ސްކޮޓްލެންޑް ބަލިކޮށް ޖަރުމަނަށް އުންމީދީ ފެށުމެއް

Jun 14, 2024, 8:56 PM
ޖަރުމަނުގެ ފުރަތަމަ ލަނޑު ޖެހި ވާޓްޒް ގޯލަށް ފަހު އުފާފާޅުކުރަނީ.

ޖަރުމަނުގެ ފުރަތަމަ ލަނޑު ޖެހި ވާޓްޒް ގޯލަށް ފަހު އުފާފާޅުކުރަނީ.

މިއުނިކް (ޖޫން 15) - ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ސްކޮޓްލެންޑް އަތުން 5-1 އިން މޮޅުވެ، މުބާރާތް ބާއްވާ ގައުމު ކަމަށްވާ ޖަރުމަނުން އުންމީދީ ފެށުމެއް ހޯދައިފި އެވެ.

ތިން ފަހަރު ޔޫރަޕްގެ ޗެމްޕިއަންކަން ހޯދާފައިވާ ޖަރުމަނަށް އެންމެ ފަހުން ބައިނަލްއަގުވާމީ މުބާރާތްތަކުގައި ރަނގަޅަށް ނުދިޔަ ނަމަވެސް، އަމިއްލަ ގައުމުގައި މި ފަހަރުގެ ޔޫރޯގައި މި ފެށީ ވަރުގަދަ އަށެވެ. ޒުވާން ކޯޗު ހޫލިއަން ނާގަލްސްމަން ހަވާލުވި ފަހުން، ޖަރުމަނު އަންނަނީ ކުރީގެ ލެވަލަށް ދިއުމަށް ނަތީޖާ ނެރެމުންނެވެ.

މިއުނިކް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ޖަރުމަނުން 10 ވަނަ މިނިޓްގައި ލީޑުނެގީ ފްލޯރިއަން ވާޓްޒް ޖެހި ލަނޑުންނެވެ. ޔޯސުއާ ކިމިކް އޭރިއާ ރޮނގުމައްޗަށް ހުރަސްކޮށްދިން ބޯޅަ ވާޓްޒް އައިސް އެއް ފަަހަރުން ފޮނުވާލިއިރު، އެ ބޯޅަ ގޯލަށް ވަނީ ސްކޮޓްލެންޑްގެ އެންގުސް ގަން އަތުގައި ޖެހިފަ އެވެ.

ޖަރުމަނުގެ ވާޓްޒް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ: އިތުރު ލަނޑުތަކެއް ޖަހަން ވެސް އޭނާ އަށް ފުރުސަތު ލިބުނު.

އުމުރުން، 21 އަހަރުގެ ވާޓްޒް ޖަރުމަނަށް ދެ ވަނަ ލަނޑެއް ޖަހައިދިންއިރު، އޭނާ ވެފައިވަނީ، ޔޫރޯ ތާރީހުގައި މުބާރާތެއްގައި ފުރަތަމަ ލަނޑު ޖެހި އެންމެ ހަގު ކުޅުންތެރިޔާ އަށެވެ.

ފުރަތަމަ ލަނޑު ޖެހުމަށް ފަހު، ޖަރުމަނުން މަޑުޖެހިލައިގެން ނުތިބެ، ކުރިއަށް އަރަައި އެޓޭކްކުރަން ފެށުމުގެ ނަތީޖާ އަކަށްވީ މެޗުގެ 19 ވަނަ މިނިޓްގައި އެ ޓީމުން ލީޑުފުޅާކުރުމެވެ. އޭރިއާތެރެއިން، ޖަރުމަނުގެ ކައި ހަވާޓްޒް ދިން ބޯޅަ ކޮންޓްރޯލް ކުރުމަށްފަހު، ޒުވާން ކުޅުންތެރިޔާ، ޖަމާލް މުސިއާލާ، 21، ވަނީ ގޯލުގެ މަތީ ދާގަނޑަށް ބޯޅަ ފޮނުވާލައިފަ އެވެ.

