ރަސްމާލެ ވިއްކާލުމުގެ ބިލު މާދަމާއަށް ތާވަލުކޮށްފައި ވަނިކޮށް ނައިބުރައީސް، މުއްތަލިބު އަދި އުޝާމް ޕީއެންސީ މެންބަރުންނާ ބައްދަލުކޮށްފި

ނައިބުރައީސް ހުސައިން މުހައްމަދު ލަތީފާއި މަޖިލިސް ރައީސް އަބްދުއްރަހީމް އަދި މިނިސްޓަރުންނާއި އޭޖީ އުޝާމް ސިއްރުން މަޖިލީހުގައި ވަނީ ބައްދަލުކޮށްފައި -- ފޮޓޯ: އަދަދު

ނައިބުރައީސް ހުސައިން މުހައްމަދު ލަތީފާއި މަޖިލިސް ރައީސް އަބްދުއްރަހީމް އަދި މިނިސްޓަރުންނާއި އޭޖީ އުޝާމް ސިއްރުން މަޖިލީހުގައި ވަނީ ބައްދަލުކޮށްފައި -- ފޮޓޯ: އަދަދު

ރަސްމާލެ ވިއްކާލުމުގެ ބިލު މާދަމަގެ މަޖިލިސް ޖަލްސާއަށް އެޖެންޑާކޮށްފައި ވަނިކޮށް، ނައިބުރައީސް ހުސައިން މުހައްމަދު ލަތީފާއި އެޓާނީ ޖެނެރަލް އަހްމަދު އުޝާމްގެ އިތުރުން ބައެއް މިނިސްޓަރުން ޕީއެންސީ  މަޖިލިސް މެންބަރުންނާއެކު ރައްޔިތުންގެ މަޖިލީހުގައި މިރޭ ސިއްރު ބައްދަލުވުމެއް ކުރިއަށް ގެންގޮސްފި އެވެ. 

މި ބައްދަލުވުމުގައި ނައިބުރައީސާއެކު ބައިވެރިވެވަޑައިގެންނެވީ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި އެޓާނީ ޖެނެރަލް އަހްމަދު އުޝާމް އާއި ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބު އަދި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެވެ. 

އެ ބައްދަލުވުމަށްފަހު، މުއްތަލިބު ނުކުންނެވިއިރު، އަތުގައި ކަޅު ބޮޑު ދަބަހެއް ވެސް އޮތެވެ. އެ ދަބަހުގައި ހުރީ ކޮން އެއްޗެއްތޯ ތަކުރާރުކޮށް ސުވާލު ކުރުމުން ވެސް އޭނާ ޖަވާބެއް ނުދެއްވި އެވެ.

Advertisement

ބައްދަލުވުމާ ގުޅޭގޮތުން ނައިބުރައީސް އާއި އަބްދުއްރަހީމްގެ އިތުރުން ސައީދުއާ ތަކުރާރުކޮށް ސުވާލުކުރުމުން ވެސް އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެ އެވެ. 

ނަމަވެސް އޭޖީ އުޝާމްއާ އަދަދު އިން ސުވާލުކުރުމުން ވިދާޅުވީ އެ ބައްދަލުވުމަކީ މަޖިލީހަށް ހުށަހެޅި ހަތަރު ބިލާ ގުޅޭގޮތުން ޕީއެންސީގެ މެންބަރުން މެދުގައި އުފެދިފައިވާ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ބޭއްވި ބައްދަލުވުމެއް ކަމަށެވެ. މެންބަރުންނަށް އުފެދިފައި ވަނީ ކޮން ސުވާލެއްތޯ މި ނޫހުން އެހުމުން އެކަމަށް އުޝާމް ޖަވާބެއް ނުދެއްވަަ އެވެ. 

"ދެން އަޅުގަނޑަށް އޭގެ ތަފްސީލު މި ގަޑީގައި ދެވޭކަށް ނެތް. އެކަމަކު މިދެންނެވީ ހަތަރު ބިލާ ގުޅޭގޮތުންވެސް ހަމަ އެބޭފުޅުންނަށް ސާފުކުރަން ބެނުންވާ ކަންތައްތަކެއް ހުރީމަ އެ ހުރިހާ ކަމެއް ސާފުކޮށްދިން،" އޭނާ ވިދާޅުވި އެވެ. 

އުޝާމް އެހެން ވިދާޅުވި ނަމަވެސް، ރަސްމާލެ ވިއްކާލުމުގެ ބިލުގެ އިތުރުން މަޖިލީހަށް ސަރުކާރުން ހުށަހަޅައިފައިވާ އަބުރުގެ ބިލާއި އިމިގްރޭޝަން ބިލް އަދި، މަރުގެ އަދަބު ތަންފީޒު ކުރުމުގެ ބިލު އަދި މަޖިލީހަށް ބަލައެއް ނުގަނެ އެވެ. މަޖިލީހަށް ފޮނުވާ ބިލަކާ ގުޅޭގޮތުން ކަމާ ގުޅުންހުރި ފަރާތްތަކުން ހިޔާލާއި މަޝްވަރާ މަޖިލީހުން ހޯދަނީ ބިލު ދިރާސާ ކުރުމުގެ މަރުހަލާގައި މަޖިލީހުގެ ކޮމިޓީތަކުންނެވެ.

އެހެންނަމަވެސް، އުޝާމް އާއި މުއްތަލިބު އަދި ސަރުކާރުގެ އިސްވެރިން މަޖިލީހަށް މިރޭ ހާޒިރުވިއިރު މަޖިލީހުގެ އެއްވެސް ކޮމިޓީއެއްގެ މަސައްކަތެއް ނުހިނގަ އެވެ. އަދި، މަޖިލީހުގެ ޖަލްސާއެއް ވެސް މިރޭ ނުހިނގަ އެވެ.

ރަސްމާލެ މަޝްރޫއު ކުރިއަށް ގެންދިޔުމަށްޓަކައި، ތާއަބަދަށް ކުލީގެ އެއްބަސްވުން އާކުރެވޭ ގޮތަށް ހިމަނައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފައިވާ ރިއަލް އެސްޓޭޓް ބިލު ހިމެނޭހެން ހަތަރު ބިލުގެ އިބްތިދާއީ ބަހުސް މާދަމާގެ ޖަލްސާއަށް ވަނީ ތާވަލުކޮށްފަ އެވެ. ބިލު ކޮމިޓީއަށް ފޮނުވާނީ އިބްތިދާއީ ބަހުސްގެ މަރުހަލާ ނިންމުމަށްފަހު، އެ ބިލުތައް ބަލައިގަތުމަށް މަޖިލީހުގެ ތަޅުމުން ފާސްކުރުމަށްފަހު އެވެ.

ރަސްމާލެ ވިއްކާލުމަށްޓަކައި ސަރުކާރުގެ ފަރާތުން ހެންވޭރު އުތުރު ދާއިރާގެ މެންބަރު، އަހުމަދު އައިފާން ހުށަހަޅުއްވާފައިވާ ރިއަލް އެސްޓޭޓް ބިލުގެ އިތުރުން، މާދަމާގެ އެޖެންޑާގައި ހިމަނައިފައި ވަނީ މަރުގެ އަދަބު ކަނޑައެޅުމާއި ތަންފީޒުކުރުމާ ބެހޭ ބިލާއި އަބުރު ރައްކާތެރިކުރުމުގެ ހައްގުގެ ބިލުގެ އިތުރުން ދިވެހިރާއްޖޭގެ އިމިގްރޭޝަނުގެ ބިލުގެ ބަހުސް އެވެ.

އޭގެ އިތުރުން، މާދަމާގެ ޖަލްސާގެ އެޖެންޑާގައި އޮތީ އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގެ ބަހުސް އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މުއްތަލިބު މަޖިލީހަށް ވަޑައިގެންނެވީ "ކަޅު ދަބަހެއް" ހިފައިގެން

ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބު ބޮޑު ކަޅު ދަބަހެއް ހިފައިގެން ރައްޔިތުންގެ މަޖިލީހަށް ވަޑައިގެން ސިއްރު ބައްދަލުވުމެއް ބޭއްވި ނަމަވެސް، އެ ދަބަހާ ގުޅޭގޮތުން ނޫސްވެރިން ކުރި ސުވާލުތަކަށް އޭނާ ޖަވާބެއް ނުދެއްވި. މި ބައްދަލުވުމަކީ ބިލުތަކާ ގުޅޭގޮތުން މެންބަރުންނަށް މައުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމެއް ކަމަށް.

ފޮރިން އިންވެސްޓްމަންޓުން އިސްތިގުލާލަށް އަސަރު ނުކުރާނެ: ނަޝީދު

ރަސްމާލެއިން ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކުރުމާ ގުޅޭގޮތުން އެމްޑީޕީން ކަންބޮޑުވުން ފާޅުކުރަމުންދަނިކޮށް، ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓްތަކުގެ ސަބަބުން ގައުމުގެ އިސްތިގުލާލަށް އަސަރުނުކުރާނެ ކަމަށް ކުރީގެ ރައީސް ނަޝީދު ވިދާޅުވި. އެމަނިކުފާނު ވިދާޅުވީ މިފަދަ އިންވެސްޓްމަންޓްތަކުގެ ސަބަބުން ގައުމުގެ އިގްތިސާދު ވަރުގަދަވާނެ ކަމަށް.

ޝާހިދުގެ އިސްތިއުނާފު އަޑުއެހުން ކެންސަލް

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ކުރީގެ ފޮރިން މިނިސްޓަރު ޝާހިދު ހައްޔަރުކުރި އަމުރުގެ އިސްތިއުނާފް އަޑުއެހުން އިދާރީ ސަބަބަކާ ހުރެ މިއަދު ވަނީ ކެންސަލްވެފައި. ޝާހިދު އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތައް ދޮގުކުރައްވާއިރު، މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރަން ހުށަހެޅީ މި މަހުގެ 4 ވަނަ ދުވަހު.

ރަސްމާލެ ވިއްކާލާ ބިލުގެ ބަހުސް މާދަމާގެ ޖަލްސާއަށް ތާވަލުކޮށްފި

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރު މީހުންނަށް 99 އަހަރަށް ބިން ވިއްކޭ ގޮތަށް ހުށަހަޅާފައިވާ ރިއަލް އެސްޓޭޓް ބިލު ހިމެނޭހެން، ސަރުކާރުގެ ހަތަރު ބިލެއްގެ ބަހުސް މާދަމާގެ މަޖިލީހަށް އެޖެންޑާކޮށްފިއެވެ. މީގެ އިތުރުން މަރުގެ އަދަބު ތަންފީޒުކުރުމާއި، އަބުރު ރައްކާތެރިކުރުމާއި، އިމިގްރޭޝަން ބިލުގެ ބަހުސް ވެސް މާދަމާ ކުރިއަށްދާނެއެވެ.

ރަސްމާލެއާ ދެކޮޅު ބޮޑު އެއްވުން ޑިސެމްބަރު ހަތަރެއްގައި ބާއްވަނީ

މި ހަރަކާތުން ވަނީ ރިއަލް އެސްޓޭޓް ބިލަށް ވޯޓު ނުދިނުމަށް މަޖިލިސް މެންބަރުންނަށް ގޮވާލައި، ސަރުކާރުން މި މަޝްރޫއު ހުއްޓާނުލައިފިނަމަ އަންނަ މަހު މާލޭގައި ބޮޑު އެއްވުމެއް ބާއްވާނެ ކަމުގެ އިންޒާރު ދީފައެވެ.

އަނިޔާ ދިން މައްސަލައިގައި ދައުލަތުން އެދުނީ ޖޫރިމަނާގެ އަދަބަށް

މާލޭގެ ގަރާޖެއްގައި ދެ މީހަކު ހިފަހައްޓައި ލާއިންސާނީ އަނިޔާދިން މައްސަލައިގައި ދައުވާލިބޭ އިބްރާހިމް ޝަރަފް ކުށަށް އިއުތިރާފުވުމުން، އޭނާގެ މައްޗަށް އައި 19 މަހުގެ ޖަލު ހުކުމް 116,700 ރުފިޔާގެ ޖޫރިމަނާއަކަށް ބަދަލުކޮށްފައި. މި ޖޫރިމަނާ އެއް އަހަރު ތެރޭ ދައްކަންޖެހޭއިރު، މި މައްސަލައިގައި ދެން ހިމެނޭ ދެ މީހުންގެ ޝަރީއަތް ކުރިއަށްދަނީ ވަކިން.

ރަސްމާލެ ވިއްކާލުމާ ޝަހީމް ދެކޮޅު!

ރަސްމާލޭގެ ބިން ބޭރުގެ ކުންފުންޏަކަށް ވިއްކާލުމަށް ރައީސް މުއިއްޒު ނިންމެވި ނިންމެވުމާ އިސްލާމިކް މިނިސްޓަރު ޝަހީމް ދެކޮޅު ހައްދަވާފައިވާތީ، އޭނާ ސަރުކާރުން ވަކިވެދާނެކަމުގެ ބިރު އޮތްކަމަށް މަސްދަރުތަކުން ބުނެފިއެވެ. މިކަމުގެ ސަބަބުން ދީނީ އިލްމުވެރިންގެ ތާއީދު ގެއްލިދާނެތީ، ސަރުކާރުން މިހާރު ދަނީ އަދާލަތު ޕާޓީއާއެކު ކޯލިޝަން ހެދުމަށް މަސައްކަތް ކުރަމުންނެވެ.

Newsletter

Get the latest news delivered straight to your inbox