އޭޝިއަން ސާފިން ޗެމްޕިއަންޝިޕް: ރާއްޖެ ޓީމުގެ ހޫދު ހީޓު ކާމިޔާބުކޮށް ތިން ވަނަ ބުރަށް

Aug 19, 2024, 4:48 AM
ހީޓު ނިންމާލުމަށް ފަހު ހޫދު: އޭނާ ވަނީ ހީޓުގެ އެއް ވަނަ ހޯދައި، އަނެއް ބުރުން

ހީޓު ނިންމާލުމަށް ފަހު ހޫދު: އޭނާ ވަނީ ހީޓުގެ އެއް ވަނަ ހޯދައި، އަނެއް ބުރުން

ކ. ތުލުސްދޫގައި މިހާރު ކުރިއަށްދާ އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގައި، ރާއްޖޭގެ ގައުމީ ޓީމުގެ ފަރާތުން ވާދަކުރާ ހޫދު އަހުމަދު، މުބާރާތުގެ ތިން ވަނަ ބުރުން ފުރުސަތު ހޯދައިފި އެވެ.

ހޫދު، ތިން ވަނަ ބުރަށް ދަތުުރުކުރީ ހީޓު 12 ގައި ވާދަކޮށް، އެއް ވަނަ ހޯދައިގެންނެެވެ. ހޫދަކީ މި ފަހަރުގެ މުބާރާތުގައި ހީޓެއް ކާމިޔާބުކޮށް ތިން ވަނަ ބުރުން ފުރުސަތު ހޯދި ދިވެހި ފުރަތަމަ އެތުލީޓެވެ.

ކޮންމެ ހީޓެއްގެ އެއް ވަނަ އާއި ދެ ވަނަ އަށް ތިން ވަނަ ބުރުގެ ސީދާ ޖާގައެއް ލިބޭއިރު، ހޫދު އަކީ މި ފަހަރުގެ މުބާރާތުގައި ރާއްޖޭގެ ގައުމީ ޓީމުގެ ސާފަރުންގެ ތެރެއިން، ތިން ވަނަ ބުރުގެ ޖާގަ ހޯދި ފުރަތަމަ އެތުލީޓު ވެސް މެ އެވެ.

އިއްޔެގެ ހީޓުތަކަށް ބަލާއިރު، ރާއްޖޭގެ ބީ ޓީމު ކަމަށްވާ ޓީމު ތުލުސްދޫގެ ފަރާތުން ވާދަކުރާ، އަހުމަދު ހިޝާމް ޝަހީމް ވަނީ ހީޓު ތިނެއްގެ ދެ ވަނަ ހޯދައި، ތިން ވަނަ ބުރަށް ދަތުރުކޮށްފަ އެެވެ.

މިއަދު ހެނދުނު ކުރިއަށްދިޔަ ހީޓު 12 ގައި، ހޫދު ވަނީ ހަތް ރާޅުގެ ތެރެއިން، އެންމެ ރަނގަޅު ދެ ރާޅުން 9.16 ޕޮއިންޓް ސްކޯކޮށްފަ އެވެ. ހޫދުގެ އެންމެ ރަނގަޅު ދެ ރާޅުގެ ސްކޯ އަކީ 4.33 އާއި 4.83 އެވެ. ދެ ވަނަ އަށް ދިޔަ ދެކުނު ކޮރެއާގެ ޖިންޔުކް ޔަންގް އަށް ސްކޯކުރެވުނީ، 6.86 އެވެ. ޖިންޔުކް، ހަ ރާޅުގައި އަޅައިގެން، އޭނާގެ އެންމެ ރަނގަޅު ދެ ރާޅުގެ ސްކޯ އަކީ، 3.33 އާއި 3.53 އެވެ. ތިން ވަނަ އަށް ދިޔަ، ސައުދީ އަރަބިއްޔާގެ އަބްދުﷲ އަލްހަޒްމީގެ ސްކޯ އަކީ 0.23 އެވެ. އޭނާ އަށް މާ ރަނގަޅަށް ޕާފޯމެއް ނުކުރެވުނެވެ.

މުބާރާތުގައި އިއްޔެ ވާދަކުރި ރާއްޖޭގެ ސާފަރުންނަށް ތިން ވަނަ ބުރުގެ ޖާގައެއް ނުލިބި ވާދަކުރަން ޖެހިފައިވަނީ، ދެ ވަނަ ބުރު ކަމަށްވާ ރެޕޯ ހީޓުތަކުގަ އެެވެ. އެ ގޮތުން، މިއަދު ރާއްޖެ ޓީމުގެ އަހުމަދު އާގިލް (އައްމަޑޭ)، އިސްމާއިލް ރަޝީދު (ސްމައިލީ)، އިސްމާއިލް މިގްލާލް (ކުޑަ އިއްސެ)، ހަސަން ނާސިހު، ރެޕޯ ހީޓުތަކުގައި ވާދަކުރާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2030 ގެ ފީފާ ވޯލްޑް ކަޕްގެ ރައިޓްސްތަކެއް ނެޓްފްލިކްސް އަށް

2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މެޗުތައް ސްޕެއިން އާއި އެންޑޯރާގައި ދެއްކުމުގެ ރައިޓްސް ނެޓްފްލިކްސް އިން ގަނެފި. މި އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހަކު އެއް މެޗު ހިލޭ ސްޓްރީމް ކުރާއިރު، އޭގެ ތެރޭގައި ސެމީ ފައިނަލާއި ފައިނަލް މެޗު ވެސް ހިމެނޭ.

ޗައިނާ މުބާރާތުގައި ވެސް ގައުމީ ފުޓްސަލް ޓީމަށް ކޯޗު ޒަކީރޯވް

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވެސް ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދުދޭނީ ކޯޗު ފާރޫކް ޒަކީރޯވް ކަމަށް އެފްއޭއެމް އިން ވަނީ ހާމަކޮށްފައި. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓީމުން މިހާރު ފަރިތަކުރުންތައް ފަށާފައިވާއިރު، ރާއްޖޭގެ އިތުރުން މި މުބާރާތުގައި ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާނެ

ގައްދޫ ބަލިކޮށް ބުރު އަށް ސީޒަންގެ ފުރަތަމަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫ 2-0 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި. މި މެޗުގެ ލަނޑުތައް ބުރު ސްޕޯޓްސްއަށް ކާމިޔާބުކޮށްދިނީ ޖުއާން އެޑުއާޑޯ ލެސްކާނޯ އާއި އިބްރާހިމް އުސާމާ ހަސަން މަޖީދު

ލަމްޕާޑް އެދުނީ ކަވެންޓްރީ އިން ހަމަބިމުގައި ތިބެން

ކޯޗު ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ކަވެންޓްރީ ސިޓީން 25 އަހަރަށް ފަހު ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ފުރަތަމަ މޮޅު ހޯދައިފި. ނިއުކާސަލް އަތުން ލިބުނު މި ކާމިޔާބީއާއެކުވެސް، ލަމްޕާޑް ބާރުއެޅީ ޓީމުގެ ސަމާލުކަން ނުގެއްލުވައި ހަމަބިމުގައި ތިބެގެން ކުރިއަށް ދިއުމަށް

އެމެރިކާ އަކީ ފުޓްބޯޅައިގެ ގައުމެއް ނޫން: ޖިރޫ

އެމެރިކާގެ އެލްއޭ އެފްސީއަށް ކުޅުމަށްފަހު ފްރާންސްގެ ލިލް އަށް ބަދަލުވި އޮލިވިއޭ ޖިރޫ ބުނިގޮތުގައި، އެމެރިކާ އަކީ ޔޫރަޕާ އަޅާބަލާއިރު ފުޓްބޯޅައިގެ ޖޯޝާއި ފޯރި ކުޑަ، ހަމައެކަނި ފުޓްބޯޅައިގައި ހިމެނޭ ފައިސާއަށް އިސްކަންދޭ ގައުމެއް

ރާއްޖެ މެޗުގެ ކަންތަކާ ހެދި ލަންކާ ކޯޗު 5000 ޑޮލަރުން ޖޫރިމަނާ

އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ދިވެހި ޓީމަށް ބޭއަދަބީ ބަހުން މުހާތަބުކުރި ލަންކާގެ އެސިސްޓަންޓް ކޯޗު މުހައްމަދު އިމްރާން 5000 ޑޮލަރުން އޭއެފްސީން ޖޫރިމަނާކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާ ވަގުތުން މަގާމުން ވަކިކޮށްފައިވާއިރު، ދެ އަހަރު ދުވަހުގެ ސަސްޕެންޝަނެއް ދިނުމަށްވެސް އެ ފެޑެރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގައްދޫން މި ބުރުގައި ހަ ޕޮއިންޓް ހޯދަންޖެހޭ: ނަޒީހު

ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ބަލިވެފައިވާ ގައްދޫ ޓީމުން، މި ބުރުގައި ހަ ޕޮއިންޓް ހޯދަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނަޒީހު ބުނެފިއެވެ. ބަޖެޓާއި ތަޖުރިބާކާރު ކުޅުންތެރިންގެ ދަތިކަން ހުރި ނަމަވެސް، މިއަދު ބުރު ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ މެޗަކީ ރަނގަޅު ނަތީޖާއެއް ނެރެން އުންމީދުކުރާ މެޗެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

Newsletter

Get the latest news delivered straight to your inbox