ރާޒުވާ ލެޖެންޑް ޝަބްނަމް އިބްރާހީމް މަނިކު ނިޔާވެއްޖެ

Jun 24, 2024, 6:50 AM
ރާޒުވާ ލެޖެންޑް ޝަބްނަމް އިބްރާހީމް މަނިކު ނިޔާވެއްޖެ

ރާއްޖޭގެ ރާޒުވާގެ ލެޖެންޑް ޝަބްނަމް އިބްރާހީމް މަނިކު އުމުރުން 86 އަހަރުގަ އިއްޔެ ނިޔާވެއްޖެ އެވެ.

ޝަބްނަމް އިބްރާހީމް މަނިކަކީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު ރާޒުވާ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ. އޭނާ ވަނީ ރާއްޖޭގައި ބޭއްވި ރާޒުވާގެ އެކި މުބާރާތްތަކުގައި ވާދަކޮށް ގިނަ ވަނަތަކެއް ހޯދާފަ އެވެ. މީގެ އިތުރުން ރާއްޖޭން ބޭރުގައި ބޭއްވި ގިނަ މުބާރާތްތަކުގައި ވެސް ވަނީ ވާދަކޮށްފަ އެވެ.

ޝަބްނަމް އިބްރާހީމް މަނިކު ރާޒުވާ ކުޅުން ހުއްޓާލިތާ ގިނަ ދުވަސްތަކެއް ވީ ނަމަވެސް އިންޓަނޭޝަނަލް ޗެޝް ފެޑަރޭޝަނުން ނެރޭ ރާއްޖޭގެ ރޭންކިންގެ 11 ވަނައިގައި ގިނަ ދުވަސްތަކެއް ވަންދެން ޝަބްނަމް އިބްރާހީމް މަނިކު ވަނީ ހިމެނިފަ އެވެ.

މީގެ އިތުރުން ޝަބްނަމް އިބްރާހީމް މަނިކު ފާހަގަވެގެންދަނީ, ރާޒުވާ ކުޅެން ކުޑަކުދިން އަދި އާންމުން ނެރެދިނުމަށް ގިނަ ހިދުމަތްތަކެއް ކުރެއްވި ފަރާތެއްގެ ގޮތުގަ އެވެ. އެގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ރާޒުވާ ޓްރެއިނިންގް ޕްރޮގްރާމްތައް ބާއްވާފައި ވެއެވެ. މީގެ އިތުރުން "ރާޒުވާ ކުޅޭނީ ކިހިނެއް" ނަމުގައި ފޮތެއް ލިޔުއްވާފައިވެ އެވެ.

އިބްރާހިމް ވަނީ ގިނަ އަހަރުތަކެއް ވަންދެން ސަރުކާރަށް ހިދުމަތް ކުރައްވައިފަ އެވެ. އެގޮތުން އަތިރީމާފަންނުގޭ ޓްރޭޑިންގައި މަސައްކަތް ކުރެއްވި އެވެ. އަދި ސަރުކާރު ބޮޑު ސްޓޯރު ނުވަތަ އެމްޖީބީއެސްގައި ވެސް މަސައްކަތް ކުރެއްވި އެވެ. ފަހުން އޮޑިޓް އޮފީހުގެ ވަޒީފާއެއް ވެސް އަދާކުރެއްވި އެވެ.

ޝަބްނަމް އިބްރާހީމް މަނިކު ނިޔާވުމާއެކު, ޗެސް އާއިލާގެ ގިނަ ބަޔަކު އަންނަނީ އޭނާގެ އާއިލާއަށް ތައުޒިޔާ ކިޔަމުންނެވެ. އިބްރާހިމް މަނިކުގެ ޖަނާޒާގައި ކަށު ނަމާދު ކުރެއްވީ ޝެއިހު ހަސަން މޫސާ ފިކުރީ އެވެ.

ޝަބްނަމް އިބްރާހިމް މަނިކު ނިޔާވިއިރު އޭނާގެ 16 ބޭފުޅުން ދުނިޔޭގައި އެބަ ތިއްބެވެ. އެއީ 10 އަންހެން ބޭފުޅުންނާއި ހަ ފިރިހެން ބޭފުޅުންނެވެ. އޭގެ އިތުރުން ކާފަ އަދި މުނިކާފާ ކިޔާ ބޭފުޅުން ވެސް އެބަ ތިއްބެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބިސް ބުރު ބަލިކޮށް ވިކްޓަރީ ލީގުގެ އެއް ވަނަ އަށް

ދިވެހި ޕްރިމިއާ ލީގުގައި ބިސް ބުރު ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ވިކްޓަރީ ސްޕޯޓްސް ކްލަބް ތާވަލުގެ އެއްވަނައަށް ޖެހިލައިފި. މި މެޗުގައި ވިކްޓަރީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އަހުމަދު ރިޒްވާން، ރަވްޝަންބެކް އަދި އަލް ހާޖީ ގޭރޯ. މި މޮޅާއެކު ވިކްޓަރީން ވަނީ ކުޅުނު ހަތަރު މެޗުން 10 ޕޮއިންޓް ހަމަކޮށްފައި

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ހާޒިގު ރިޓަޔާކޮށްފި

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ހަސަން ހާޒިގު ރަޝީދު، 16 އަހަރަށްފަހު ގައުމީ ޓީމުން ރިޓަޔާކޮށްފި. އޭނާ ރިޓަޔާކުރީ މެލޭޝިއާގައި ކުރިއަށްދިޔަ އައިސީސީ ޓީ20 ވޯލްޑް ކަޕް ކޮލިފައިންގައި ސައުދީ އަރަބިއްޔާއާ ދެކޮޅަށް ކުޅުނު މެޗަށް ފަހުގައި. ކްރިކެޓް ބޯޑުން ވަނީ ހާޒިގު ގައުމީ ޓީމަށް ކޮށްދިން އަގުހުރި ހިދުމަތްތަކާއި އޭނާގެ ނަމޫނާ އަހުލާގު ފާހަގަކޮށްފައި.

މިސައިލް އެލާޓެއްގައި ޖެހުނު މެޗުގައި ރޮނާލްޑޯގެ ލަނޑެއް

މިސައިލް އެލާޓަކާ ގުޅިގެން 15 މިނިޓު ފަސްކޮށް ފެށި އޭއެފްސީ ޗެމްޕިއަންސް ލީގު އެލީޓްގެ މެޗުގައި، ކްރިސްޓިއާނޯ ރޮނާލްޑޯގެ ލަނޑަކާއެކު އަލް ނަސްރުން ނެފްޓްޝީ ފެރްގާނާ ބަލިކޮށްފި. މިއީ މި މުބާރާތުގައި އަލް ނަސްރުން ހޯދި ފުރަތަމަ މޮޅު ކަމަށްވާއިރު، ރޮނާލްޑޯ މިހާރު ވަނީ އޭނާގެ ކެރިއަރުގައި 981 ލަނޑު ހަމަކޮށްފައި

ރިސޯޓް ސުޕަ ލީގުގެ ފުރަތަމަ މޮޅު އޮޅުވެލި އަށް

ރިސޯޓް ސުޕަ ލީގުގެ ފުރަތަމަ މެޗުގައި ބަރޮސް މޯލްޑިވްސްއާ ވާދަކޮށް 2-1 ގެ ނަތީޖާއަކުން ސަން ސިޔާމް އޮޅުވެލި މޮޅުވެއްޖެ. ޖުމްލަ ހަ ރިސޯޓަކުން ވާދަކުރާ މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 29 ވަނަ ދުވަހު.

އެންރީކޭ އެދެނީ މެންޗެސްޓާ ސިޓީ އަދަަބަކުން ސަލާމަތްވާން

މާލީ ގަވާއިދުތަކާ ހިލާފުވެގެން މެންޗެސްޓާ ސިޓީއަށް ކުރިމަތިވެފައިވާ މައްސަލަތަކުން އެ ކްލަބް ސަލާމަތްވުމަށް އެދޭ ކަމަށް ޕީއެސްޖީގެ ކޯޗު، އެންރީކޭ ބުނެފި. އޭނާ ބުނީ ސިޓީން ހޯދާފައިވާ ކާމިޔާބީތަކަކީ ދަނޑުމަތީގައި ކުރި ބުރަ މަސައްކަތުން ހޯދި ހައްގު ކާމިޔާބީތަކެއް ކަމަށާއި، އެހެންކަމުން އެ ޓީމަށް އަދަބެއް ނުލިބި ސަލާމަތްވާނެ ކަމަށް އުންމީދުކުރާ ކަމަށް

ޔުނައިޓެޑް ބަލި، އާސެނަލާއި ބާސެލޯނާ އަށް މޮޅެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން އެތުލެޓިކޯ މެޑްރިޑް، ބާސެލޯނާ އަދި އާސެނަލް ވަނީ މޮޅުވެފައި. އެތުލެޓިކޯ އިން 2-0 އިން މެންޗެސްޓާ ޔުނައިޓެޑް ބަލިކުރިއިރު، ބާސެލޯނާ އިން ގަލަތަސަރާއި އަތުން 4-1 އިން އަދި އާސެނަލުން ލިލް އަތުން 3-0 އިން ވަނީ މޮޅުވެފައި

އިންފަންޓީނޯ އަށް ވޯލްޑް ކަޕާ ގުޅޭ 1.7 މިލިއަން ޑޮލަރު ލިބުނު

ފީފާގެ ރައީސް އިންފަންޓީނޯ އަށް 2026 ވަނަ އަހަރުގެ ވޯލްޑް ކަޕާ ގުޅޭ 1.7 މިލިއަން ޑޮލަރުގެ ޕޭމަންޓެއް ލިބިފައިވާއިރު، އެ ފައިސާގެ ތަފްސީލު ފީފާގެ މާލީ ރިޕޯޓުތަކުގައި ހިމަނާފައި ނުވާ ކަމުގެ ތުހުމަތު ވަނީ ފެންމަތިވެފައި. ނަމަވެސް ފީފާއިން މި ތުހުމަތުތައް ދޮގުކޮށް، ހުރިހާ މާލީ މުއާމަލާތްތަކެއް ހިންގަނީ ދެފުށް ފެންނަ އުސޫލެއްގެ ތެރެއިން ކަމަށް ބުނޭ

Newsletter

Get the latest news delivered straight to your inbox