ޖެހިޖެހިގެން ހަތަރު ވަނަ ފަހަރަށް ބަނޑޮހުން ރިސޯޓް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފި

Jul 12, 2023, 4:16 PM
އިންޓަ ރިސޯޓް ޗެމްޕިއަންސް ލީގުގެ ތަށި ބަނޑޮސް މޯލްޑިވްސް އިން އުފުލާލަނީ ---- ފޮޓޯ: އިސްމާއިލް ތޯރިގް/ އަދަދު

އިންޓަ ރިސޯޓް ޗެމްޕިއަންސް ލީގުގެ ތަށި ބަނޑޮސް މޯލްޑިވްސް އިން އުފުލާލަނީ ---- ފޮޓޯ: އިސްމާއިލް ތޯރިގް/ އަދަދު

ފައިނަލުގައި އަނަންތަރާ ކިހާވަށް މޯލްޑިވްސް ބަލިކޮށް، އިންޓަ ރިސޯޓް ވޮލީބޯލް ޗެމްޕިއަންސް ލީގުގެ ޗެމްޕިއަންކަން ޖެހިޖެހެން ހަތަރު ވަނަ ފަހަރަށް ބަނޑޮސް މޯލްޑިވްސް އިން ހޯދައިފި އެވެ.

ބަނޑޮސް ވޮލީ ކޯޓުގައި މިއަދު ހަވީރު ކުޅުނު ރިސޯޓް ވޮލީބޯޅަ ޗެމްޕިއަންސް ލީގުގެ ފައިނަލް ބަނޑޮހުން ކާމިޔާބުކުރީ އަނަންތަރާ ކިހާވަށް މޯލްޑިވްސް ސީދާ ތިން ސެޓުންނެވެ. ފައިނަލް މެެޗުގެ ސެޓުތައް އެ ޓީމުން ގެންދިޔައީ 25-20، 25-20 އަދި 25-21 އިންނެވެ.

މެޗުގެ ފުރަތަމަ ސެޓު ފަށައިގެން މެދުތެރެއާ ހަމައަށް ދިޔައީ ވާދަވެރިކޮށެވެ. ނަމަވެސް ބަނޑޮހުގެ ކެޕްޓަން އަދި ތަޖުރިބާކާރު ސެޓަރު އިޝާން މުހައްމަދު (ބަޓިސް) އާއި ބިދޭސީ ކުޅުންތެރިޔާ ކަވިޝްކަގެ މޮޅު ކުޅުމާ އެކު އެޓިމުން މި ސެޓު ކާމިޔާބުކުރި އެވެ.

ދެ ވަނަ ސެޓުގައި ކަވިޝްކަ އެކޭ އެއްގޮތަށް ބަނޑޮހުގެ ހުސައިން ރަޒާން ވެސް ބާރު ހަމަލާތަކެއް ފޮނުވާލި އެވެ. އަނަންތަރާ ޓީމުން ދެ ވަނަ ސެޓާ ތިން ވަނަ ސެޓުގައި އަހުމަދު ފާޒިލް ރަނގަޅު ހަމަލާތަކެއް ފޮނުވާލި އެވެ. ނަމަވެސް މި ދެ ސެޓުގައި ވެސް ފަހުކޮޅު ތަފާތު ދައްކައި ބަނޑޮހުން ޗެމްޕިއަންކަން ހޯދި އެވެ.

އިންޓަ ރިސޯޓް ވޮލީބޯޅަ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ބަނޑޮސް މޯލްޑިވްސް އާއި އަނަންތާރާ ވާދަކުރި ފައިނަލް މެޗުގެ ތެރެއިން - ފޮޓޯ: އިސްމާއިލް ތޯރިގް
އިންޓަ ރިސޯޓް ވޮލީބޯޅަ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ބަނޑޮސް މޯލްޑިވްސް އާއި އަނަންތާރާ ވާދަކުރި ފައިނަލް މެޗުގެ ތެރެއިން - ފޮޓޯ: އިސްމާއިލް ތޯރިގް

އިންޓަ ރިސޯޓް ވޮލީބޯޅަ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ބަނޑޮސް މޯލްޑިވްސް އާއި އަނަންތާރާ ވާދަކުރި ފައިނަލް މެޗުގެ ތެރެއިން - ފޮޓޯ: އިސްމާއިލް ތޯރިގް

ބަނޑޮސް މޯލްޑިވްސް އަކީ މިދިޔަ ހަތަރު އަހަރު ރިސޯޓް ވޮލީބޯޅަ މުބާރާތުގެ ޒޯން އެކެއްގެ ޗެމްޕިއަން ޓީމެވެ.

ތަޖުރިބާކާރު ކޯޗު މުހައްމަދު ސާޖިދު (ކާއްޓޭ)ގެ ކޯޗުކަމުގެ ދަށުން އިންޓަ ރިސޯޓް ވޮލީގެ މިދިޔަ ހަތަރު މުބާރާތުގައި ބަނޑޮހުން ވަނީ އަށް ތަށި ހޯދައިފަ އެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކީ ބަނޑޮހުގެ ސްރީ ލަންކާ ކުޅުންތެރިޔާ ކަވިޝްކަ މަދުޝަންކާ އެވެ.

ޗެމްޕިއަންސް ލީގުގެ ފައިނަލުން ބަނޑޮސް ޖާގަ ހޯދީ ހަތަރު ޓީމް ވާދަކުރި ލީގު ބުރުގެ އެއް ވަނަ ހޯދައިގެންނެވެ. އެ ޓީމު ބަލިވީ ވަން އެންޑް އޮންލީ ރީތިރަށް އަތުންނެވެ. ނަމަވެސް ލީގު ބުރުގައި ވައްކަރު މޯލްޑިވްސް އާއި އަނަންތަރާ ބަލިކުރި އެވެ.

ލީގު ބުރުގެ ތިން ވަނަ ޓީމުގެ ގޮތުގައި ސެމީ އިން ޖާގަ ހޯދި ނަމަވެސް އެ ޓީމުން ވަނީ ސެމީ ފައިނަލުގައި ވައްކަރު މޯލްޑިވްސް 3-1 ސެޓުން ބަލިކޮށްފަ އެވެ. މިއީ ޒޯން ބުރާއި ޗެމްޕިއަންސް ލީގުގެ ބުރުގައި ވައްކަރާ ދެކޮޅަށް އަނަންތަރާ ކުޅުނު ހަތަރު މެޗުގެ ތެރެއިން އެ ޓީމު މޮޅުވި ހަމައެކަނި މެޗު ވެސް މެ އެވެ.

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox