ޝާހީންގެ މަރު: ތިން އަހަރުވީ މައްސަލައިގެ ދައުވާ ކޯޓުގައި މިއަދު ވެސް ނުއިއްވުނު

ދޯންޏެއް ތެރޭ ބަންގްލަދޭޝްގެ ޝާހީން މަރާލި މައްސަލާގައި ދައުވާކުރާ އެ ގައުމުގެ މަސްއޫދު

ދޯންޏެއް ތެރޭ ބަންގްލަދޭޝްގެ ޝާހީން މަރާލި މައްސަލާގައި ދައުވާކުރާ އެ ގައުމުގެ މަސްއޫދު

މާޗް 7، 2021 ގައި ދ. މީދޫ "ޖިހާދު" ކިޔާ މަސްދޯންޏެއްގައި ދަންވަރު 3:45 ހާއިރު ބަންގްލަދޭޝްގެ މުހައްމަދު ޝާހީން ކިޔާ މީހަކަށް ވަޅިން ހަމަލާދީ މަރާލި މައްސަލައިގައި ދައުވާކޮށްފައިވާ އެ ގައުމުގެ މުހައްމަދު މަސްއޫދުގެ މައްސަލައިގައި މިއަދު ވެސް ދައުވާ ނުއިއްވި އަޑުއެހުން ނިންމާލައިފި އެވެ.

އެ މައްސަލައިގައި މެއި 5، 2021 ގައި ދައުވާކޮށްފައި ވަނީ އޭނާއާ އެކު އެ ދޯނީގައި މަސައްކަތް ކުރި ބަންގްލަދޭޝްގެ މުހައްމަދު މަސްއޫދުގެ މައްޗަށެވެ. މުހައްމަދުގެ މައްޗަށް ގަސްދުގައި މީހަކު މެރުމުގެ ދައުވާ އުފުލާފައިވާއިރު، އޭނާ ހުރީ ޝަރީއަތް ނިމެންދެން މާފުށީ ޖަލުގައި ބަންދުކޮށްފަ އެވެ.

މިއަދުގެ އަޑުއެހުމުގައި ކުރިއަށް ދިޔައީ ދައުލަތުގެ ފަރާތުން އެދިފައިވާ ހެކިތައް ރައްކާތެރިކުރުމާ ގުޅޭ ގޮތުން ޝަރީއަތުން ގޮތެއް ނިންމުމާއި ދައުވާއަށް ޖަވާބުދާރީވުމެވެ.

Advertisement

މައްސަަލަ ބައްލަވާ ގާޒީ އިބްރާހިމް އަހުސަން ނިންމެވީ ދައުލަތުން ހުށަހަޅާފައިވާ ހަ ސިއްރު ހެކިވެރިން ތަހުގީގަށް ދީފައިވާ ބަޔާންތަކުން ސިއްރު ހެކިވެރިންގެ ވަނަވަރު އުނިކުރުމަށް ފަހު ދިފާއަށް ދިނުމަށެވެ. އަދި ދައުލަތުން ދިފާއަށް ދޭން ބޭނުން ނުވާ ކްރައިމް ސީން ރިޕޯޓުގައި ހުރި ޝާހީންގެ ފޮޓޯތައް އުނިކުރުމަށް ފަހު އެ ރިޕޯޓު ދިފާއަށް ދޫކުރުމަށެވެ.

މިއަދުގެ އަޑުއެހުމުގައި ދައުވާއަށް ޖަވާބުދާރީވާން ތައްޔާރުތޯ ގާޒީ ސުވާލު ކުރެއްވުމުން ދިފާއީ ވަކީލު އަހުމަަދު ޔާމީން ވިދާޅުވީ ދިފާއުން ބޭނުންވަނީ މިއަދު ދޫކުރަން ނިންމި ބަޔާންތައް ލިބި ދިރާސާކުރުމަށް ފަހު ދައުވާއަށް ޖަވާބުދާރީވުމުގެ ފުރުސަތެއް ދިނުމަށެވެ. އެހެންވެ މިއަދުގެ އަޑުއެހުމުގައި ދައުވާއަށް ޖަވާބުދާރީވުމުގެ ބައި ކުރިއަކަށް ނުގެންދެ އެވެ.

މި ބަޔާން ދައުވާ ލިބޭ ފަރާތަށް ހުށަހެޅުމަށް ކޯޓުން ދިން މުއްދަތަކީ މި މަހު 15، ގަ އެވެ. އަދި ދައުވާ އިއްވުމާއި ޖަވާބުދާރީވުމަށް އަޑުއެހުމެއް މި މަހުގެ ފަހު ހަފްތާގައި ބާއްވަން މަސައްކަތް ކުރައްވާނެ ކަމަށް ގާޒީ ވިދާޅުވުމަށް ފަހު މިއަދުގެ އަޑުއެހުން ނިންމާލި އެވެ.

މި މައްސަލަ މިހާ ބޮޑަށް ދިގުދެމިގެން ދިޔައީ މައްސަލަ ކުރިން ބެލި ގާޒީ އެހެން ކޯޓަކަށް ބަދަލުކުރުމުން، ސެކްޝަނާ ހަވާލުވާން ޖެހޭ ގާޒީގެ މަގާމު ހުސްކޮށް އޮތުމުންނެވެ. އާ ގާޒީއާ އެކީ އަޑުއެހުންތައް ފެށުނީ މިދިޔަ އަހަރު މެއި މަހުގަ އެވެ. އެއަށްފަހު އަހަރެއްހާ ދުވަސް އަނެއްކާ ވެސް މައްސަލަ ލަސްވީ، ކުރިން ދިފާއީ ވަކީލަކަށް އައްޔަންކުރި ވަކީލު އެ މަސައްކަތުގައި ނޫޅޭތީ ދިމާވި ބައެއް އޮޅުންބޮޅުންތަކާ ހުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox