ލަންކާގައި ކުރިއަށްދިޔަ ކިކާސް މުބާރާތުގެ މޮޅު ކުޅުންތެރިޔަކަށް ރާއްޖޭގެ ހުނާން

ލަންކާގައި ކުރިއަށްދިޔަ ކިކާސް މުބާރާތުގެ މޮޅު ކުޅުންތެރިޔަކަށް ރާއްޖޭގެ ހުނާން

ސްރީ ލަންކާގައި ކުރިއަށްދިޔަ 16 އަހަރުން ދަށުގެ ކިކާސް ޓޯނަމެންޓްގެ އެންމެ މޮޅު ކުޅުންތެރިޔާ އަދި އެންމެ ގިނަ ލަަނޑު ޖެހި ކުޅުންތެރިއާގެ މަގާމު ރާއްޖޭގެ ހުނާން ހަލީމް ހޯދައިފި އެވެ.

ލަންކާގައި ދިރިއުޅެމުން އަންނަ ހުނާން އަންނަނީ އެގައުމުގައި އުމުރުފުރާތަކުގެ މުބާރާތްތައް ވެސް ކުޅެމުންނެވެ. އެ ގޮތުން 20 އަހަރުން ދަށުގެ މުބާރާތްތަކާއި 18 އަހަރުން ދަށުގެ މުބާރާތްތަކުގައި ވެސް ހުނާން އަންނަނީ ކުޅެމުންނެވެ.

"އަދަދު" އާ ވާހަކަ ދައްކަމުން ހުނާން ބުނީ ޓިކާސް މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ އަދި އެންމެ ގިނަ ލަނޑު ޖަހި ކުޅުންތެރިޔަކަށް ވުމުން ވަރަށް ހިތްހަމަ ޖެހިފައި ހުރި ކަމަށެވެ. އަދި އުންމީދަކީ ކުރިއަށް ކުޅެން ހުރި މުބާރާތްތަކުން ވެސް ކާމިޔާބު ހޯދުން ކަމަށް ހުނާން ވަނީ ބުނެފަ އެވެ.

"ވަރަށް އުފާވެފަ މިހުރީ ގޯލްޑެން ބޫޓު ލިބުނީމަ. އަބަދުވެސް ޓާގެޓަކީ ގައުމީ ޓީމަށް ކުޅުން. އެހާ ހިސާބަށް ދެވޭތޯ ރަނގަޅަށް ޕްރެކްޓިސްކޮށް މަސައްކަތް ކުރާނަން." ހުނާން ބުންޏެވެ.

ޖޭޓީ ބަންޑާރަ ޗެލެންޖް ޓްރޮފީގެ މެޗެއްގެ ތެރެއިން ހުނާން ބޯޅަ ކޮންޓްރޯލްކުރަނީ

ހުނާންގެ މަންމަ، އައިމިނަތު ޒާހިރާ ފާހަގަކުރި ގޮތުގައި ހުނާން އަކީ ކުޑައިރުން ފެށިގެން ފުޓުބޯޅަ ކުޅެން "މަރު"ދޭ ކުއްޖެކެވެ. އަދި އަހަރަކަށް ވުރެ އަހަރެއް ކުޅުން ރަނގަޅު ކުރަމުން އަންނަ ކަމަށް ހުނާންގެ މަންމަ "އަދަދު" އާ ވާހަކަ ދައްކަމުން ބުނެފައިވެ އެވެ.

ހުނާންގެ ބައްޕަ، މުހައްމަދު ހަލީމް (ބޮޑުޖަޑާ) އަކީ ކުރިން ގައުމީ ފުޓްބޯޅަ ޓީމާއި ކްލަބް ވެލެންސިއާ އަށް ކުޅުނު ލެޖެންޑެކެވެ.

ޖަޑާ ބުނީ, ހުނާންގެ ފަރާތުން ފެންނަނީ އުންމީދީ ކުޅުމެއް ކަމަށެވެ. އަދި އަހަރަކުން އަހަރެއް ކުޅުން ރަނގަޅު ކުރަމުން އައުން މިއީ ލިބޭ ހިތްހަމަ ޖެހުމެއް ކަމަށާއި, ހުނާންގެ ހުވަފެންތައް ހަގީގަތަކަށް ހެދުމަށް ކުރެވެން ހުރި މަސައްކަތްތައް ކުރާނެ ކަމަށެވެ.

"އަޅުގަނޑު ދެން ކުރިން ގައުމީ ޓީމަށް ކުޅުންކަން ހުނާން އަށް އެނގުނު ހިސާބުން ހުނާން, ގައުމީ ޓީމަށް ކުޅެން ޓާގެޓް ކުރި. އެ ފެންވަރު އޭނާގެ ގައިގަ ހުރިކަމަށް ވަންޏާ ގައުމީ ޓީމުގައި ހުނާން ކުޅޭނެ. މިއީ އަޅުގަނޑުވެސް ދެކެން ބޭނުންވާ ދުވަހެއް" ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމަށް އުމުރުން 17 އަަހަރުގައި ކުޅެފައިވާ ޖަޑާ ބުންޏެވެ.

ހުނާން ވަނީ މީގެ ކުރިން މެންޗެސްޓާ ޔުނައިޓެޑް އެކަޑަމީގައި ހަތަރު އަހަރު ހޭދަކޮށްފަ އެވެ. އަދި ހުނާންގެ ހުނަރު ލަންކާގައި މަސައްކަތްކުރާ ކޯޗުން ފާހަގަކުރާ ކަމަށާއި, އުންމީދަކީ ރާއްޖޭގެ ޖޫނިއާ ސްކޮޑުތަކުން ވެސް ހުނާން އަށް ފުރުސަތު ލިބުން ކަމަށް ޖަޑާ ބުންޏެވެ.

ޖަޑާ ބުނީ, ހުނާން ކުރިއެރުމުގައި އޭނާގެ މަންމަ ކުރަމުން އަންނަ މަސައްކަތް ފާހަގަ ކުރަން ޖެހޭ ކަމަށެވެ. މީގެ އިތުރުން, ރާއްޖޭގެ ގައުމީ ޓީމުގެ ކޯޗު، އަލީ ސުޒެއިން އާއި ކުރިން ގައުމީ ޓީމުގެ ހެޑް ކޯޗުގެ ޒިންމާ ދެ ފަހަރެއްގެ މަތިން ނެގި، އިސްމާއިލް މަހަފޫޒް (އިންމަ) ކޯޗުގެ މަސައްކަތް ފާހަގަ ކުރާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox