ރެޑްބުލް ހާފް ކޯޓު މުބާރާތުގެ ކޮލިފައިން ބުރުތައް ފަށައިފި

ރެޑް ބުލް ހާފް ކޯޓް މުބާރާތުގެ ތެރެއިން - ފޮޓޯ: ރެޑް ބުލް ޕޫލް

ރެޑް ބުލް ހާފް ކޯޓް މުބާރާތުގެ ތެރެއިން - ފޮޓޯ: ރެޑް ބުލް ޕޫލް

ރެޑްބުލް އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ހާފް ކޯޓް ބާސްކެޓްބޯޅަ މުބާރާތުގެ ކޮލިފައިން ބުރުތައް ފަށައިފި އެވެ.

މި މުބާރާތުގެ ކޮލިފައިން ބުރުތައް ބާއްވަން ނިންމާފައިވަނީ ކުޅުދުއްފުށި ސިޓީ, ވަން އެންޑް އޮންލީ ރީތިތައް އަދި މާލެ ސިޓީގަ އެވެ. އަދި ނެޝަނަލް ފައިނަލްސް ކުޅޭނީ މާލެ ސިޓީގަ އެވެ.

ނެޝަނަލް ފައިނަލްސްގައި ވާދަކުރާނީ ކޮލިފައިން ބުރުތަކުގެ ޗެމްޕިއަން ޓީމެވެ. މިހާތަނަށް ކުޅުދުއްފުށި ސިޓީ އަދި ވަން އެންޑް އޮންލީގެ ކޮލިފައިން ބުރު ނިމިފައިވާއިރު, މާލެ ސިޓީ ކޮލިފައިން ފަށާނީ މާދަމާ އެވެ.

މާލެ ސިޓީ ކޮލިފައިން ބުރުގެ މެޗުތައް ކުރިއަށްދާނީ އެކުވެނި އައުޓް ޑޯ ބާސްކެޓް ކޯޓުގަ އެވެ. މާލެ ސިޓީ އިން ހަތަރު ޓީމު ނެޝެނަލް ފައިނަލްސްގައި ކުޅޭނެ އެވެ.

މި މުބާރާތުގެ ނެޝަނަލް ފައިނަލްސް އަށް ކުޅުދުއްފުށި ސިޓީގެ ކޮލިފައިންގެ ޗެމްޕިއަންކަން ހޯދައިގެން އައިލެންޑް ބޯއީޒް ދަތުރުކޮށްފައިވާއިރު, ވަން އެންޑް އޮންލީގައި ކުޅުނު ކޮލިފައިން ބުރު ކާމިޔާބުކޮށް ޓީމް 69 ވެސް ވަނީ ނެޝަނަލް ފައިނަލްސް އިން ޖާގަ ހޯދައިފަ އެވެ.

މި އަހަރުގެ ހާފް ކޯޓް 3 އޮން 3 ބާސްކެޓް މުބާރާތުގައި ދުނިޔޭގެ 25 ގައުމަކުން 8000 އަށްވުރެ ގިނަ ކުޅުންތެރިން ބައިވެރިވާނެ ކަމަށް ބެލެވެ އެވެ.

މި މުބާރާތުގެ ނެޝަނަލް ފައިނަލްގައި ވާދަކޮށް ޗެމްޕިއަންކަން ހޯދާ ޓީމަށް އެމެރިކާގެ ނިއުޔޯކް ސިޓީގައި ކުރިއަށްދާ މި މުބާރާތުގެ ވޯލްޑް ފައިނަލްސްގައި ވާދަކުރުމުގެ ފުރުސަތު ދިނުމަށް ރެޑް ބުލް މޯލްޑިވްސް އިން ވަނީ ނިންމާފަ އެވެ.

މީގެ ކުރިން ރެޑް ބުލް މޯލްޑިވްސް އިން ވަނީ ފޯ ޓު ސްކޯ ނަމުގައި މުބާރާތެއް ކުރިއަށް ގެންގޮސްފަ އެވެ. އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ޓީއެފްޓީ އެވެ. އެ ޓީމަށް ވަނީ މިއަހަރު ޖަރުމަނުގައި ކުރިއަށްދާ ވޯލްޑް ފައިނަލްސްގައި ވާދަކުރުމުގެ ފުރުސަތު ދީފަ އެވެ. މީގެ އިތުރުން ރެޑް ބުލް އިން ވަނީ ވިންޑް ރައިޑާސް ނަމުގައި ކައިޓް ސާފިން މުބާރާތެއް ބ. ގޮއިދޫގައި ބާއްވައިފަ އެވެ. އެ މުބާރާތުގެ ވިންޑް ރައިޑާގެ މަގާމު ހޯދި ހަސަން މާހިރު (ހަންޓޭ) އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox