ހުޅުމާލޭގައި "ޓޭކްއަވޭ ކޮފީޝޮޕް" ހިންގާ އަށް ބިދޭސީއަކު އިއްޔެ އަތުލައިގަނެފި އެވެ.
އިމިގްރޭޝަނުން ބުނީ "ޖޮއިންޓް ޓާސްކްފޯސް" އިން ކުރިއަށް ގެންދިޔަ ރެއިޑް އޮޕަރޭޝަނެއްގައި ހުޅުމާލެ ފޭސް އެކެއްގައި ގަވައިދާ ހިލާފަށް ވިޔަފާރިކުރި އަށް ބިދޭސީން ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފަ އެވެ.
ރާއްޖޭގައި ގަވައިދާ ހިލާފަށް ވިޔަފާރިކުރަމުން އަންނަ ބިދޭސީން ފާހަގަކޮށް، އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔުމަށް ފުލުހުންނާއެކު ގުޅިގެން އަންނަނީ މަސައްކަތް ކުރަމުންނެވެ.

އެގޮތުން މާލޭގައި ވިޔަފާރިކުރާ ބިދޭސީން ފާހަގަކޮށް، 50 އެއްހާ ބިދޭސީން ވަނީ މާރުކޭޓު ސަރަހައްދުން ވެސް ދާދި ފަހުން އަތުލައިގަނެފަ އެވެ.
އިކޮނޮމިކް މިނިސްޓްރީން ވަނީ މިދިޔަ ބުރާސްފަތި ދުވަހު ރާއްޖޭގައި ބިދޭސީން ވިޔަފާރިކުރާ 25 ދާއިރާއެއް އާންމުކޮށްފަ އެވެ.












