު އިންވެސްޓްމެންޓެއް ނުވަތަ ލޯނެއް ނުނަގައި، އިގްތިސާދުގައި އެނބުރެމުންދިޔަ ޑޮލަރުން 500 މިލިއަން ޑޮލަރުގެ ލޯނު ދެއްކުމެވެ. އެއާއެކު ޑޮލަރުގެ ހަރަދު ކުޑަ ނުކުރުމަކީ ވެސް ޑޮލަރުގެ އަގު ބޮޑުވާ މައިގަނޑު ސަބަބެއް ކަމަށް މާހިރުން ބުނެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އެއްބަސްވުން ބާތިލުކޮށް، ބަދަލެއްވެސް ނުދޭނަން: ޔާމީން

ރަސްމާލެއިން ބިން ދޫކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، ދެން އުފެދޭ ވެރިކަމެއްގައި އެ އެއްބަސްވުން ބާތިލުކޮށް އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި. އަދި މި މުއާމަލާތުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި އަދަބު ދޭނެ ކަމަށް.

މެނިފެސްޓޯގައި ނެތް ކަމެއް ކުރަންޏާ ޖެހޭނީ ވޯޓަށް އަހަން: އަލީ

ރިޔާސީ މެނިފެސްޓޯގައި ނެތް ކަމެއް ކަމަށްވާ ބޭރު މީހުންނަށް ރާއްޖެއިން ބިން ދިނުން ފަދަ ކަންކަން ކުރަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި. ގައުމީ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއްކަން އޭނާ ފާހަގަކުރެއްވި.

ވެރިކަމުގެ ދަހިވެތިކަމުގެ ކުރިޔަށް ގައުމީ ސަލާމަތް ނެރޭ: މުއިއްޒު

ވެރިކަމުގެ ދަހިވެތިކަމާއި ޒާތީ ހަސަދައިގެ ކުރިއަށް ގައުމީ ސަލާމަތާއި ފަރުދުންގެ އުފާވެރިކަން އިސްކުރުމަށް ހުރަވީ ދުވަހުގެ މެސެޖުގައި ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. މީގެ އިތުރުން ދަރަނީގެ އަޅުވެތިކަމުން ސަލާމަތްވެ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ސިޔާސީ ޖަޒުބާތުތަކުގެ ބަދަލުގައި ގައުމީ އިހުލާސްތެރިކަން އިސްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ރަސްމާލެ އެއްވުމުގައި ހަމަނުޖެހުމެއް ނުހިނގާނެ ކަމަށް އަންގައިފި

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާ ދެކޮޅަށް އެއްވުމަކީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ ސުލްހަވެރި ހަރަކާތެއް ކަމުގެ ޔަގީންކަން އިންތިޒާމުކުރާ ފަރާތުން ފުލުހުންނަށް ދީފި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން ބުނީ، ކުރިން ރޭވިގޮތަށް މިރޭ 8:30 ގައި މި ހަރަކާތް އޮންނާނެ ކަމަށާއި ކުދިބޮޑު އެންމެނަށް ދައުވަތުއަރުވާ ކަމަށް.

ރަސްމާލެ އެއްވުން ގާނޫނީ އިމުގެ ތެރޭގައި ބާއްވަން އަންގައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ. ފުލުހުން ބުނެފައިވަނީ މި އެއްވުމާ ގުޅޭ މައުލޫމާތު އިންތިޒާމުކުރާ ފަރާތުން ހިއްސާކޮށްފައި ނުވާތީ، އާންމު ދަތުރުފަތުރަށް ބުރޫނާރާނެހެން ކަންކަން ބެހެއްޓުމަށް އަންގާ ކަމަށް.

"ގައުމީ ހަރަކާތް ހުއްޓާލާނީ ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލުމުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށް، ގައިރު މުސްލިމުންނަށް ވަޒަންވެރިވެވޭ ގޮތަށް ގާނޫނު އިސްލާހުކުރާތީ އެކަމާ ދެކޮޅަށް ފަށާފައިވާ "ގައުމީ ހަރަކާތް" ހުއްޓާލާނީ އެ މަޝްރޫއު ހުއްޓާލުމުން ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އަދި މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، ސަރުކާރުން ރައްޔިތުންގެ އަޑު ނާހައިފި ނަމަ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

ބެނާތައް ކަނޑަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގައި ދަމާފައި ހުރި ބެނާތަކެއް ކަނޑަމުންދިޔަ ދެ މީހަކު އާންމުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އަޑުއުފުލުމަށް މިރޭ އާޓިފިޝަލް ބީޗުގައި އެއްވުމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox