ހުލާސާކޮށް އިއްޔެ: ފެން ބޮޑުވުން ހައްލު ވާނީ މާލޭގެ މަގުތައް ތަރައްގީކޮށް ނިމުމުން!

މާލޭގައި އިއްޔެ ފެންބޮޑުވެފައި އޮތް ވަގުތު އަންހެނަކު ސައިކަލްގައި ދުއްވާފައި ދާން މަސައްކަތް ކުރަނީ. ނަމަވެސް ފެން ބޮޑުވެ، އެ ސައިކަލް ގެއްލުން ލިބިފައި ވުމުގެ ސަބަބުން އެކަން ކާމިޔާބެއް ނުވި. -- ފޮޓޯ: އަދަދު

މާލޭގައި އިއްޔެ ފެންބޮޑުވެފައި އޮތް ވަގުތު އަންހެނަކު ސައިކަލްގައި ދުއްވާފައި ދާން މަސައްކަތް ކުރަނީ. ނަމަވެސް ފެން ބޮޑުވެ، އެ ސައިކަލް ގެއްލުން ލިބިފައި ވުމުގެ ސަބަބުން އެކަން ކާމިޔާބެއް ނުވި. -- ފޮޓޯ: އަދަދު

މާލޭގެ ފެންބޮޑުވުމުގެ މައްސަލަ ހައްލު ވާނީ ޗައިނާގެ ސަރުކާރުގެ އެހީގައި ތަރައްގީ ކުރަން ރާވާފައިވާ މާލޭގެ މަގު ހެދުމުގެ މަޝްރޫއު ނިމުމުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.

އެ މަޝްރޫއު ފެށޭނެ ދުވަހެއް ނޭނގެ އެވެ.

މިހާރު މާލެއަށް ކުރަމުންދާ ވިއްސާރައާއެކު މާލޭގައި ވެސް އަނެއްކާވެސް ފެންބޮޑުވެފައިވަނިކޮށް، މިއަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މާލެއަށް ދިމާވެފައިވާ ފެން ބޮޑުވުމުގެ މައްސަލަ ހައްލުކުރުމަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ މާލޭގެ މަގުތައް ހެދުމުގައި ބިމަށް ފެން ހިނދޭ ގޮތަށް ކޮށްފައިވާ ޑިޒައިނާ އެއްގޮށް މަސައްކަތް ނުކުރުން ކަމަށެވެ.

Advertisement

މި ސަރުކާރުން މިހާރު އިއުލާނުކޮށްފައިވާ މާލެ އަދި ވިލިމާލޭގެ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން އެންމެ ބޮޑު އިސްކަމެއް ދޭނީ ފެން ބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް އެކަށޭނަ ސްޓޯމްވޯޓާ މެނޭޖްމަންޓް ސިސްޓަމެއް ގާއިމުކުރުމަށް ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

މާލެ އިއްޔެ އޮތީ ފެނު އަޑީގައި
މާލެ އިއްޔެ އޮތީ ފެނު އަޑީގައި

މާލެ އިއްޔެ އޮތީ ފެނު އަޑީގައި

"މި ޕްރޮޖެކްޓަކީ މުޅި މާލެ ސާވޭ ކުރެވި ޑިޒައިން ކުރެވިގެން ކުރިއަށް ގެންދެވޭނެ މަޝްރޫއަކަށްވާތީ، މަޝްރޫއު ނިމޭއިރު މާލެއަށް ދިމާވެފައިވާ ފެން ބޮޑުވުމުގެ މައްސަލަ އެއްކޮށް ހައްލުވެގެންދާނެ،" މުއްތަލިބު ވިދާޅުވި އެވެ.

ރައީސް މުއިއްޒު އިއްޔެ އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ މާލޭގެ ހުރިހާ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމަށް ފަށާ މަޝްރޫއުގެ އެންމެ މުހިއްމު އެއް އަމާޒަކީ މާލޭގައި ފެންް ބޮޑުވުން ހައްލުކުރުން ކަމަށެވެ.

"އެ މަޝްރޫއު ނިމިގެން ދާއިރު މާލޭގައި ޒަމާނުއްސުރެ ބޮޑުވެފައިވާ ފެެންބޮޑުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ،" ރައީސް ވިދާޅުވި އެވެ.

މާލޭގެ މަގުތައް ހެދުމުގެ މަޝްރޫއަކީ ޗައިނާގެ ހިލޭ އެހީގެ ދަށުން ހިންގާ މަޝްރޫއެކެވެ. މި މަޝްރޫއުގެ މަޝްރޫއުގެ ފީސިބިލިޓީ ސްޓަޑީއަށް ބޭނުންވާ ފައިސާ ހޯދަން ޗައިނާ އެއިޑާއެކު ލެޓާސް އޮފް އެކްސްޗޭންޖް (އެލްއޯއީ) ގައި ސޮއިކޮށްފަ އެވެ. އެ މަޝްރޫއުގެ އަގު 100 އެތައް މިލިއަން ޑޮލަރަކަށް އަރާނެ ކަމަށް، މި އަހަރު ޖެނުއަރީ މަހު މުއްތަލިބު ވިދާޅުވެފައިވެ އެވެ.

މާލޭގެ ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރަން މި ސަރުކާރުން މެއި މަހު މަޝްރޫއެއް ފެށި އެވެ. އާރުޑީސީއާ، އެމްއެންޑީއެފް އަދި އިންފްރާސްޓަރަކްޗާ މިނިސްޓްރީ ގުޅިގެން ފެށި އެ މަޝްރޫއުގެ ފުރަތަމަ މަސައްކަތެއްގެ ގޮތުގައި ކުރިއަށް ގެންދިޔައީ މާލޭގައި އެންމެ ބޮޑަށް ފެންބޮޑުވާ ސަރަހައްދު ކަމުގައި މާފަންނުގައި ފެންބޮޑުވުމުގެ މައްސަލަ އަށް ހައްލެއް ހޯދައި ދިނުމެވެ. އެ ސަރަހައްދަށް ޖަމާވާ ފެން ކަނޑަށް ދާ ގޮތަށް ފަހިކޮށް، މާލޭގައި ހުރި ޕަންޕް ސްޓޭޝަންތައް ރަނގަޅު ކުރުމުގެ މަސައްކަތް ފެށި އެވެ. އޭރު ކުރި މަސައްކަތެއްގެ ނަތީޖާއެއް އިއްޔެ ނުފެނި، މުޅި މާލެ އޮތީ ފެނު އަޑީގަ އެވެ.

މުހިއްމު ބައެއް ހަބަރު

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox