އޭޝިއަން ސާފިން ޗެމްޕިއަންޝިޕް: ފުރަތަމަ ހީޓުތަކުން ރާއްޖޭގެ ގިނަ އެތުލީޓުން ރެޕޯ ހީޓަށް

މިއަދުގެ ހީޓުތަކުގެ ތެރެއިން ރާއްޖެ ޓީމުގެ އަންމަޑޭ ރާޅާއަޅަނީ.---- ފޮޓޯ: އަތޫފް އާތިފް / އަދަދު ސްޕޯޓްސް

މިއަދުގެ ހީޓުތަކުގެ ތެރެއިން ރާއްޖެ ޓީމުގެ އަންމަޑޭ ރާޅާއަޅަނީ.---- ފޮޓޯ: އަތޫފް އާތިފް / އަދަދު ސްޕޯޓްސް

ކ. ތުލުސްދޫގައި މިހާރު ކުރިއަށްދާ އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގެ ފުރަތަމަ ހީޓުތަކަށް ފަހު ރާއްޖޭގެ އެތުލީޓުން ރިކޮލިފިކޭޝަން (ރެޕޯ) ހީޓުތަކުގައި (ރައުންޑް 2) ވާދަކުރަން ޖެހިއްޖެ އެވެ.

މި މުބާރާތުގެ ރައުންޑް އެކެއްގެ ހީޓުތައް މިއަދު ކުރިއަށް ގޮސްފައިވާއިރު, ރައުންޑް އެކެއްގެ ގެ ހީޓު ދޭއްގައި ރާއްޖޭގެ އިސްމާއިލް ރަޝީދު (ސްމައިލީ) ވާދަކޮށްފައިވާއިރު, އެނާ ދިޔައީ، ހީޓުގެ ތިން ވަނަ އަށެވެ. ސްމައިލީ އަކީ ރާއްޖޭގެ ބީ ޓީމް (ތުލުސްދޫ ޓީމު) ތަމްސީލުކުރާ އެތުލީޓެކެވެ.

މި ހީޓުގެ އެއް ވަނަ އަށްދިޔައީ ތައިލެންޑްގެ ނަތައްކްރޮން އެވެ. އޭނާ ވަނީ 12.13 ސްކޯކޮށްފަ އެވެ. ހީޓުގެ ދެ ވަނަ އަށްދިޔަ ޗައިނާގެ ޗެންޒީ ވޮންގް ވަނީ 10.47 ސްކޯކޮށްފަ އެވެ. ތިން ވަނަ އަށް ދިޔައީ ސްމައިލީ އެވެ. އޭނާ އަށް ސްކޯކުރެވުނީ 9.27 އެވެ.

ރައުންޑް އެކެއްގެ ހީޓު ތިނެއްގައި ވެސް ވާދަކޮށްފައިވަނީ ރާއްޖޭގެ ބީ ޓީމުގެ ސާފަރެކެވެ. މި ހީޓުގައި އަހުމަދު ހިޝާމް ޝަހީމް ވަނީ 8.66 ސްކޯކޮށް ހީޓުގެ ދެ ވަނަ ހޯދައިފަ އެވެ. މި ހީޓުގެ އެއް ވަނަ އަށް ދިޔައީ, ސްރީ ލަންކާގެ ކަވިސްކަރަ އެވެ. އޭނާ ވަނީ 11.60 ސްކޯކޮށްފަ އެވެ.

ރާއްޖޭގެ ކެޕްޓަން އަހުމަދު އާގިލް (އައްމަޑޭ) ވާދަކުރީ ހީޓު ހަތަރެއްގަ އެވެ. މި ހީޓުގައި ވާދަކޮށް އައްމަޑޭ ދިޔައީ ތިން ވަނަ އަށެވެ. އައްމަޑޭއާ އެކު, މި ހީޓުގައި ވާދަކުރީ, ކޮރެއާގެ ކަނޮއާ ހާޖީ އަދި ފިލިޕީންސްގެ ޖޯން މާކް އެވެ. މި ހީޓުގެ އެއް ވަނަ އަށްދިޔައީ ފިލިޕީންސްގެ ޖޯން މާކް އެވެ. އޭނާ ވަނީ 13.57 ސްކޯކޮށްފަ އެވެ. ދެ ވަނަ އަށްދިޔަ ކޮރެއާގެ ކަނޮއާ ހާޖީ އަށް ލިބުނީ 10.07 ގެ ސްކޯ އެކެވެ. ތިން ވަނަ އަށް އައްމަޑޭ ދިޔައީ 8.83 ސްކޯކޮށްގެންނެވެ.

ރާއްޖޭގެ އިސްމާއިލް މިގްލާލް ވާދަކުރީ ހީޓު ނުވައެއްގަ އެވެ. މި ހީޓުގައި އޭނާގެ އިތުރުން ދެން ވާދަކުރީ, އިންޑޮނޭޝިއާގެ އައި މޭޑް ޕަޖާރް އާއި ފިލިޕީންސްގެ ރެމާ މަގުލާނާ އެވެ. މި ހީޓުގެ އެއް ވަނަ އަށްދިޔަ ޕަޖާރް 13.00 ސްކޯކުރިއިރު, ރެމާ އަށް ލިބުނީ 7.93 ގެ ސްކޯއެކެވެ. ތިންވަނަ އަށްދިޔަ މިގުލާލަށް ލިބުނީ 4.96 ގެ ސްކޯއެކެވެ.

ރައުންޑް އެކެއްގެ ހީޓުތައް މާދަމާ ވެސް ކުރިއަށް ދާނެ އެވެ. މާދަމާ ރާއްޖޭގެ ހޫދު އަހުމަދު ވާދަކުރާނީ ހީޓު 12 ގަ އެވެ.

ފުރަތަމަ ރައުންޑްގެ އެއް ވަނަ ދެ ވަނަ ސީދާ ރައުންޑް ތިނަކުން ޖާގަ ލިބޭއިރު، ތިން ވަނަ އާއި ހަތަރު ވަނަ ދާނީ ރިކޮލިފައިން ހީޓު (ރައުންޑް 2) އަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2030 ގެ ފީފާ ވޯލްޑް ކަޕްގެ ރައިޓްސްތަކެއް ނެޓްފްލިކްސް އަށް

2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މެޗުތައް ސްޕެއިން އާއި އެންޑޯރާގައި ދެއްކުމުގެ ރައިޓްސް ނެޓްފްލިކްސް އިން ގަނެފި. މި އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހަކު އެއް މެޗު ހިލޭ ސްޓްރީމް ކުރާއިރު، އޭގެ ތެރޭގައި ސެމީ ފައިނަލާއި ފައިނަލް މެޗު ވެސް ހިމެނޭ.

ޗައިނާ މުބާރާތުގައި ވެސް ގައުމީ ފުޓްސަލް ޓީމަށް ކޯޗު ޒަކީރޯވް

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވެސް ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދުދޭނީ ކޯޗު ފާރޫކް ޒަކީރޯވް ކަމަށް އެފްއޭއެމް އިން ވަނީ ހާމަކޮށްފައި. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓީމުން މިހާރު ފަރިތަކުރުންތައް ފަށާފައިވާއިރު، ރާއްޖޭގެ އިތުރުން މި މުބާރާތުގައި ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާނެ

ގައްދޫ ބަލިކޮށް ބުރު އަށް ސީޒަންގެ ފުރަތަމަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫ 2-0 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި. މި މެޗުގެ ލަނޑުތައް ބުރު ސްޕޯޓްސްއަށް ކާމިޔާބުކޮށްދިނީ ޖުއާން އެޑުއާޑޯ ލެސްކާނޯ އާއި އިބްރާހިމް އުސާމާ ހަސަން މަޖީދު

ލަމްޕާޑް އެދުނީ ކަވެންޓްރީ އިން ހަމަބިމުގައި ތިބެން

ކޯޗު ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ކަވެންޓްރީ ސިޓީން 25 އަހަރަށް ފަހު ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ފުރަތަމަ މޮޅު ހޯދައިފި. ނިއުކާސަލް އަތުން ލިބުނު މި ކާމިޔާބީއާއެކުވެސް، ލަމްޕާޑް ބާރުއެޅީ ޓީމުގެ ސަމާލުކަން ނުގެއްލުވައި ހަމަބިމުގައި ތިބެގެން ކުރިއަށް ދިއުމަށް

އެމެރިކާ އަކީ ފުޓްބޯޅައިގެ ގައުމެއް ނޫން: ޖިރޫ

އެމެރިކާގެ އެލްއޭ އެފްސީއަށް ކުޅުމަށްފަހު ފްރާންސްގެ ލިލް އަށް ބަދަލުވި އޮލިވިއޭ ޖިރޫ ބުނިގޮތުގައި، އެމެރިކާ އަކީ ޔޫރަޕާ އަޅާބަލާއިރު ފުޓްބޯޅައިގެ ޖޯޝާއި ފޯރި ކުޑަ، ހަމައެކަނި ފުޓްބޯޅައިގައި ހިމެނޭ ފައިސާއަށް އިސްކަންދޭ ގައުމެއް

ރާއްޖެ މެޗުގެ ކަންތަކާ ހެދި ލަންކާ ކޯޗު 5000 ޑޮލަރުން ޖޫރިމަނާ

އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ދިވެހި ޓީމަށް ބޭއަދަބީ ބަހުން މުހާތަބުކުރި ލަންކާގެ އެސިސްޓަންޓް ކޯޗު މުހައްމަދު އިމްރާން 5000 ޑޮލަރުން އޭއެފްސީން ޖޫރިމަނާކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާ ވަގުތުން މަގާމުން ވަކިކޮށްފައިވާއިރު، ދެ އަހަރު ދުވަހުގެ ސަސްޕެންޝަނެއް ދިނުމަށްވެސް އެ ފެޑެރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގައްދޫން މި ބުރުގައި ހަ ޕޮއިންޓް ހޯދަންޖެހޭ: ނަޒީހު

ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ބަލިވެފައިވާ ގައްދޫ ޓީމުން، މި ބުރުގައި ހަ ޕޮއިންޓް ހޯދަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނަޒީހު ބުނެފިއެވެ. ބަޖެޓާއި ތަޖުރިބާކާރު ކުޅުންތެރިންގެ ދަތިކަން ހުރި ނަމަވެސް، މިއަދު ބުރު ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ މެޗަކީ ރަނގަޅު ނަތީޖާއެއް ނެރެން އުންމީދުކުރާ މެޗެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

Newsletter

Get the latest news delivered straight to your inbox