އޭޝިއަން ސާފިން ޗެމްޕިއަންޝިޕް: ދެ ވަނަ ދުވަހުގެ ނަތީޖާތަކާ އެކު ގައުމީ ސާފިން ކޯޗު އިބޫ ހިތްހަމަޖެހިފައި

އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގެ ތެރެއިން ގައުމީ ސާފިން ކޯޗު އިބޫ.--- ފޮޓޯ: އަތޫފް އާތިފް/ އަދަދު ސްޕޯޓްސް

އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގެ ތެރެއިން ގައުމީ ސާފިން ކޯޗު އިބޫ.--- ފޮޓޯ: އަތޫފް އާތިފް/ އަދަދު ސްޕޯޓްސް

ރާއްޖޭގައި މިހާރު ކުރިއަށްދާ އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގެ ދެ ވަނަ ދުވަހު ރާއްޖޭގެ އެތުލީޓުން ހޯދި ކާމިޔާބީއާ މެދު ހިތްހަމަ ޖެހޭ ކަމަށް ކޯޗު ހުސެއިން އަރީފް (އިބޫ) ބުނެފި އެވެ.

މިއަދު ކުރިއަށްދިޔަ ހީޓުތަކުގެ ތެރެއިން ރާއްޖޭގެ ހޫދު އަހުމަދު (ހޫބްސް) އޭނާ ވާދަކުރި ހީޓުގެ އެއް ވަނަ ހޯދައި، ރައުންޑް ތިނަކުން ޖާގަހޯދިއިރު, ރާއްޖޭގެ ޖޫނިއާ ޓީމުގެ ހުރިހާ އެތުލީޓުން ވަނީ ޖޫނިއާ ރައުންޑް އެކެއްގެ ހީޓުތައް ކާމިޔާބުކޮށް ޖޫނިއާ ރައުންޑް ތިނަކުން ޖާގަ ހޯދައިފަ އެވެ.

އިބޫ ބުނީ މިއަދު ދިވެހި ސާފަރުންގެ ފަރާތުން ޖުމްލަކޮށް ފެނުނު ކަންކަމާއި ޕާޕޯމެންސާ މެދު ހިތްހަމަ ޖެހޭ ކަމަށާއި، ހާއްސަކޮށް ޖޫނިއާގެ ހުރިހާ ކުދިން ރައުންޑް ތިނަކަށް ދިއުމަކީ މާ ހިތްހަމަ ޖެހޭ ކަމެއް ކަމަށެވެ. މީގެ އިތުރުން، ސީނިއާ މެންސްގެ ހޫބްސް އަދި ހިޝާމް ރައުންޑް ތިނަކަށް ދިޔުން އެއީ ލިބުނު ރަނގަޅު ކާމިޔާބީއެއްގެ ގޮތުގައި އިބޫ ފާހަގަކުރި އެވެ.

އިބޫ ބުނީ, މެންސް ކެޓަގަރީގެ ރީ-ކޮލިފައިން އަށް ދިޔަ އެތުލީޓުންނާ މެދު ވެސް އުންމީދު އެބައޮތް ކަމަށެވެ.

"ވަރަށް އުންމީދު އެބައޮތް ރީ-ކޮލިފައިން އަށް ދިޔަ ކުދިންނާ މެދު ވެސް. ދެން ހޫބްސް އާއި ހިޝާމް ދިޔައީމަ އެކަމާ ވެސް ހިތްހަމަ ޖެހިފައި މި ހުރީ." އިބޫ ބުންޏެވެ.

އިބޫ ބުނީ މުޅި ޓީމު އޮތީ އެކަތިގަނޑެއްގެ ގޮތުގައި ކަމަށާއި، ހާއްސަކޮށް ޓީމުގެ ކެޕްޓަން، އަހުމަދު އާގިލް (އަންމަޑޭ) އާއި ޓީމު މެނޭޖަރުގެ ފަރާތުން ބޮޑު އެއްބާރުލުމެއް ލިބޭ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2030 ގެ ފީފާ ވޯލްޑް ކަޕްގެ ރައިޓްސްތަކެއް ނެޓްފްލިކްސް އަށް

2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މެޗުތައް ސްޕެއިން އާއި އެންޑޯރާގައި ދެއްކުމުގެ ރައިޓްސް ނެޓްފްލިކްސް އިން ގަނެފި. މި އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހަކު އެއް މެޗު ހިލޭ ސްޓްރީމް ކުރާއިރު، އޭގެ ތެރޭގައި ސެމީ ފައިނަލާއި ފައިނަލް މެޗު ވެސް ހިމެނޭ.

ޗައިނާ މުބާރާތުގައި ވެސް ގައުމީ ފުޓްސަލް ޓީމަށް ކޯޗު ޒަކީރޯވް

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވެސް ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދުދޭނީ ކޯޗު ފާރޫކް ޒަކީރޯވް ކަމަށް އެފްއޭއެމް އިން ވަނީ ހާމަކޮށްފައި. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓީމުން މިހާރު ފަރިތަކުރުންތައް ފަށާފައިވާއިރު، ރާއްޖޭގެ އިތުރުން މި މުބާރާތުގައި ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާނެ

ގައްދޫ ބަލިކޮށް ބުރު އަށް ސީޒަންގެ ފުރަތަމަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫ 2-0 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި. މި މެޗުގެ ލަނޑުތައް ބުރު ސްޕޯޓްސްއަށް ކާމިޔާބުކޮށްދިނީ ޖުއާން އެޑުއާޑޯ ލެސްކާނޯ އާއި އިބްރާހިމް އުސާމާ ހަސަން މަޖީދު

ލަމްޕާޑް އެދުނީ ކަވެންޓްރީ އިން ހަމަބިމުގައި ތިބެން

ކޯޗު ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ކަވެންޓްރީ ސިޓީން 25 އަހަރަށް ފަހު ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ފުރަތަމަ މޮޅު ހޯދައިފި. ނިއުކާސަލް އަތުން ލިބުނު މި ކާމިޔާބީއާއެކުވެސް، ލަމްޕާޑް ބާރުއެޅީ ޓީމުގެ ސަމާލުކަން ނުގެއްލުވައި ހަމަބިމުގައި ތިބެގެން ކުރިއަށް ދިއުމަށް

އެމެރިކާ އަކީ ފުޓްބޯޅައިގެ ގައުމެއް ނޫން: ޖިރޫ

އެމެރިކާގެ އެލްއޭ އެފްސީއަށް ކުޅުމަށްފަހު ފްރާންސްގެ ލިލް އަށް ބަދަލުވި އޮލިވިއޭ ޖިރޫ ބުނިގޮތުގައި، އެމެރިކާ އަކީ ޔޫރަޕާ އަޅާބަލާއިރު ފުޓްބޯޅައިގެ ޖޯޝާއި ފޯރި ކުޑަ، ހަމައެކަނި ފުޓްބޯޅައިގައި ހިމެނޭ ފައިސާއަށް އިސްކަންދޭ ގައުމެއް

ރާއްޖެ މެޗުގެ ކަންތަކާ ހެދި ލަންކާ ކޯޗު 5000 ޑޮލަރުން ޖޫރިމަނާ

އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ދިވެހި ޓީމަށް ބޭއަދަބީ ބަހުން މުހާތަބުކުރި ލަންކާގެ އެސިސްޓަންޓް ކޯޗު މުހައްމަދު އިމްރާން 5000 ޑޮލަރުން އޭއެފްސީން ޖޫރިމަނާކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާ ވަގުތުން މަގާމުން ވަކިކޮށްފައިވާއިރު، ދެ އަހަރު ދުވަހުގެ ސަސްޕެންޝަނެއް ދިނުމަށްވެސް އެ ފެޑެރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގައްދޫން މި ބުރުގައި ހަ ޕޮއިންޓް ހޯދަންޖެހޭ: ނަޒީހު

ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ބަލިވެފައިވާ ގައްދޫ ޓީމުން، މި ބުރުގައި ހަ ޕޮއިންޓް ހޯދަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނަޒީހު ބުނެފިއެވެ. ބަޖެޓާއި ތަޖުރިބާކާރު ކުޅުންތެރިންގެ ދަތިކަން ހުރި ނަމަވެސް، މިއަދު ބުރު ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ މެޗަކީ ރަނގަޅު ނަތީޖާއެއް ނެރެން އުންމީދުކުރާ މެޗެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

Newsletter

Get the latest news delivered straight to your inbox