ތުލުސްދޫގެ "ދަ ގާޑަން" ގައި ހިތްގައިމު ރޯދަވީއްލުމެއް!

ތުލުސްދޫގެ "ދަ ގާޑަން" ގައި ހިތްގައިމު ރޯދަވީއްލުމެއް!

ރަމަޟާން މަހުގެ ހަވީރަކީ އާއިލާ އާއި ރައްޓެހިންނާއެކު ހިތްހަމަޖެހުމާއި އުފާވެރިކަން ހޯދަންވީ ވަގުތެވެ. މާލޭގެ ކާރޫބާރޫ މާހައުލާ ދުރަށް ޖެހިލައި، ކަނޑުގެ ހިތްގައިމު ރޯޅިތަކާއެކު ތަފާތު ރޯދަ ވީއްލުމެއް ތަޖުރިބާ ކޮށްލަން ބޭނުންނަމަ، ތުލުސްދޫގެ "ދަ ގާޑަން ބައި ސީޒަން ޕެރަޑައިސް" އަކީ މިފަހަރުގެ އެންމެ ފުރިހަމަ މަންޒިލެވެ.

މި ހާއްސަ ދަތުރު ފެށިގެންދަނީ މެންދުރު ފަހު 15:30 ގައި މާލެއިން ފުރާ "ރެފްކޫލް އެކްސްޕްރެސް" އިންނެވެ. ގާތްގަނޑަކަށް 40 މިނެޓުގެ ކަނޑުދަތުރަކަށް ފަހު ތުލުސްދޫއަށް ލެފުމާއެކު، ހޮޓެލްގެ ބަގީ ޖެޓީ ސަރަހައްދުގައި ތައްޔާރަށް އޮންނާނެއެވެ.

ރޯދަވީއްލުމުގެ ކުރިން އޮންނަ ވަގުތުކޮޅު ބޭކާރުވިޔަ ނުދިނުމަށް، ބަގީގައި ތުލުސްދޫގެ ރީތި މަގުތަކާއި ސަރަހައްދުތައް ބަލާލުމުގެ ޓުއާއެއް ކުރިއަށްދާނެއެވެ. މީގެ އިތުރުން ހޮޓެލްގެ ޕޫލް އޭރިއާގައި މަޑުކޮށްލުމާއި، ރޫފްޓޮޕުން ނުވަތަ ގޮނޑުދޮށުން އިރުއޮއްސޭ ހިތްގައިމު މަންޒަރު ބަލާލުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

"ދަ ގާޑަން" ގެ ރޯދަވީއްލުން ހާއްސަވަނީ އޭގެ މީރު ކެއުންތަކާއި މޫދު ކައިރީގައި އޮންނަ ހިތްގައިމު ސެޓިންގްގެ ސަބަބުންނެވެ. ބުފޭގައި ދިވެހި ހެދިކާގެ އިތުރުން، ލައިވް ކައުންޓަރުތަކުން ތައްޔާރުކުރާ ތަފާތު މީރު ކެއުންތައް ލިބެން ހުންނާނެއެވެ.

ރޯދަވީއްލުމަށްފަހު ނަމާދުކޮށްލުމަށް މިސްކިތަށް ދިއުމަށް ފުރުމުގެ ކުރިން ހަމަޖެހިލައިގެން ކޮފީއެއް ބޯލާނެ ވަގުތުވެސް ލިބިގެންދާނެއެވެ. އެނބުރި މާލެ އައުމަށް ބަގީގައި ޖެޓީއަށް ގެންގޮސްދޭނީ 19:40 ގައެވެ. ފުރުން އޮންނާނީ ރޭގަނޑު 20:00 ގައެވެ.

އަގުތައް

  • އައިލެންޑް ޕެކޭޖް (ކެއުމާއި ދެކޮޅު ދަތުރު): 530 ރުފިޔާ (ކޮންމެ މީހަކަށް)
  • ރޯދަވީއްލުން އެކަނި: 280 ރުފިޔާ (ކޮންމެ މީހަކަށް)
  • ހާއްސަ އޮފަ: 10 މީހުންގެ ބުކިންގްއަކަށް 1 މީހަކަށް ކެއުން ހިލޭ!

މި ރަމަޟާން މަހު ތަފާތު ތަޖުރިބާއެއް ކޮށްލުމަށް މިހާރުއްސުރެ ބުކިން ހަދާށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox