ސްޕާއަކަށް ވަދެ ކަޓަރު އެޅުމަށްފަހު ބިދޭސީ އަންހެނެއްގެ އަތުން ފޭރުނު މީހާ ފުލުހުން ހޯދައިފި

ކަޓަރު އެޅި މައްސަލާގައި ހައްޔަރުކުރި މީހާ - ފޮޓޯ: ޕޮލިސް

ކަޓަރު އެޅި މައްސަލާގައި ހައްޔަރުކުރި މީހާ - ފޮޓޯ: ޕޮލިސް

ހުޅުމާލޭގައި ހިންގާ ސްޕާއެއްގައި މަސައްކަތްކުރާ ބިދޭސީ އަންހެނެއްގެ ގައިގައި ކަޓަރު އެޅުމަށްފަހު އޭނާ އަތުން ފޭރުނު މައްސަލައިގައި ތުހުމަތު ކުރެވޭ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިރޭ ބުނީ އެ މައްސަލައިގައި ހައްޔަރު ކުރީ ގދ. ތިނަދޫ، ސްކޫނާ، އަލީ ޝައްމާން ވަހީދު، 29، ކަމަށެވެ. ފުލުހުން ވަނީ އޭނާގެ ފޮޓޯ ވެސް އާންމުކޮށްފަ އެވެ.

ފޭރުމަކީ ދިވެހިރާއްޖޭގައި އެންމެ އާންމު އެއް ކުށެވެ. މި އަހަރުގެ މިހާތަނަށް އެކަނި ވެސް ފޭރުމުގެ 322 މައްސަލައެއް ވަނީ ފުލުހުންނަށް ހުށަހަޅައިފަ އެވެ. މިދިޔަ އަހަރު މުޅި ޖުމުލަ ހުށަހަޅާފައި ވަނީ ފޭރުމުގެ 481 މައްސަލަ އެވެ.

Advertisement

ރާއްޖޭގައި އެންމެ ގިނައިން ފުލުހުންނަށް ހުށަހަޅަނީ ވައްކަމުގެ މައްސަލަތަކެވެ. މި އަހަރު ވައްކަމުގެ 2298 މައްސަލަ ވަނީ ހުށަހަޅައިފަ އެވެ. މިދިޔަ އަހަރު 3819 މައްސަލަ ހުށަހެޅި އެވެ.

ވައްކަމާއި ފޭރުމުގެ ގިނަ މައްސަލަތަކުގެ ފަހަތުގައި ވަނީ މަސްތުވާތަކެތީގެ މައްސަލަ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ. ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދާ މީހުންގެ ތެރެއިން ވެސް 80 ޕަސެންޓު މީހުންނަކީ މަސްތުވާތަކެތި ބޭނުން ކުރާ މީހުންނެވެ.

ބައެއް ދިރާސާތަކުން ދައްކާ ގޮތުގައި މަސްތުވާތަކެތި ބޭނުން ކުރާ 7000 ގިނަ މީހުން ރާއްޖޭގައި އުޅެ އެވެ. ނަމަވެސް މަސްތުވާތަކެތީގެ މައްސަލަ އާއި އެކަން ހުއްޓުވޭނެ ގޮތްތައް ހޯދުމަށް އެކަށީގެންވާ ތަފުސީލު ދިރާސާއެއް އަދި ނުހަދަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox