ހުޅުމާލެ ދެވަނަ ފިޔަވަހީގައި މަހުޖަނުންނަށް ލަގްޒަރީ ވިލާތަކާއި ޓައުންހައުސްތަކެއް އެޅުމަށް ހިންގާ "އަސޭރިއާ ހޯމްސް އެންޑް ޓައުންހައުސަސް" މަޝްރޫއުގެ ބިންގާ އަޅައިފި އެވެ.
ދެވަނަ ފިޔަވަހީގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ގެ ނަމުގައި ކުރިއަށް ގެންދާ މި މަޝްރޫއުގެ ބިންގާ އަޅުއްވާދެއްވީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު އެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އިރުއުތުރު ކަންމަތި ސަރަހައްދުގައި ހިންގާ މި ބިޔަ މަޝްރޫއު، ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން އެޗްޑީސީއިން ހަވާލުކުރީ ބެޗް ކޮންސްޓްރަކްޝަންސް ޕްރައިވެޓް ލިމިޓެޑާ އެވެ. މަޝްރޫއު ހަވާލުކުރީ ތިން އަހަރު ތެރޭ މަސައްކަތް ނިންމާ ގޮތަށެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަޅާ ލަގްޒަރީ ވިލާތަކުގެ މޮޑެލް އެއް - ފޮޓޯ: ރައީސް އޮފީސް
މި މަޝްރޫއުގެ މަޝްރޫއުގެ ދަށުން ޖުމްލަ 19،000 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ތަރައްގީ ކުރާނެ ކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ.
އަސޭރިއާގައި މަތީ ފަންތީގެ ތިން ބާވަތެއްގެ ގެދޮރު ތަރައްގީކުރާނެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ބީޗް ވިލާގެ ގޮތުގައި ތަރައްގީކުރާ 37 ޔުނިޓާއި، ގާޑަން ވިލާގެ ގޮތުގައި ތަރައްގީކުރާ 14 ޔުނިޓުގެ އިތުރުން އާބަން ވިލާގެ ގޮތުގައި ތަރައްގީކުރާ 22 ޔުނިޓެވެ.











