ރިސޯޓު ޗެމްޕިއަންސް ލީގު: ރީތި ރަށް ބަލިކޮށް ޗެމްޕިއަންކަން ބަނޑޮހަށް

Jun 30, 2024, 5:52 AM
ރިސޯޓު ޗެމްޕިއަންސް ލީގު: ރީތި ރަށް ބަލިކޮށް ޗެމްޕިއަންކަން ބަނޑޮހަށް

ރިސޯޓު ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ރީތި ރަށް ބަލިކޮށް ބަނޑޮހުން ޗެމްޕިއަންކަން ދިފާއު ކޮށްފި އެވެ.

މިއީ، ބަނޑޮހުން ރިސޯޓް ޗެމްޕިއަންސް ލީގުގެ ތަށި ޖެހިޖެހިގެން ހޯދި ފަސް ވަނަ ފަހަރެވެ.

އިންޓަ ރިސޯޓު ވޮލީބޯޅަ މުބާރާތުގެ މާލެ ޒޯންގެ ޗެމްޕިއަންކަން ރީތި ރަށުން ހޯދީ ބަނޑޮސް ބަލިކޮށެވެ. އެކަމަކު، ރިސޯޓު ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ބަނޑޮހުން ވަނީ 3-2 ސެޓުން މެޗު ކާމިޔާބު ކޮށް ބަދަލު ހިފައިފަ އެވެ.

މި މުބާރާތުގެ ފައިނަލް މެޗުގެ ފުރަތަމަ ސެޓުގައި ބަނޑޮހުގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެންދިޔައިރު, މި ސެޓު ރީތި ރަށުން ވަނީ 25-19 އިން ކާމިޔާބު ކޮށްފަ އެވެ. އެކަމަކު، ފުރަތަމަ ސެޓާ ހިލާފަށް ދެ ވަނަ ސެޓުގައި ރީތި ރަށުގެ ފަރާތުން ފެނިގެންދިޔަ އާދައިގެ ކުޅުމާއެކު ދެ ވަނަ ސެޓު ބަނޑޮހުން ވަނީ ފަސޭހަކަމާ އެކު 25-13 އިން ކާމިޔާބު ކޮށްފަ އެވެ.

މެޗުގައި ފެނިގެންދިޔަ އެންމެ ވާދަވެރި ކުޅުން ފެނިގެންދިޔައީ ތިން ވަނަ ސެޓުގަ އެވެ. މި ސެޓުގައި ދެ ޓީމަށް ވެސް ބޮޑު ލީޑަކާ އެކު ކުޅެވޭ ގޮތް ނުވިއިރު، މި ސެޓު ބަނޑޮހުން ކާމިޔާބުކުރީ 26-24 އިންނެވެ. އެކަމަކު، ހަތަރު ވަނަ ސެޓުގައި ބަނޑޮހުން އާދައިގެކޮށް ފެނުނުއިރު، މި ސެޓު ރީތި ރަށުން ކާމިޔާބުކުރީ 25-21 އިންނެވެ.

މެޗުގެ ފަހު ސެޓުގައި ރީތި ރަށުގެ ކުޅުން ދަށްވިއިރު, މި ސެޓު ބަނޑޮހުން ކާމިޔާބުކުރީ 15-8 އިންނެވެ.

މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ބަނޑޮހުގެ އިސްމާއިލް ސާޖިދު (ކުޑަ ކާއްޓޭ) ހޮވުނުއިރު، އެންމެ މޮޅު ކޯޗަކީ، ބަނޑޮހުގެ ކޯޗު ހުސެން ޝަރީފް (ނަލަ ހުސެން) އެވެ.

މުބާރާތުގެ ޑްރީމް ޓީމަށް ބަލާއިރު، ހިމެނެނީ ރީތިރަށުގެ އަލީ ހުޒާމް (ހުޒަންޓެ)، އާދަމް ނަސީމް (އެޑަމް)، ހަސަން އިބްރާހިމް، އަހުމަދު ނަބީލްގެ އިތުރުން، ބަނޑޮހުގެ އިބްރާހިމް ފަޒީލް، މާރިފް އަލީ ނަސީރު އަދި މުހައްމަދު ރިމާޒް އެވެ. އެންމެ އުންމީދީ ކުޅުންތެރިއަކީ، ޔައިޝް މުހައްމަދު ޝިހާމް އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox