ޑީޕޯޓް ކުރަން ނިންމި ބިދޭސީން އަދި ގދ. ތިނަދޫގައި، ބަންދަކު ނޫން!

ގދ. ތިނަދޫގައި ކުރިއަށް ދިޔަ ބިދޭސީންގެ މުޒާހަރާ -- ފޮޓޯ: ސޯޝަލް މީޑިއާ

ގދ. ތިނަދޫގައި ކުރިއަށް ދިޔަ ބިދޭސީންގެ މުޒާހަރާ -- ފޮޓޯ: ސޯޝަލް މީޑިއާ

ގދ. ތިނަދޫގައި މުޒާހަރާ ކުރުމުން އެއީ ވިސާގެ ޝަރުތަކާ ހިލާފުވުން ކަމަށް ކަނޑައަޅައި ޑީޕޯޓްކުރުމަށް ސަރުކާރުން ނިންމާފައިވާ ބިދޭސީން އަދި ތިބީ އެ ރަށުގައި ކަމަށް ހޯމް މިނިސްޓްރީން މިއަދު ބުނެފި އެވެ.

ބަންގްލަދޭޝްގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ދެކޮޅަށް އަޑު އުފުލުމަށް އެ ރަށުގެ ދާރުލްއާސާރު ކުރިމަތީ އެއްވި ބިދޭސީން ޑިޕޯޓްކުރަން ނިންމީ މީގެ ތިން ހަފުތާއެއް ކުރިންނެވެ. މިދިޔަ ހަފުތާގައި އެ މައްސަލަ އެޗްއާރުސީއެމުން ބަލަން ވެސް ފެށި އެވެ.

އިމިގްރޭޝަންގެ ކޮންޓްރޯލާ ޖެނެރަލް ޝައްމާން ވަހީދު "ސަންގުޓީވީ" ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން ރޭ ވިދާޅުވީ އެ ބިދޭސީން އަދި އިމިގްރޭޝަނާ ހަވާލުކޮށްފައި ނުވާ ކަމަށެވެ. އިމިގްރޭޝަންގެ ބެލުމުގެ ދަށަށް އައުމުން ރާއްޖޭން ބޭރު ކުރުމުގެ މަސައްކަތް ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

Advertisement

އޭގެ ތަފުސީލު ހޯދަން ސުވާލު ކުރުމުން ހޯމް މިނިސްޓްރީގެ ތަރުޖަމާނު ފާތިމަތު ރިފާއަތު ފޮނުވި ޓެކްސްޓް މެސެޖެއްގައި ވިދާޅުވީ އެ ބިދޭސީން އަދި ތިބީ ތިނަދޫގައި ކަމަށެވެ. އަދި އެ ބިދޭސީން ތިބީ ބަންދެއްގައި ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެ މީހުން މާލެ ގެންނަން އިންތިޒާމު ކުރަން ޖެހޭ ކަންކަން އިންތިމާޒުކޮށްފައި ކުރިއަށް ގެންދާނެ،" އޭނާ ވިދާޅުވި އެވެ.

އެޗްއާރުސީއެމުން މި މައްސަލަ ބަލަން ފެށީ މުޒާހަރާ ކުރުމާއި އަޑުއުފުލުމަށް ސުލްހަވެރިކަމާއެކު އެއްވެ އުޅުމަކީ ހައްގަކަށްވާތީ ކަމަށް އެ ކޮމިޝަނުން ބުނެފައިވެ އެވެ.

ރާއްޖެއިން ސޮއި ކޮށްފައިވާ އދ. ގެ އިންސާނީ ހައްގުތަކުގެ އާންމު ގަރާރު، އައިސީސީޕީއާރުގެ 21 ވަނަ މާއްދާގައި ބުނަނީ ބިދޭސީން ހިމެނޭހެން ހުރިހާ އެންމެންނަށް ސުލްހަވެރިކަމާ އެކު މުޒާހަރާ ކުރުމުގެ ހައްގު ކަށަވަރު ކޮށްދޭން ޖެހޭ ކަމަށެވެ.

މި މައްސަލާގައި ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ވެސް ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. ޓްރާންސްޕޭރެންސީން ގޮވާލީ ހޯމް މިނިސްޓްރީގެ ނިންމުން ބާތިލުކުރުމަށެވެ.

އަދި ހުރިހާ ބިދޭސީ މަސައްކަތްތެރިންނާއި އެ މީހުންގެ އާއިލާތަކުގެ މެންބަރުންގެ ހައްގުތައްް ހިމާޔަތްކުރުމާބެހޭ ބައިނަލްއަގްވާމީީ މުއާހަދާގައި ބައިވެރިވެ އެއަށް ޢަމަލުކުރުމަށާއި ބިދޭސީންނަށް އަޅާ ފިޔަވަޅުތަކާއި ތަފާތުކުރުންތައް ހުއްޓާލުމަށް އެ ޖަމިއްޔާއިން ގޮވާލާފައި ވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox