އޭޝިއަން ސާފިން ޗެމްޕިއަންޝިޕް ބޭއްވުމަކީ ތުލުސްދޫ އަށް ފަހުރެއް

މިދިޔަ އަހަރުގެ އޭސިއަން ސާފިން މުބާރާތުގެ ތެރެއިން.--- ފޮޓޯ: އަދަދު ފައިލް ފޮޓޯ

މިދިޔަ އަހަރުގެ އޭސިއަން ސާފިން މުބާރާތުގެ ތެރެއިން.--- ފޮޓޯ: އަދަދު ފައިލް ފޮޓޯ

ޖެހިޖެހިގެން ދެ ވަނަ ފަހަރަށް އޭޝިއާގެ ސާފިން މުބާރާތް ކ. ތުލުސްދޫގައި ބޭއްވުމަކީ އެ ރަށަށް ލިބިގެންދިޔަ ވަރަށް ބޮޑު ފަހުރެއް ކަމަށް ކ. ތުލުސްދޫ ކައުންސިލުން ބުނެފި އެވެ

ރާއްޖޭގެ ކުޅިވަރު ތާރީހުގައި ވެސް ޖެހިޖެހިގެން ދެ ވަނަ ފަހަރަށް ރަށެއްގައި އޭޝިއާ ލެވަލްގެ މުބާރާތެއް ހޯސްޓްކުރުމުގެ ފުރުސަތު ލިބިގެން ގޮސްފައި މި ވަނީ، ތުލުސްދޫ އަށެވެ. ތުލުސްދޫ އިން ފުރަތަމަ ފަހަރަށް މިދިޔަ އަހަރު، އޭޝިއަން ސާފިން ޗެމްޕިއަންޝިޕް ހޯސްޓްކުރިއިިރު، ކަންކަން ރަނގަޅަށް ހަމަޖެހިފައި ހުރުުމުގެ ނަތީޖާ އަކީ، މި ފަހަރު ވެސް މުބާރާތް ހޯސްޓް ކުރުމުގެ ފުރުސަތު ލިބުމެވެ.

އަނެއްކޮޅުން، މި މަހުގެ 17-24 އަށް ކުރިއަށްދާ އޭޝިއާގެ މި ސާފިން މުބާރާތުގެ ތައްޔާރީތައް މިހާރު ކުރިއަށްދާއިރު، މި ފަހަރުގެ މުބާރާތަކީ 2026 ވަނަ އަހަރު ޖަޕާނުގައި ބާއްވާ އޭޝިއަން ގޭމްސްގެ ކޮލިފައިން އިވެންޓެކެވެ. އިތުރު ސަބަބަކާ ހުރެ މި މުބާރާތް ހާއްސަވެ، ދުނިޔޭގެ ލެވަލްގެ ގިނަ އެތުލީޓުން މުބާރާތުން ފެންނާނެ އެވެ.

ތުލުސްދޫ ކައުންސިލްގެ ރައީސް އަސްލަމް މޫސާ، "އަދަދު ސްޕޯޓްސް" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގެ ތައްޔާރީތަކުގެ އަމަލީ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ. އަދި ރަސްމީކޮށް ކުރަން ހުރި ކަންތައްތަކާއި އެހެނިހެން މަސައްކަތްތައް ވެސް ވަގުތަށް ނިންމާލެވޭނެ ކަމުގެ އުންމީދު ބޮޑު ކަމަށް އަސްލަމް ވިދާޅުވި އެވެ.

"އަސްލު ހަގީގަތުގައި ވަރަށް އުފާކުރަން. އެންމެ ފުރަތަމަ ބުރު މި ކަންތައް ބޭއްވިގެންދިޔައިރުގައި އެ މުބާރާތުގައި ބައިވެރިވި ހުރިހާ އޮފިޝަލުންނާއި ކޯޗުންނާއި ހުރިހާ އެތުލީޓުންނަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިގެންދިޔައީ މި ކޮޅުން، ކީ މަރުހަބާއާ އިންތިޒާމާ ހުރިހާ ކަމެއް. ހާއްސަކޮށް އެމްއެސްއޭ (މޯލްޑިވްސް ސާފިން އެސޯސިއޭޝަން) އިން އަޅުގަނޑުމެންނާ ވަރަށް ގާތުން ހުރިހާ މަސައްކަތެއްގައި ވެސް އުޅުނީ. ހަމައެއާ އެކު މުޅި ރައްޔިތުން ޝާމިލުވާ ގޮތަށް މި މަސައްކަތް ނިމިގެންދިޔައީ،" އަސްލަމް ވިދާޅުވި އެވެ.

އޭޝިއަން ސާފިން ޗެމްޕިއަންޝިޕް ލޯންޗްކުރަން ބޭއްވި އިވެންޓްގައި މޯލްޑިވްސް ސާފިން އެސޯސިއޭޝަންގެ ރައީސް، މުހައްމަދު ސޮބާހު (ޗޭ) ވަނީ މިދިޔަ އަހަރުގެ މުބާރާތަށް އައި އެތުލީޓުންނާއި އޮފިޝަލުން ވެސް ފާހަގަކުރި އެއް ކަމަކީ، ރާއްޖޭގައި ވަރަށް ޝައުގުވެރި އަދި ހިތްފަސޭހަ މާހައުލެއްގައި މުބާރާތް ބޭއްވުނު ކަމެވެ.

އަސްލަމް ވެސް ވަނީ، ސޮބާހު، ދެއްކެވި ވާހަކަތައް ތަކުރާރުކުރައްވައިފަ އެވެ.

"މި ކަހަލަ މުބާރާތެއްގައި ވާދަކުރާ، ބައިވެރިވާ ކުޅުންތެރިންނަށް އެތައް ކަމެއް (މީގެ ކުރިން) ދިމާވެފައި އޮތީ. ހިތްހަމަނުޖެހޭ ކަހަލަ. އެކަމަކު، ތުލުސްދޫގައި ބޭއްވިގެންދިޔަ މުބާރާތުގައި، ނޫނީ ރާއްޖޭގައި ބޭއްވިގެން މިދިޔަ މުބާރާތަކީ، ހުރިހާ ކުޅުންތެރިންނަށް ވެސް ވަަރަށް ހިތްހަމަޖެހުން ލިބިގެންދިޔަ، ވަރަށް އުފާވެރިކަންމަތީ މުޅި މުބާރާތް ނިންމާލެވިގެންދިޔައީ. އެ ހާއްސަކަން ކަންނޭނގެ ޖައްސަޖައްސައިގެން ދެ ވަނަ ބުރަށް ތުލުސްދޫގައި މި މުބާރާތް ބޭއްވިގެންދިއުމަކީ،" އަސްލަމް ވިދާޅުވި އެވެ.

މި ފަހަރުގެ މުބާރާތާ ގުޅޭ އެންމެ ފަހުން ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، 20 ގައުމަކުން ޔަގީންކޮށް އެތުލީޓުން ފެނިގެންދާނެ އެވެ. އަދި އެތުލީޓުންނާއި ޓީމު އޮފިޝަލުންނާއި ޓެކްނިކަލް އޮފިޝަލުން ހިމެނޭ ގޮތަށް ޖުމްލަ އަދަދުތަކަށް ބަލާނަމަ، މި ފަހަރުގެ މުބާރާތުގައި، 200 އަށް ވުރެ ގިނަ ފަރާތެއް ޝާމިލުވާނެ ކަމަށް އެމްއެސްއޭ އިން މަައުލޫމާތު ދެ އެވެ.

ތުލުސްދޫގައި ފޯރީގައި ހިންގުންތެރިކަމާ އެކު، ސާފިން ކަންކަން ރޭވުމަށް އޮތް ފަސޭހަ އަކީ އެ ރަށުގެ ސާފިން ޖަމިއްޔާ އެވެ. ކައުންސިލުން ވެސް އެ ޖަމިއްޔާގެ މަސައްކަތްތައް ނުހަނު އުފަލާ އެކު ފާހަގަކުރެ އެވެ.

"އަޅުގަނޑު ހަމަ އުންމީދުކުރަނީ މި ފަހަރު ވެސް ހުރިހާ ކަމެއް ފެށިގެންދާއިރު ހަމަ އެ ފޯރީގައި އެ ޖޯޝުގައި މުޅި ރައްޔިތުން މުޅި ޒުވާނުން ބައިވެރިވެގެން މިކަން ކޮށް ނިންމާލާނެއޭ. މި ކޮޅުގައި ސާފިން ޖަމިއްޔާއެއް އޮންނާނެ، ސެޓް، ސެޓް ހުރިހާ ކުދިންނަކީ އަަބަދުވެސް މި ކަހަލަ ކޮންމެ ކަމަކަށް ވަރަށް އިސްކަމެއްދީގެން، އެހެން ދިމާލެއްގައި މުބާރާތެއް ނުބޭއްވިގެން އުޅެފިނަަމަ އެކަމެއް ވެސް އަޅުގަނޑުމެންނާ ހަމައަށް ގެންނާނެ،" އަސްލަމް ވިދާޅުވި އެވެ.

ތުލުސްދޫން ވެސް ފުޓްބޯޅަ އާއި ވޮލީބޯޅަ ފަދަ މަޝްހޫރު އެހެން ކުޅިވަރުތަކުގައި ޝާމިލުވާ ޒުވާނުން އުޅެ އެވެ. އެކަމަކު، ރަށްރަށުގައި ވޯޓާ ސްޕޯޓްސްގެ ކުޅިވަރު ހަރަކާތްތައް ގުޅިފައި އޮންނަނީ ލޯކަލް ޓޫރިޒަމާ ކަމަށްވާއިރު، ތުލުސްދޫން ވެސް އެ ފަދަ ކަންކަަމަށް ދޭ އަހައްމިއްޔަތުކަން ބޮޑެވެ.

"ވަރަށް ބޮޑަށް ހާއްސަ އިސްކަމެއް ދީގެން ކުރިއަށްގެންދާ ކަމެއް އެއީ ވޯޓާ ސްޕޯޓްސްއާ ގުޅޭ ކަންތައް. ހުރިހާ ކުޅިވަރަކަށް ވެސް އިސްކަން ދެން، އެކަމަކު، ޓޫރިޒަމްއާ ގުޅުން ހުރި އެއްޗެއް ކަމަށްވާތީ، ވޯޓާ ސްޕޯޓްސް އަށް ހާއްސަ އިސްކަމެއް ދެން،" އަސްލަމް ވިދާޅުވި އެވެ.

ތުލުސްދޫ ކައުންސިލުން ފާހަގަކުރާ ގޮތުގައި މުބާރާތް ބޭއްވުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ، މާލީ ދަތިތަކާ ކުރިމަތިލާން ޖެހުމެވެ. އެ ގޮތުން، މި އަަހަރަށް ތުލުސްދޫގެ ކައުންސިލް ބަަޖެޓް ކަނޑައެޅިއިރު، މި މުބާރާތް ބޭއްވުމުގެ ވާހަކައެއް އެނގިފައިނުވާތީ، ބަޖެޓުން އެކަން ކުރަން ޖާގައެއް ނެތެެވެ، އެހެންވެ، ތުލުސްދޫ ކައުންސިލުން އިސްނަގައިގެން، ސީއެސްއާރާއި ހެޔޮއެދޭ ފަރާތްތަކުގެ އެހީތަކާއި ރައްޔިތުންގެ ބައިވެރިވުމާ އެއްކޮށް ބޮޑު މުބާރާތެއްގެ މަސައްކަތް ހިންގުންތެރިކަމާ އެކު، ސަރުކާރުގެ ބައިވެރިވުމާ އެކު ނިންމާލަން އަމާޒުހިފަނީ އެވެ.

"ބޮޑަށް ދިމާވަނީ ފައިސާގެ ދަތިކަން. މި ދަނޑިވަޅަކީ ރާއްޖޭގެ އިގްތިސާދަށް އުނދަގޫވަގުތެއް ކަމުގައި ވިޔަސް މި ފަދަ މުބާރާތަކަށް ވީމަ ކުރެވޭނެ ކަންތައްތައް މި އަންނަނީ ކުރަމުން،" އަސްލަމް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox