ދަރިންނަށް އަދި އާއިލާގެ މެންބަރުންނަށް ސަރުކާރުގެ ވަޒީފާ ހޯދައިދޭން ނުފޫޒެއް ނުފޯރުވަން: ޝަހީމް

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް: އާއިލާގެ ގިނަ މެންބަރުން ސިޔާސީ މަގާމުތަކުގައި އެބަތިއްބެވި-- ފައިލް ފޮޓޯ

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް: އާއިލާގެ ގިނަ މެންބަރުން ސިޔާސީ މަގާމުތަކުގައި އެބަތިއްބެވި-- ފައިލް ފޮޓޯ

އާއިލާގެ އެއްވެސް މީހަކަށް ނާޖައިޒު ގޮތެއްގައި ވަޒީފާ ހޯދައިދީފައިނުވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

ޝަހީމްގެ ދަރިފުޅު އަބްދުﷲ މާހިލް ޝަހީމް އަށް މެލޭޝިއާގައި ހުންނަ ދިވެހި ހައި ކޮމިޝަންގެ އިސް މަގާމެއް ލިބިވަޑައިގަތުމާއި އަދި ޝަހީމްގެ އެއްބަނޑު އެއްބަފާ ކޮއްކޮ އަހުމަދު ޝިފާޒް އަލީ ސައީދު ޓޫރިޒަމް މިނިސްޓްރީގެ ނައިބަކަށް އައްޔަންކޮށްފައިވުމާއި ގުޅިގެން، އާންމުންގެ ފާޑުކިޔުން އިސްލާމިކް މިނިސްޓަރަށް ވަރަށް ބޮޑަށް ވަނީ އަމާޒުވެފަ އެވެ.

ފާޑުކިޔުންތާއި ގުޅޭގޮތުން ޝަހީމް މިއަދު ފޭސްބުކް އާއި އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޭނާގެ އާއިލާގެ މީހުންނަށް ސަރުކާރުގައި ހިދުމަތް ކުރުމުގެ ފުރުސަތު ލިބެނީ އެމީހަކު "ކިޔަވައިގެން ހުރި ދާއިރާއަކުން" ކަމަށެވެ.

"އަޅުގަނޑުގެ ދަރިޔަކު، ނުވަތަ އާއިލާގެ މެންބަރަކު ކިޔަވައިގެން ހުރި ދާއިރާއަކުން ހިދުމަތްކުރަން އެމީހަކަށް ލިބޭ ފުރުސަތަކީ އަޅުގަނޑު ނާޖާއިޒް ގޮތުގައި ހޯދައިދޭނެ ފުރުސަތެއް ނޫން. ދައުލަތުގެ މުދަލާއި މަގާމާއި ފައިސާ ނާޖާއިޒު ގޮތުގައި ބޭނުން ނުކުރާނެކަމުގެ ފުރިހަމަ ޔަގީންކަން އަރުވަން،" އޭނާ ވިދާޅުވި އެވެ.

ޝަހީމްގެ ދަރިފުޅު އަބްދުﷲ މާހިލް އައްޔަން ކޮށްފައިވަނީ މަހަކު 100،000ރ. ގެ އުޖޫރައެއް ލިބޭ މަގާމަކަށެވެ. ޝަހީމްގެ އަނބިކަނބަލުން ފާތިމަތު އާފިޔާ އަކީ ވެސް މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ގަވާނިން ބޯޑުގެ މެންބަރެކެވެ.

ޑރ. މުހައްމަދު މުއިއްޒުގެ މަތިބަރު ސަރުކާރުން ސިޔާސީ މަގާމުތަކުގެ އަދަދު ހާމަކޮށްފަ އެއްްނުވެ އެވެ. ސިޔާސީ މަގާމުތައް މަދުކުރުމުގެ ބަދަލުގައި އަދިވެސް ގެންދަނީ، އާއިލާ އާއި ގާތް ފަރާތްތަކަށް ވަޒީފާ ދެމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox