ޒޯން ޗެމްޕިއަންސް ލީގު: ރީތި ރަށުން ބަނޑޮސް ބަލިކޮށްފި

Jul 7, 2023, 5:09 AM
މި ފަހަރުގެ އިންޓަ ރިސޯޓް މުބާރާތުގެ މެޗެއްގެ ތެރެއިން ރީތި ރަށް ޓީމުގެ ހުޒާމް އުފާފާޅުުކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މި ފަހަރުގެ އިންޓަ ރިސޯޓް މުބާރާތުގެ މެޗެއްގެ ތެރެއިން ރީތި ރަށް ޓީމުގެ ހުޒާމް އުފާފާޅުުކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މިހާރު ކުރިއަށްދާ އިންޓަ ރިސޯޓް ޗެމްޕިއަންސް ލީގުގައި އިއްޔެ ކުޅުނު މެޗުން އެންމެ ފަހުގެ ޗެމްޕިއަން، ބަނޑޮސް މޯލްޑިވްސް އަތުން ވަން އެންޑް އޮންލީ ރީތި ރަށް ވަނީ ސީދާ ތިން ސެޓުން މޮޅުވެއްޖެ އެވެ.

މިއީ، މި ފަހަރުގެ އިންޓަ ރިސޯޓް މުބާރާތުގައި ބަނޑޮސް ބަލިވި ފުރަތަމަ މެޗެވެ. ބަނޑޮހުން ވަނީ ފަސް ސެޓު ކުޅެގެން ރީތި ރަށް ބަލިކޮށް ޒޯން އެކެއްގެ ތަށި އުފުލާލައިފަ އެވެ.

އެކަމަކު، އިއްޔެ ޒޯން ޗެމްޕިއަންސް ލީގުގައި ރީތި ރަށުން ވަނީ ބަނޑޮހުގެ މައްޗަށް ކުރިިހޯދައިފަ އެވެ. ރީތި ރަށް ވޮލީ ކޯޓުގައި ކުރިއަށްދިޔަ މި މެޗުގެ ސެޓުތައް ރީތި ރަށުން ގެންދިޔައީ 26-24، 25-20 އަދި 25-19 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކީ ރީތި ރަށް ޓީމަށް ކުޅޭ ގައުމީ ވޮލީ ޓީމުގެ ކެޕްޓަން، އަލީ ހުޒާމް (ހުޒަންޓެ) އެވެ.

ޒޯން ޗެމްޕިއަންސް ލީގުގެ ފުރަތަމަ މެޗުގައި އަނަންތަރާ ކިހާވަށް މޯލްޑިވްސް އަތުން 3-1 ސެޓުން ވައްކަރު މޯލްޑިވްސް ވަނީ މޮޅުވެފަ އެވެ. މި މެޗުގެ ސެޓުތައް ދިޔައީ 25-21، 27-29، 26-28 އަދި 23-25 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކީ ވައްކަރުގެ ގުރުގޭ ވިޑޫރާ އެވެ.

ޒޯން ޗެމްޕިއަންސް ލީގުގައި މިއަދު ދެ މެޗެއް ކުޅެވިގެންދާނެ އެވެ. އެ ގޮތުން، ބަނޑޮސް ވޮލީ ކޯޓުގައި ކުޅޭ މެޗުގައި ބަނޑޮހުން ބައްދަލުކުރާނީ އަނަންތަރާއާ އެވެ. އަދި ރީތި ރަށުގައި ކުޅޭ މެޗުގައި އެ ޓީމުން ކުޅޭނީ ވައްކަރުއާ އެވެ. ދެ މެޗު ވެސް ފަށާނީ 16:15 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox