ބިސްބުރު ކައިރީ އުޅޭ ބަލިބުޅަލެއް ހިފައި, ހަވާލުކޮށްދޭ މީހަކަށް 300 ޑޮލަރު ދެނީ

ބިސް ބުރު ކައިރީ އުޅޭ, އަނިޔާ ލިބިފައިވާ ބުޅާ; ބުޅާ ހިފައި ހަވާލުކޮށްދޭ މީހަކަށް 300 ޑޮލަރު ދޭން މީހަކު ހުށަހަޅާފައިވޭ

ބިސް ބުރު ކައިރީ އުޅޭ, އަނިޔާ ލިބިފައިވާ ބުޅާ; ބުޅާ ހިފައި ހަވާލުކޮށްދޭ މީހަކަށް 300 ޑޮލަރު ދޭން މީހަކު ހުށަހަޅާފައިވޭ

މާފަންނު ބިސް ބުރު ކައިރީގައި އުޅޭ, އަނިޔާ ލިބިފައިވާ ބުޅަލެއް ހިފައި, ހަވާލުކޮށްދޭ މީހަކަށް 300 ޑޮލަރު ދޭން ހުށަހަޅައިފި އެވެ.

ފޭސްބުކްގައި ހިންގާ މޯލްޑިވިއަން ކެޓަހޮލިކްސް ޕޭޖުގައި ރާއްޖޭގައި ދިރިއުޅޭ, ޕޮލެންޑް އަންހެނަކު ކޮށްފައިވާ ޕޯސްޓެއްގައި ބުނީ, ބިސް ބުރު ކައިރީގައި އުޅޭ މި ބުޅަލުގެ ބޭސް ފަރުވާ ކޮށްދޭން ބޭނުންވާ މީހަކު, ބުޅާ ހިފާ, މިއަދު ހަވާލުކޮށްދޭ މީހަކަށް 300 ޑޮލަރު ދޭން ނިންމާފައިވާ ކަމަށެވެ.

އޭނާ ބުނެފައިވާ ގޮތުގައި އެ ބުޅަލަށް ފަރުވާ ދޭން އިއްޔެ ވެސް މީހަކު މަސައްކަތް ކުރި ކަމަށާއި, ނަމަވެސް އެކަން ކާމިޔާބު ނުވި ކަމަށެވެ. އަދި ބުޅަލަށް ވީ އެންމެ އަވަހަކަށް ފަރުވާ ދޭން ޖެހޭ ކަން އޭނާ ފާހަގަ ކުރި އެވެ.

ބުޅަލަށް ބޮޑެތި އަނިޔަތަކެއް ލިބިފައި ހުރިކަން ޕޯސްޓުގައި އޭނާ ހިއްސާ ކޮށްފައިވާ ފޮޓޯއިން ވެސް ފެންނަން އެބަހުއްޓެވެ.

މިއަދު ބުޅާ ހިފައިދޭ މީހަކަށް 300 ޑޮލަރު ދޭން ހުށަހަޅާފައިވާއިރު, އެއީ 15.40ގެ ރޭޓުން 4621.50 ރުފިޔާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox