އޭޝިއާ ސާފިން މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ޓީމު މި ފަހަރު ތަފާތު

އޭޝިއާ ސާފިން މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ޓީމު މި ފަހަރު ތަފާތު

އަންނަ ހޮނިހިރު ދުވަހު، ކ. ތުލުސްދޫގައި ފަށާ އޭޝިއަން ސާފިން ޗެމްޕިއަންޝިޕުގައި ވާދަކުރާ ރާއްޖޭގެ ގައުމީ ޓީމުގެ ސާފަރުން މިއަދު އިއުލާނުކުރިއިރު، ޓީމުގެ އެތުލީޓުންނަށް ކުޅިވަރާ ބެހޭ ވަޒީރު، އަބްދުﷲ ރާފިއު (ރާއްޕެ) ޖާޒީ ހަވާލުކޮށްދެއްވައިފި އެވެ.

މިއަދު ހެނދުނު ޒުވާނުންގެ މަރުކަޒު ހަރުގޭގައި ކުރިއަށްދިޔަ ހާއްސަ ރަސްމިއްޔާތެއްގައި މި ފަހަރުގެ މުބާރާތުގައި ވާދަކުރާ ގައުމީ ސާފިން ޓީމުން ބޭނުންކުރާ ޖާޒީ އާއި ސާފިން ޓީމުގެ މާޗަންޑައިސް ވަނީ ދައްކާލައިފަ އެވެ.

މި ރަސްމިއްޔާތުގައި ކުޅިވަރާ ބެހޭ ވަޒީރު އަބްދުالله ރާފިއުގެ އިތުރުން ސާފިން އެސޯސިއޭޝަނުގެ އިސްވެރިން ވަނީ ބައިވެރިވެފަ އެވެ.

ގައުމީ ސާފިން ޓީމާ މުހާތަބުކޮށް، ސްޕޯޓްސް މިނިސްޓަރު ރާފިއު ވިދާޅުވީ، މި ފަހަރުގެ އޭޝިއަން ސާފިން ޗެމްޕިއަންޝިޕަކީ ވަރަށް ހާއްސަ މުބާރާތެއް ކަމަށެވެ. މި މުބާރާތް ތާރީހީ ވާ އެންމެ ބޮޑު ސަބަބަކީ، މިއީ ރާއްޖޭގައި ހޯސްޓްކުރާ އޭޝިއަން ގޭމްސްގެ ފުރަތަމަ ކޮލިފައިން އިވެންޓް ކަމަށް ވުން ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

އެ ގޮތުން، 20 ގައުމުން 100 އަށް ވުރެ ގިނަ އެތުލީޓުންނާ ވާދަކޮށް، ދިވެހި އެތުލީޓުންނަށް ޖަޕާނުގައި، 2026 ވަނަ އަހަރު ބާއްވާ އޭޝިއަން ގޭމްސް އިން ފުރުސަތު ލިބުމަށް އެދޭ ކަމަށް މިނިސްޓަރު ރާފިއު ވިދާޅުވި އެވެ.

"މިދިޔަ އަހަރުގެ މުބާރާތުން ހޯދި ސިލްވާ މެޑަލާއި ދެ ބްރޯންޒް މެޑަލަށް ވުރެ ބޮޑު ކާމިޔާބީ އަކަށް އަޅުގަނޑުމެން މި ފަހަރު އަމާޒުކަނޑައަޅަންވީ، ލިބިފައި މި އޮތް ތާރީހީ ފުރުސަތުގެ ބޭނުންހިފުމަށް،" ރާފިއު ވިދާޅުވި އެވެ.

އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގައި މި ފަހަރު ވާދަކުރާ ގައުމީ ސާފިން ޓީމުގެ ގިނަ އެތުލީޓުންނާއި އޮފިޝަލުން ފޮޓޯ އަކަށް ހުއްޓިލައިގެން.--- ފޮޓޯ: މިރާޝް ނާޝިމް / އަދަދު ސްޕޯޓްސް

މި އިވެންޓްގައި ވާހަަކަ ދައްކަވަމުން، މޯލްޑިވްސް ސާފިން އެސޯސިއޭޝަންގެ ރައީސް، މުހައްމަދު ސޮބާހު (ޗޭ) ވިދާޅުވީ، މި ފަހަރު ރާއްޖޭން މުބާރާތުގައި ވާދަކުރަނީ، ރާއްޖޭގެ އެންމެ ކާމިޔާބު ސާފަރު، ހުސެއިން އަރީފް (އިބޫ) ކޯޗިން ޓީމުގައި ހިމަނައިގެން، އޭނާގެ އިރުޝާދުގެ ދަށުން ކަމަށެވެ.

އޭނާ ވަނީ، މި މުބާރާތުގެ ކަންކަމުގައި ސްޕޮންސަރުން ދެމުން އަންނަ އެއްބާރުލުމަށް ވަރަށް ބޮޑަށް ޝުކުރުއަދާކޮށްފަ އެވެ.

އޭޝިއަން ސާފިން ޗެމްޕިއަންޝިޕުގައި ވާދަކުރާ ރާއްޖޭގެ ގައުމީ ސާފިން ޓީމު:

  • އަހުމަދު އާގިލް (ކެޕްޓަން)
  • ހޫދު އަހުމަދު
  • އިސްމާއިލް މިގްލާލް

ސީނިއާ ޓީމް ބީ:

  • ހަސަން ނާސިހް
  • އިސްމާއިލް ރަޝީދު (ސްމައިލީ)
  • އަހުމަދު ހިޝާމް ޝަހީމް

އަންހެން ގައުމީ ޓީމު:

  • އާޔާ ނަސީމް
  • ޝާޒިޔާ ސައީދު

ޖޫނިއާ ގައުމީ ޓީމު:

  • ސައްޔިދު ސަލާހުއްދީން (ކެޕްޓަން)
  • ޔަސިން އަހުމަދު ނާޝިދު
  • ޔޫސުފް ކަޔާން ހަމްދާން ޒަކީ

ޖޫނިއާ ޓީމް ބީ:

  • ކަޔާން އަބްދުالله އަރީފް
  • އަހުމަދު ޒަޔާން
  • މުހައްމަދު އިނާން އަބްދުލް ހަންނާން

ރާއްޖޭގެ ކުޅިވަރު ތާރީހުގައި ވެސް ޖެހިޖެހިގެން ދެ ވަނަ ފަހަރަށް އެއް ރަށެއްގައި އޭޝިއާ ލެވަލްގެ މުބާރާތެއް ހޯސްޓްކުރުމުގެ ފުރުސަތު ލިބިގެން ގޮސްފައި މި ވަނީ، ތުލުސްދޫ އަށެވެ. ތުލުސްދޫ އިން ފުރަތަމަ ފަހަރަށް މިދިޔަ އަހަރު، އޭޝިއަން ސާފިން ޗެމްޕިއަންޝިޕް ހޯސްޓްކުރިއިިރު، ކަންކަން ރަނގަޅަށް ހަމަޖެހިފައި ހުރުުމުގެ ނަތީޖާ އަކީ، މި ފަހަރު ވެސް މުބާރާތް ހޯސްޓް ކުރުމުގެ ފުރުސަތު ލިބުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox