އޭޝިއަން ސާފިން ޗެމްޕިއަންޝިޕް: ރައުންޑް ތިނަކަށް ދިޔުން އެއީ ހޫދަށް ލިބުނު ބޮޑު ހިތްވަރެއް

ހީޓު ނިންމާލުމަށް ފަހު ހޫދު ރާއްޖޭގެ އެތުލީޓުންނާ އެކު އުފާފާޅުކުރަނީ.--- ފޮޓޯ: އަތޫފް އާތިފް / އަދަދު ސްޕޯޓްސް

ހީޓު ނިންމާލުމަށް ފަހު ހޫދު ރާއްޖޭގެ އެތުލީޓުންނާ އެކު އުފާފާޅުކުރަނީ.--- ފޮޓޯ: އަތޫފް އާތިފް / އަދަދު ސްޕޯޓްސް

މި ފަހަރުގެ އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގައި އޭނާގެ ފެށުން ރަނގަޅަށް ދިޔުން އެއީ މުބާރާތުގައި ކުރިއަށް ދިޔުމަށް ލިބުނު ބޮޑު ހިތްވަރެއް ކަމަށް ގައުމީ ސާފިން ޓީމުގެ ހޫދު އަހުމަދު (ހޫބްސް) ބުނެފި އެވެ.

ކ. ތުލުސްދޫގައި ކުރިއަށްދާ އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގެ ރައުންޑް އެކެއްގެ ހީޓުން އެއް ވަނަ ހޯދައި ހޫދު ވަނީ ރައުންޑް ތިނަކަށް ދަތުރުކޮށްފަ އެވެ.

މިއަދު ހެނދުނު ކުރިއަށްދިޔަ ހީޓު 12 ގައި، ހޫދު ވަނީ ހަތް ރާޅުގެ ތެރެއިން، އެންމެ ރަނގަޅު ދެ ރާޅުން 9.16 ޕޮއިންޓް ސްކޯކޮށްފަ އެވެ. ހޫދުގެ އެންމެ ރަނގަޅު ދެ ރާޅުގެ ސްކޯ އަކީ 4.33 އާއި 4.83 އެވެ.

"އަދަދު ސްޕޯޓްސް" އާ ވާހަކަ ދައްކަމުން ހޫދު ބުނީ ފުރަތަމަ ރައުންޑާ އެކު ފެށުން ރަނގަޅު ވުން އެއީ މުބާރާތުގައި ކުރިއަށް ދިޔުމަށް ލިބުނު ބޮޑު ހިތްވަރެއް ކަމަށެވެ.

ފުރަތަމަ ރައުންޑުގެ ހީޓުން މޮޅުވުމަކީ ރައުންޑް ތިނަކަށް ނުކުންނައިރު, ބޮޑު ހިތްވަރެއް ލިބުން ކަމަށް ވެސް ހޫދު ވަނީ ބުނެފަ އެވެ. އަދި މިއީ މިދިޔަ އަހަރު ރެޕޯ-ރައުންޑުން ބަލިވުމުން ކުރި ފަރިތަކުރުންތަކުގެ ނަތީޖާ ކަމަށް ހޫދު ވަނީ ފާހަގަކޮށްފަ އެވެ.

"މިދޔަ އަހަރު ކެޓީ ރެޕޯ ރައުންޑުން. ދެން ވަރަށް ދެރަވި، އެހެންވެ، ވަރަށް ބުރަކޮށް ޕްރެކްޓިސްކޮށް މިއަހަރުގެ މުބާރާތައް މިއައީ." ހޫދު ބުންޏެވެ.

އޭނާ ބުނީ މިދިޔަ އަހަރާ އަޅާކިޔާއިރު، މި އަހަރުގެ މުބާރާތުގައި ވަރަށް މޮޅު އެތުލީޓުން އެބަތިބި ކަމަށެވެ. އަދި މިދިޔަ އަހަރުގެ އެތުލީޓުންގެ ފެންވަރު ވެސް މި ފަހަރު ރަނގަޅު ވެފައިވާކަން ހޫދު ފާހަގަކުރި އެވެ. އެހެންވެ, އެއީ މި މުބާރާތުގައި ބޮޑު ޗެެލެންޖެއް ކަމަށާއި، އެކަމަކު، ކާމިޔާބީއެއް ހޯދަން މަސައްކަތް ކުރާނެ ކަމަށް ހޫދު ވަނީ ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2030 ގެ ފީފާ ވޯލްޑް ކަޕްގެ ރައިޓްސްތަކެއް ނެޓްފްލިކްސް އަށް

2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މެޗުތައް ސްޕެއިން އާއި އެންޑޯރާގައި ދެއްކުމުގެ ރައިޓްސް ނެޓްފްލިކްސް އިން ގަނެފި. މި އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހަކު އެއް މެޗު ހިލޭ ސްޓްރީމް ކުރާއިރު، އޭގެ ތެރޭގައި ސެމީ ފައިނަލާއި ފައިނަލް މެޗު ވެސް ހިމެނޭ.

ޗައިނާ މުބާރާތުގައި ވެސް ގައުމީ ފުޓްސަލް ޓީމަށް ކޯޗު ޒަކީރޯވް

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވެސް ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދުދޭނީ ކޯޗު ފާރޫކް ޒަކީރޯވް ކަމަށް އެފްއޭއެމް އިން ވަނީ ހާމަކޮށްފައި. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓީމުން މިހާރު ފަރިތަކުރުންތައް ފަށާފައިވާއިރު، ރާއްޖޭގެ އިތުރުން މި މުބާރާތުގައި ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާނެ

ގައްދޫ ބަލިކޮށް ބުރު އަށް ސީޒަންގެ ފުރަތަމަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫ 2-0 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި. މި މެޗުގެ ލަނޑުތައް ބުރު ސްޕޯޓްސްއަށް ކާމިޔާބުކޮށްދިނީ ޖުއާން އެޑުއާޑޯ ލެސްކާނޯ އާއި އިބްރާހިމް އުސާމާ ހަސަން މަޖީދު

ލަމްޕާޑް އެދުނީ ކަވެންޓްރީ އިން ހަމަބިމުގައި ތިބެން

ކޯޗު ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ކަވެންޓްރީ ސިޓީން 25 އަހަރަށް ފަހު ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ފުރަތަމަ މޮޅު ހޯދައިފި. ނިއުކާސަލް އަތުން ލިބުނު މި ކާމިޔާބީއާއެކުވެސް، ލަމްޕާޑް ބާރުއެޅީ ޓީމުގެ ސަމާލުކަން ނުގެއްލުވައި ހަމަބިމުގައި ތިބެގެން ކުރިއަށް ދިއުމަށް

އެމެރިކާ އަކީ ފުޓްބޯޅައިގެ ގައުމެއް ނޫން: ޖިރޫ

އެމެރިކާގެ އެލްއޭ އެފްސީއަށް ކުޅުމަށްފަހު ފްރާންސްގެ ލިލް އަށް ބަދަލުވި އޮލިވިއޭ ޖިރޫ ބުނިގޮތުގައި، އެމެރިކާ އަކީ ޔޫރަޕާ އަޅާބަލާއިރު ފުޓްބޯޅައިގެ ޖޯޝާއި ފޯރި ކުޑަ، ހަމައެކަނި ފުޓްބޯޅައިގައި ހިމެނޭ ފައިސާއަށް އިސްކަންދޭ ގައުމެއް

ރާއްޖެ މެޗުގެ ކަންތަކާ ހެދި ލަންކާ ކޯޗު 5000 ޑޮލަރުން ޖޫރިމަނާ

އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ދިވެހި ޓީމަށް ބޭއަދަބީ ބަހުން މުހާތަބުކުރި ލަންކާގެ އެސިސްޓަންޓް ކޯޗު މުހައްމަދު އިމްރާން 5000 ޑޮލަރުން އޭއެފްސީން ޖޫރިމަނާކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާ ވަގުތުން މަގާމުން ވަކިކޮށްފައިވާއިރު، ދެ އަހަރު ދުވަހުގެ ސަސްޕެންޝަނެއް ދިނުމަށްވެސް އެ ފެޑެރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގައްދޫން މި ބުރުގައި ހަ ޕޮއިންޓް ހޯދަންޖެހޭ: ނަޒީހު

ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ބަލިވެފައިވާ ގައްދޫ ޓީމުން، މި ބުރުގައި ހަ ޕޮއިންޓް ހޯދަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނަޒީހު ބުނެފިއެވެ. ބަޖެޓާއި ތަޖުރިބާކާރު ކުޅުންތެރިންގެ ދަތިކަން ހުރި ނަމަވެސް، މިއަދު ބުރު ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ މެޗަކީ ރަނގަޅު ނަތީޖާއެއް ނެރެން އުންމީދުކުރާ މެޗެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

Newsletter

Get the latest news delivered straight to your inbox