ރާއްޖެއިން ފުރާ ބިދޭސީން ވެސް "އިމުގާ" ޑިކްލެރޭޝަން ފޯމު ފުރިހަމަކުރަން ނުޖެހޭ ގޮތަށް ހަދައިފި

އިމިގްރޭޝަން ކޮންޓްރޯލާ ޝައްމާން: އޭނާ މިއަދު ވަނީ ރާއްޖެއިން ފުރާ ބިދޭސީންވެސް "އިމުގާ" ޑިކްލެރޭޝަން ފޯމު ފުރިހަމަކުރަން ނުޖެހޭގޮތަށް ނިންމަވާފަ --- ފޮޓޯ: އިމިގްރޭޝަން

އިމިގްރޭޝަން ކޮންޓްރޯލާ ޝައްމާން: އޭނާ މިއަދު ވަނީ ރާއްޖެއިން ފުރާ ބިދޭސީންވެސް "އިމުގާ" ޑިކްލެރޭޝަން ފޯމު ފުރިހަމަކުރަން ނުޖެހޭގޮތަށް ނިންމަވާފަ --- ފޮޓޯ: އިމިގްރޭޝަން

ރާއްޖެއިން ފުރާ ބިދޭސީން "އިމުގާ" ޓްރެވެލާ ޑިކްލެރޭޝަން ފޯމު ފުރިހަމަ ކުރަން ނުޖެހޭ ގޮތަށް މޯލްޑިވްސް އިމިގްރޭޝަނުން ހަމަޖައްސައިފި އެވެ.

އިމިގްރޭޝަނުން މިއަދު ބުނީ މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުމާ އެއްގޮތަށް ނިންމި ނިންމުމެއް ކަމަށާއި މި ނިންމުން ތަންފީޒުކުރަން ފަށާނީ އޮގަސްޓު 15، އިން ފެށިގެން ކަމަށެވެ.

މި ވެރިކަމުގައި އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމަށް އައްޔަންކުރި މުހައްމަދު ޝަމްއާން ވަހީދުގެ ފުރަތަމަ ނިންމެވުމަކީ ރާއްޖެ އަންނަ އަދި ރާއްޖެއިން ފުރާ ދިވެހިން "އިމުގާ" ފޯމު ފުރަން ނުޖެހޭ ގޮތް ހެއްދެވުމެވެ. އެގޮތަށް ނިންމީ ނޮވެމްބަރު 20، 2023 ގަ އެވެ.

ރާއްޖެއިން ފުރާ ބިދޭސީން މި ފޯމު ފުރަން ނުޖެހޭގޮތަށް ނިންމި ސީދާ ސަބަބެއް އިމިގްރޭޝަނުން ނުބުނެ އެވެ. ނަމަވެސް އެ އިދާރާގެ އަމާޒަކީ ދަތުރުފަތުރު ކުރާ އެންމެހާ ފަރާތްތަކަށް ވީހާވެސް ލުއިފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސައިދިނުން ކަމަށް އެ އިދާރާގެ ބަޔާނުގައި ބުނެފައިވެ އެވެ.

މިއީ ކޮވިޑް-19 ގެ ސަބަބުން ރާއްޖެ އަންނަ ކޮންމެ މީހަކު ވެސް އަދި ރާއްޖޭން ބޭރަށް ދަތުރުކުރާ ކޮންމެ މީހެއް ވެސް ޖުލައި 15, 2020 އިން ފުރިހަމަ ކުރަން ޖެހުނު ފޯމެކެވެ. މި ފޯމް އޮންލައިންކޮށް ފުރިހަމަ ކުރަން ޖެހޭ ގޮތަށް ބަދަލުކުރީ މާޗު 14, 2021 ގަ އެވެ.

މިއަދުގެ ނިންމުމާއެކުވެސް، ރާއްޖެއަށް ދަތުރުކުރާ ބިދޭސީން އިމުގާ ފޯމު ފުރަން ޖެހޭނެ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފަ އެވެ. ރާއްޖެ ދަތުރުކުރާ ބިދޭސީން އެ ފޯމު ފުރަން ޖެހޭނީ ކުރިން ވެސް އަމަލުކުރަމުންދިޔަ އުސޫލާ އެއްގޮތަށް، ރާއްޖެ އައުމުގެ 96 ގަޑިއިރު ކުރިންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox