އޭސިއަން ސާފިން ޗެމްޕިއަންޝިޕް: ރާއްޖެ ލީޑުކުރުމުގެ ފުރުސަތު އުފަން ރަށުގައި އައްމަޑޭ އަށް

އޭސިއަން ސާފިން ޗެމްޕިއަންޝިޕް: ރާއްޖެ ލީޑުކުރުމުގެ ފުރުސަތު އުފަން ރަށުގައި އައްމަޑޭ އަށް

ރާއްޖޭގައި މި މަހު 17-24 އަށް ކުރިއަށްދާ އޭޝިއަން ސާފިން ޗެމްޕިއަންޝިޕް ހާއްސަވާ އެއް އެތުލީޓަކީ ކ. ތުލުސްދޫ އަށް އުފަން އަހުމަދު އާގިލް (އައްމަޑޭ) އެވެ. އެއީ، އަމިއްލަ ފަސްގަނޑުގައި މި މުބާރާތް ކުރިއަށްދިޔުމުގެ އިތުރުން ގައުމީ ސާފިން ޓީމު ގޮވައިގެން ކެޕްޓަނެއްގެ ހައިސިއްޔަތުން ލީޑު ކުރާނީ ވެސް އައްމަޑޭ އަށް ވުމުންނެވެ.

މޯލްޑިވްސް ސާފިން އެސޯސިއޭޝަނުން މި މުބާރާތައް ރާއްޖޭގެ ޓީމު އޭ އަދި ޓީމު ބީ އެކުލަވާލާފައިވާއިރު، މި ދެ ޓީމުގެ ކެޕްޓަނެއްގެ ގޮތުގައި ހަރަކާތްތެރިވާނީ އައްމަޑޭ އެވެ.

"އަދަދު ސްޕޯޓްސް" އާ ވާހަކަ ދައްކަމުން އައްމަޑޭ ބުނީ، އަމިއްލަ ފަސްގަނޑުގައި ބާއްވާ މި މުބާރާތުގައި، ކެޕްޓަނެއްގެ ގޮތުގައި ރާއްޖޭގެ ސާފް ޓީމު ލީޑު ކުރަން ފުރުސަތު ލިބުމުން ހިތްހަމަޖެހިފައި ހުރި ކަމަށެވެ. އަދި، މިއީ ސާފިން ކެރިޔަރުގައި އޭނާ ދެކެމުން އައި ހުވަފެނެއް ހަގީގަތަކަށް ވުން ކަމަށް ވެސް އައްމަޑޭ ބުންޏެވެ.

"ވަރަށް ގިނަ ދުވަސް ވެއްޖެ ރާއްޖޭގެ އެންމެ ޓޮޕް ލެވަލްގައި މި ކަމުން (ސާފިން) އިން ދެވެން އިން އެންމެ މައްޗަށް ދާން މަސައްކަތް ކުރާތާ, އެހެންވެ, އޭގެ ތެރެއިން އެއް ކަންތައް މިއީ. ގައުމީ ޓީމުގެ ކެޕްޓަންކަން ހަވާލުކުރުމުން މިހުރީ ވަރަށް އުފާވެފައި." އައްމަޑޭ ބުންޏެވެ.

އަމިއްލަ ފަސްގަނޑުގައި މިކަހަލަ މުބާރާތެއް ބޭއްވުން އެއީ އައްމަޑޭ އަށް ބޮޑު ހިތްހަމަ ޖެހުމެކެވެ. އެކަމަކު, އެއާއެކު ބޮޑު ޕްރެޝަރެއް ވެސް އޮންނަ ކަމަށް އައްމަޑޭ ދެކެ އެވެ. އެ ގޮތުން، ގާތުގައި އުޅޭ މީހުންނާ ރަށު މީހުންގެ އުންމީދުތަކާ ގުޅިފައި އޮތުން އެއީ އައްމަޑޭ އަށް ބޮޑު ޕްރެޝަރެކެވެ. އެކަމަކު، މި ފަހަރުގެ މުބާރާތައް އައްމަޑޭ ނުކުންނާނީ ޕްރެޝަރުތަކުން ސަލާމަތްވެ، މެންޓަލީ ޕްރިޕެއާ ވެގެން ކަމަށް ފާހަގަކުރި އެވެ.

"އަމިއްލަ ފަސްގަނޑުގަ މުބާރާތް އޮތުން އެއީ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް އަސްލު. އެކަމަކު، ބޮޑު ޕްރެޝަރެއް ވެސް އޮވޭ. މިދިޔަ އަހަރު އަސްލު ދަށްކޮށް ދިޔައީ ވެސް އެހެންވެ, އެކަމަކު، މި ފަހަރު މެންޓަލީ އެކަންކަމަށް ޕްރިޕެއާ ވެގެން, މަޖާ ކުރަން ކޮންމެ ހީޓަކަށްވެސް އެރޭނީ." އައްމަޑޭ ބުންޏެވެ.

މި ފަހަރު ގައުމީ ޓީމުން މުބާރާތައް ނުކުންނައިރު, ގައުމީ ކޯޗަކަށް ހުރީ އިބޫ ކަމުން އެއީ ވެސް އައްމަޑޭގެ އިތުރުން ގައުމީ ޓީމުގައި ދެން ތިބި ސާފަރުންނަށް ބޮޑު ހިތްހަމަ ޖެހުމެއް ކަމަށް އައްމަޑޭ ބުންޏެވެ. އެ ގޮތުން, އިބޫގެ ތަޖުރިބާ "ފުލީ" ހިތްސާކުރާނެ ކަމަށާއި, އޭގެ ކަންކަން ދަސްކޮށްގެން މުބާރާތުގެ ފައިނަލް ހީޓުގައި ރާއްޖޭގެ ދެ ރާޅާ އެޅުންތެރިން ރާޅާ އެޅުން އެއީ އުންމީދެއް ކަމަށް އައްމަޑޭ ފާހަގަކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox