ތިނަދޫގައި މުޒާހަރާ ރޭވި ބިދޭސީން ޑީޕޯޓުކުރަން ނިންމުމުން ޓްރާންސްޕޭރެންސީގެ ކަންބޮޑުވުން

ބަންގްލަދޭޝްގެ ސަރުކާރާ ދެކޮޅަށް ތިނަދޫގައި ބޭއްވި މުޒާހަރާ: ހޯމް މިނިސްޓްރީން ނިންމީ މިކަމުގައި އިސްކޮށް އުޅުނު ބިދޭސީންތައް ޑީޕޯޓުކުރަން -- ފޮޓޯ: ސޯޝަލް މީޑިއާ

ބަންގްލަދޭޝްގެ ސަރުކާރާ ދެކޮޅަށް ތިނަދޫގައި ބޭއްވި މުޒާހަރާ: ހޯމް މިނިސްޓްރީން ނިންމީ މިކަމުގައި އިސްކޮށް އުޅުނު ބިދޭސީންތައް ޑީޕޯޓުކުރަން -- ފޮޓޯ: ސޯޝަލް މީޑިއާ

ގދ. ތިނަދޫގައި ބޭއްވި މުޒާހަރާ ރޭވުމުގައިި ބައިވެރިވި ބަންގްލަދޭޝްގެ މަސައްކަތްތެރިން ޑީޕޯޓުކުރަން ހޯމް މިނިސްޓްރީން ނިންމުމުން ފާޑުކިޔައި، އަސާސީ ހައްގެއް ނިގުޅައިގަނެވޭ ގޮތަށް ވިސާގެ ޝަރުތެއް ކަނޑަނޭޅޭނެ ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން މިއަދު ބުނެފި އެވެ.

މިދިޔަ ހަފުތާގައި ތިނަދޫގައި ބޭއްވި މުޒާހަރާއަކީ، ބަންގްލަދޭޝްގައި އެ ގައުމުގެ ސަރުކާރާ ދެކޮޅަށް ކުރަމުންދާ ސިލްސިލާ މުޒާހަރާތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ބޭއްވި ސުލްހަވެރި އެއްވުމެކެވެ.

ނަމަވެސް މިކަން "ސިޔާސީ ހަަރަކާތެއް" ގެ ގޮތުގައި ލޭބަލްކޮށް، އެއީ ވިސާގެ ޝަރުތަކާ ހިލާފުވުން ކަމަށް ބުނެ އެކަމުގައި އިސްކޮށް އުޅުނު އެންމެން ޑީޕޯޓުކުރާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ މި ފަހުން ހާމަކުރައްވާފަ އެވެ.

ހޯމް މިނިސްޓްރީގެ ނިންމުމާ މެދު ކަންބޮޑުވުން ފާޅުކޮށް ޓްރާންސްޕޭރެންސީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ސުލްހަވެރިކަމާއެކު އެއްވެ އުޅުމާއި ޖަމިއްޔާ ހެދުމުގެ ހައްގަކީ އދ. ގެ އިންސާނީ ހައްގުތަކުގެ އާންމު ގަރާރާއި ރާއްޖޭގެ ގާނޫނުއަސާސީން ވެސް ކޮންމެ މީހަކަށް ލިބޭ ހައްގެއް ކަމަށެވެ.

"މި ހައްގުތަކަކީ ދިވެހިރާއްޖޭގެ ގާނޫނުއަސާސީގެ ދެވަނަ ބާބުގައި ވެސް ކަށަވަރުކޮށްފައިވާ ހައްގުތަކެއް. ގާނޫނުއަސާސީގެ 32 ވަނަ މާއްދާއިން ކޮންމެ މީހަކަށް ދައުލަތުގެ ހުއްދައެއް ކުރީން ހޯދުމަކާ ނުލައި، ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަން ލިބިދޭ" އެ ޖަމިއްޔާއިން ބުންޏެވެ.

ޓްރާންސްޕޭރެންސީން ބުނީ ގާނޫނު އަސާސީން ލިބިދޭ ހައްގެއް ނިގުޅައިގަނެވޭ ގޮތަށް ވިސާގެ ޝަރުތުތައް ކަނޑައެޅުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށެވެ. މިފަދަ އަސާސީރާއްޖޭގެ އެއްވެސް ގާނޫނަކާއި ގަވާއިދަކާ ހިލާފުނުވާހާ ހިނދަކު ރާއްޖޭގައި ތިބޭ ބިދޭސީން ހައްޔަރުކޮށް, ވަޒީފާއިން ވަކިކޮށް އަނބުރާ ފޮނުވާލުމަކީ އެ ޖަމިއްޔާއިން ކަންބޮޑުވާ ކަމަށް ވެސް އެ ބަޔާނުގައި ވެ އެވެ.

މި މައްސަލައިގައި ޓްރާންސްޕޭރެންސީން ގޮވާލީ ހޯމް މިނިސްޓްރީގެ ނިންމުން ބާތިލުކުރުމަށެވެ. އަދި ހުރިހާ ބިދޭސީ މަސައްކަތްތެރިންނާއި އެ މީހުންގެ އާއިލާތަކުގެ މެންބަރުންގެ ހައްގުތައްް ހިމާޔަތްކުރުމާބެހޭ ބައިނަލްއަގްވާމީީ މުއާހަދާގައި ބައިވެރިވެ އެއަށް ޢަމަލުކުރުމަށާއި ބިދޭސީންނަށް އަޅާ ފިޔަވަޅުތަކާއި ތަފާތުކުރުންތައް ހުއްޓާލުމަށް އެ ޖަމިއްޔާއިން ގޮވާލާފައި ވެ އެވެ.

ޓްރާންސްޕޭރެންސީގެ ބަޔާން ނިންމާލަމުން ދިވެހި މުޖުތަމައު އާއި އިގުތިސޯދުގައި ބިދޭސީ މަސައްކަތްތެރިން އަދާކުރާ ދައުރު ހަނދާންކޮށްދެމުން، ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ އަސާސީ، ގާނޫނީ އަދި ބައިނަލްއަގްވާމީ އިންސާނީ ހައްގުތައް ކަށަވަރުކުރުމަށް މަސައްކަތްކުރުމަށް ވެސް އެ ޖަމިއްޔާއިން ގޮވާލާފައި ވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox