ކުލަގަދަ ރަސްމިއްޔާތެއް، އޭޝިއަން ސާފިން ޗެމްޕިއަންޝިޕް ފަށައިފި

އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގެ ހުޅުވުމުގެ ރަސްމިއްޔާތެއްގެ ތެރެއިން.--- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގެ ހުޅުވުމުގެ ރަސްމިއްޔާތެއްގެ ތެރެއިން.--- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

ކުލަގަދަ ރަސްމިއްޔާތަކާ އެކު, އޭޝިއަން ސާފިން ޗެމްޕިއަންޝިޕް, ކ. ތުލުސްދޫގައި ފަށައިފި އެވެ.

އިއްޔެ ހަވީރު ކ. އަތޮޅު ތައުލީމީ މަރުކަޒުގައި މުބާރާތް ހުޅުވުމުގެ ގޮތުން ދިވެހި ސަގާފީ ހަރަކާތްތައް ހިމެނޭ ގޮތަށް، ކުލަގަދަ ރަސްމިއްޔާތެއް ބޭއްވިގެންދިޔަ އެވެ.

މި ރަސްމިއްޔާތުގައި މުބާރާތުގައި ބައިވެރިވި ޓީމުތަކުގެ އެތުލީޓުންނާއި އޮފިޝަލުން ވަނީ ބައިވެރިވެފަ އެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، ކުޅިވަރާ ބެހޭ ވަޒީރު އަބްދުالله ރާފިއު (ރާއްޕެ) އެވެ. އޭގެ އިތުރުން، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު އަބްދުއްސައްތާރު (ޗަމްޕީ) އާއި ކުޅިވަރުގެ ވުޒާރާގެ ފަރާތްތަކާއި މޯލްޑިވްސް ސާފިން އެސޯސިއޭޝަން (އެމްއެސްއޭ)ގެ ހިންގުންތެރިން ބައިވެރިވި އެވެ.

މި މުބާރާތް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތަށް ފަހު މީޑިއާތަކާ ވާހަކަ ދައްކަމުން ކުޅިވަރާ ބެހޭ ވަޒީރު ރާފިއު ވިދާޅުވީ, މި މުބާރާތާއެކު، މުޅި ދުނިޔެ އަށް ރާއްޖެ އަކީ މި ފެންވަރުގެ މުބާރާތްތައް ބޭއްވޭނެކަން ހާމަވެގެންދާނެ ކަމަށެވެ.

މީގެ އިތުރުން ރާފިއު ވިދާޅުވީ، މި މުބާރާތަކީ 2026 ވަނަ އަހަރު ޖަޕާނުގައި ބާއްވާ އޭޝިއަން ގޭމްސްގެ ކޮލިފައިން މުބާރާތަކަށްވުން އެއީ މި ފަހަރުގެ މުބާރާތް ހާއްސަވާ އެއް ސަބަބު ކަމަށެވެ.

"އަޅުގަނޑު އުންމީދުކުރަނީ ބޮޑު އޯޑިއަންސް އަކަށް މި މުބާރާތް ފެނިގެންދާނެ ކަމަށް. އަޅުގަނޑުމެން އަކީ މި ފެންވަރުގެ މުބާރާތްތައް ބޭއްވޭނެ ގައުމެއްކަން އެނގިގެންދާނެ." ރާފިއު ވިދާޅުވި އެވެ.

މީގެ އިތުރުން، އެމްއެސްއޭގެ ރައީސް މުހައްމަދު ސޮބާހް (ޗޭ) ވިދާޅުވީ, މިއަހަރުގެ މުބާރާތުގައި މިދިޔަ އަހަރުގެ މުބާރާތުގައި ބައިވެރިވި ސާފަރުންނަށް ވުރެ މޮޅެތި ސާފަރުން ބައިވެރިވެފައިވާ ކަމަށެވެ. އެކަމަކު ވެސް ރާއްޖޭގެ ދެ ސާފަރުން އޭޝިއަން ގޭމްސް އަށް ކޮލިފައިވުން އެއީ އަމާޒެއް ކަމަށް ސޮބާހު ވިދާޅުވި ވިދާޅުވި އެވެ.

މި ފަހަރުގެ މުބާރާތުގައި 20 ގައުމަކުން 100 އަށް ވުރެ ގިނަ އެތުލީޓުން ބައިވެރިވެފައިވެ އެވެ. އޭގެ ތެރޭގައި ރާއްޖޭގެ ދެ ޓީމު ވެސް ހިމެނެ އެވެ. ރާއްޖޭގެ ދެ ވަނަ ޓީމަަަށް ނަން ދެވިފައިވަނީ، ތުލުސްދޫ ޓީމުގެ ނަމުންނެވެ.

ރާއްޖޭގެ ކުޅިވަރު ތާރީހުގައި ވެސް ޖެހިޖެހިގެން ދެ ވަނަ ފަހަރަށް އެއް ރަށެއްގައި އޭޝިއާ ލެވަލްގެ މުބާރާތެއް ހޯސްޓްކުރުމުގެ ފުރުސަތު ލިބިގެން ގޮސްފައި މި ވަނީ، ތުލުސްދޫ އަށެވެ. ތުލުސްދޫ އިން ފުރަތަމަ ފަހަރަށް މިދިޔަ އަހަރު، އޭޝިއަން ސާފިން ޗެމްޕިއަންޝިޕް ހޯސްޓްކުރިއިިރު، ކަންކަން ރަނގަޅަށް ހަމަޖެހިފައި ހުރުުމުގެ ނަތީޖާ އަކީ، މި ފަހަރު ވެސް މުބާރާތް ހޯސްޓް ކުރުމުގެ ފުރުސަތު ލިބުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox