އޭޝިއަން ސާފިން ޗެމްޕިއަންޝިޕް: ރާއްޖޭގެ ޖޫނިއާ ފަސް އެތުލީޓުން ވެސް ތިން ވަނަ ބުރަށް

Aug 19, 2024, 2:34 PM
އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގެ ތިން ވަނަ ބުރުން ހޯދި ރާއްޖޭގެ ޖޫނިއާ ފަސް ސާފަރުން.--- ފޮޓޯ: އަތޫފް އާތިފް / އަދަދު

އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގެ ތިން ވަނަ ބުރުން ހޯދި ރާއްޖޭގެ ޖޫނިއާ ފަސް ސާފަރުން.--- ފޮޓޯ: އަތޫފް އާތިފް / އަދަދު

ކ. ތުލުސްދޫގައި މިހާރު ކުރިއަށްދާ އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގެ 18 އަހަރުން ދަށް، ޖޫނިއާ ކެޓަގަރީން ރާއްޖޭގެ ފަސް އެތުލީޓަކު ވާދަކުރި ފުރަތަމަ ބުރުގެ ހީޓުތަކުގައި ގަދަ ދޭއްގެ ތެރޭގައި ހިމެނި، ތިން ވަނަ ބުރުން ފުރުސަތު ހޯދައިފި އެވެ.

ޖޫނިއާ ބައިގެ އެއް ވަނަ ރައުންުޑުގެ ތިން ވަނަ ހީޓުގައި ރާއްޖޭގެ ދެ ސާފަރުން ވާދަކުރި އެވެ. މި ހީޓުގެ އެއް ވަނަ ހޯދީ، ރާއްޖޭގެ ޖޫނިއާ ކެޕްޓަން، ސައްޔިދު ސަލާހުއްދީން އެވެ. އޭނާ ވަނީ، އެޅި ދެ ރާޅުގައި 6.43 ޕޮއިންޓް ސްކޯކޮށްފަ އެވެ. ހީޓުގެ ދެ ވަނަ ހޯދި ރާއްޖޭގެ ޓީމު ބީ، ޓީމު ތުލުސްދޫގެ ކަޔާން އަރީފް އަށް ވަނީ 6.23 ޕޮއިންޓް ސްކޯކޮށްފަ އެވެ. އެއީ، އެޅި ހަތަރު ރާޅުގެ ތެރެއިން އެންމެ ރަނގަޅު ދެ ރާޅަށް ލިބުނު ސްކޯ އެވެ. މި ހީޓުގެ ތިން ވަނަ ހޯދި ތައިލެންޑްގެ ޓިން ޖޯންސަން އަށް ލިބުނީ، 5.43 ޕޮއިންޓެވެ. އަދި ފުލުގައި ނިންމި ލެބަނަންގެ ރަޔާން ހަކަވާޓީ އަށް ވަނީ 4.80 ޕޮއިންޓް ލިބިފަ އެވެ.

މިއަދު ކުރިއަށްދިޔަ ޖޫނިއާ ކެޓަގަރީގެ ހީޓެއްގެ ތެރެއިން.--- ފޮޓޯ: އަތޫފް އާތިފް / އަދަދު ސްޕޯޓްސް

ހީޓު ހަތަރެއްގެ އެއް ވަނަ ހޯދީ ރާއްޖެ ޓީމުގެ ކަޔާން ޒަކީ އެވެ. އޭނާ ވަނީ، ހަަތަރު ރާޅު އަޅައި، އެންމެ ރަނގަޅަށް އެޅި ދެ ރާޅުން އެއްކުރި ސްކޯ، 9.20 ޕޮއިންޓަށް ހަދައި، ހީޓުގެ އެއް ވަނަ ހޯދައިފަ އެވެ. ދެ ވަނަ ހޯދީ، 9.10 ޕޮއިންޓް ހޯދި ޓީމު ތުލުސްދޫގެ މުހައްމަދު އިނާން އެވެ. ހީޓުގެ ތިން ވަނަ އަށް ދިޔަ ތައިލެންޑްގެ ނަތުރީ ދަރިޔަވަތަނަވަޖިޓް ވަނީ ފަސް ރާޅު އަޅައި، އެންމެ ރަނގަޅު ދެ ރާޅުގެ ޕޮއިންޓުން، 8.57 ސްކޯކޮށްފަ އެވެ. އަދި ފުލަށް ދިޔަ، ސިންގަޕޫރުގެ ޖޫލިއަން މާކް ވަނީ 7.27 ޕޮއިންޓް ސްކޯކޮށްފަ އެވެ.

ހީޓު ފަހެއްގައި ވާދަކޮށް، ރާއްޖޭގެ، ޔާސީން އަހުމަދު ނާޝިދު ވަނީ ދެން ވާދަކުރި ދެ ސާފަރުން ބަލިކޮށް އެއް ވަނަ ހޯދައިފަ އެވެ. ޔާސީން ވަނީ، ހަތަރު ރާޅު އަޅައި، އެންމެ ރަނގަޅު ދެ ރާޅުގެ ސްކޯ އިން، 9.17 ޕޮއިންޓް ސްކޯކޮށްފަ އެވެ. ދެ ވަނަ އަށް ދިޔައީ ކޮރެއާގެ ޑޮހޫން ޔުން އެވެ. އޭނާ ވަނީ، ހަތް ރާޅު އަޅައި، އެންމެ ރަނގަޅު ދެ ރާޅުގެ ސްކޯއިން، 5.50 ޕޮއިންޓް ސްކޯކޮށްފަ އެވެ. އަދި ހީޓުގެ ފުލުންދިޔަ، ސިންގަޕޫރުގެ އައިދިން ނާޒިރު އަށް ވަނީ، 1.10 ޕޮއިންޓް ސްކޯކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2030 ގެ ފީފާ ވޯލްޑް ކަޕްގެ ރައިޓްސްތަކެއް ނެޓްފްލިކްސް އަށް

2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މެޗުތައް ސްޕެއިން އާއި އެންޑޯރާގައި ދެއްކުމުގެ ރައިޓްސް ނެޓްފްލިކްސް އިން ގަނެފި. މި އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހަކު އެއް މެޗު ހިލޭ ސްޓްރީމް ކުރާއިރު، އޭގެ ތެރޭގައި ސެމީ ފައިނަލާއި ފައިނަލް މެޗު ވެސް ހިމެނޭ.

ޗައިނާ މުބާރާތުގައި ވެސް ގައުމީ ފުޓްސަލް ޓީމަށް ކޯޗު ޒަކީރޯވް

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވެސް ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދުދޭނީ ކޯޗު ފާރޫކް ޒަކީރޯވް ކަމަށް އެފްއޭއެމް އިން ވަނީ ހާމަކޮށްފައި. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓީމުން މިހާރު ފަރިތަކުރުންތައް ފަށާފައިވާއިރު، ރާއްޖޭގެ އިތުރުން މި މުބާރާތުގައި ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާނެ

ގައްދޫ ބަލިކޮށް ބުރު އަށް ސީޒަންގެ ފުރަތަމަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫ 2-0 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި. މި މެޗުގެ ލަނޑުތައް ބުރު ސްޕޯޓްސްއަށް ކާމިޔާބުކޮށްދިނީ ޖުއާން އެޑުއާޑޯ ލެސްކާނޯ އާއި އިބްރާހިމް އުސާމާ ހަސަން މަޖީދު

ލަމްޕާޑް އެދުނީ ކަވެންޓްރީ އިން ހަމަބިމުގައި ތިބެން

ކޯޗު ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ކަވެންޓްރީ ސިޓީން 25 އަހަރަށް ފަހު ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ފުރަތަމަ މޮޅު ހޯދައިފި. ނިއުކާސަލް އަތުން ލިބުނު މި ކާމިޔާބީއާއެކުވެސް، ލަމްޕާޑް ބާރުއެޅީ ޓީމުގެ ސަމާލުކަން ނުގެއްލުވައި ހަމަބިމުގައި ތިބެގެން ކުރިއަށް ދިއުމަށް

އެމެރިކާ އަކީ ފުޓްބޯޅައިގެ ގައުމެއް ނޫން: ޖިރޫ

އެމެރިކާގެ އެލްއޭ އެފްސީއަށް ކުޅުމަށްފަހު ފްރާންސްގެ ލިލް އަށް ބަދަލުވި އޮލިވިއޭ ޖިރޫ ބުނިގޮތުގައި، އެމެރިކާ އަކީ ޔޫރަޕާ އަޅާބަލާއިރު ފުޓްބޯޅައިގެ ޖޯޝާއި ފޯރި ކުޑަ، ހަމައެކަނި ފުޓްބޯޅައިގައި ހިމެނޭ ފައިސާއަށް އިސްކަންދޭ ގައުމެއް

ރާއްޖެ މެޗުގެ ކަންތަކާ ހެދި ލަންކާ ކޯޗު 5000 ޑޮލަރުން ޖޫރިމަނާ

އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ދިވެހި ޓީމަށް ބޭއަދަބީ ބަހުން މުހާތަބުކުރި ލަންކާގެ އެސިސްޓަންޓް ކޯޗު މުހައްމަދު އިމްރާން 5000 ޑޮލަރުން އޭއެފްސީން ޖޫރިމަނާކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާ ވަގުތުން މަގާމުން ވަކިކޮށްފައިވާއިރު، ދެ އަހަރު ދުވަހުގެ ސަސްޕެންޝަނެއް ދިނުމަށްވެސް އެ ފެޑެރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގައްދޫން މި ބުރުގައި ހަ ޕޮއިންޓް ހޯދަންޖެހޭ: ނަޒީހު

ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ބަލިވެފައިވާ ގައްދޫ ޓީމުން، މި ބުރުގައި ހަ ޕޮއިންޓް ހޯދަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނަޒީހު ބުނެފިއެވެ. ބަޖެޓާއި ތަޖުރިބާކާރު ކުޅުންތެރިންގެ ދަތިކަން ހުރި ނަމަވެސް، މިއަދު ބުރު ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ މެޗަކީ ރަނގަޅު ނަތީޖާއެއް ނެރެން އުންމީދުކުރާ މެޗެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

Newsletter

Get the latest news delivered straight to your inbox