އޭގެ ފަހުން، މުސިއާލާ އަށް ކުރި ފައުލަކަށް ރެފްރީ ފުރަތަމަ ޕެނަލްޓީއެއް ދިނުމަށް ފަހު، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލާފައި ނިންމީ ހިލޭ ޖެހުމެއް ކަމަށެވެ. އެއީ ފައުލު ހިނގީ ބޭރުން ކަމަށްވާތީ އެވެ.

މުސިއާލާ ލަނޑު ޖެހުމަށް ފަހު، އެ ޓީމުގެ ރޫޑިގާއާ އެކު އުފާފާޅުކުރަނީ.

ޖަރުމަނުން ފުރަތަމަ ހާފު ނިންމާލީ ތިން ގޯލުގެ ލީޑެއްގަ އެވެ. އިތުރު ވަގުތުގެ ފުރަތަމަ މިނިޓްގައި ޖަރުމަނަށް މި ލަނޑު ޖަހައިދިނީ، ހަވާޓްޒް އެވެ. މިއީ ޕެނަލްޓީ އަކުން ހަވާޓްޒް ޖެހި ލަނޑެކެވެ. މި ޕެނަލްޓީ ދިނީ ވީއޭއާރް އިން ބަލައިފަ އެވެ. އެއީ، ޖަރުމަނުގެ ކެޕްޓަން، އިލްކާއި ގުންޑޮގާން އަށް ސްކޮޓްލެންޑްގެ ރިޔާން ޕޯޓެއުސް ކުރި ނުރައްކާތެރި ފައުލަކަށް، ވީއޭއާރް އިން އަންގައިގެން ދަނޑުކައިރިން މޮނީޓަރުންބަލައިފައި ދިން ޕެނަލްޓީ އެކެވެ. މި ފައުލަށް ޕޯޓެއުސް އަށް ވަނީ ރަތް ކާޑެއް ދައްކައިފަ އެވެ.

ކުޅުންތެރިއަކު މަދުކޮށް ދެ ވަނަ ހާފުގައި ކުޅެން ޖެހުމުން، ސްކޮޓްލެންޑުން ނުކުތީ ޑިފެންސަށް ވިސްނައިގެން ބަދަލެއް ގެނެސްގެންނެވެ. ދެ ވަނަ ހާފު ފަށައިގެން، ސްކޮޓްލެންޑުން ވަނީ ޖުމްލަކޮށް ބަލާއިރު ޖަރުމަނު ކައިރީގައި ރަނގަޅަށް ޑިފެންސްކޮށްފަ އެެވެ.

ޖަރުމަނުން މި ހާފުގައި ލަނޑު ޖެހީ، 68 ވަަނަ މިނިޓްގަ އެވެ. މި ލަނޑު ޖެހީ ބަދަލަކަށް ކުޅެން އެރިތާ ފަސް މިނިޓް ތެރޭ ނިކްލަސް ފުލްކްރޫގް އެވެ. ސްކޮޓްލެންޑްގެ ޑޭވިޑް ހަންލީ ފައިގައި ޖެހިފައި، ފުލްކްރޫގަށް ލިބުނު ބޯޅަ އޭނާ ވަނީ ހަމަޖެހިލައިފައި ގޯލުގެ މަތީ ކަަަނަށް ފޮނުވާލައިފަ އެވެ.

އޭގެ އިރުކޮޅެއް ފަހުން ފުލްކްރޫގް ވަނީ އިތުރު ލަނޑެއް ޖަހައިފަ އެވެ. އެކަމަކު، ވީީއޭއާރް އިން ނިންމީ އޮފްސައިޑް ކަމަށެވެ.

މުޅި މެޗު ކަހަލަ ގޮތަކަށް ސްކޮޓްލެންޑަށް ޖަރުމަނުގެ ކީޕަރު މެނުއަލް ނޯޔާ ހާސްކޮށްލެވޭ ވަރުގެ އެޓޭކްތަކެއް ނުކުރެވެ އެވެ. އެކަމަކު، ސްކޮޓްލެންޑުން ވަނީ ލިބުނު ފުރުސަތެއްގެ ބޭނުންހިފައި 87 ވަނަ މިނިޓްގައި ލަނޑެއް ޖަހައިފަ އެވެ. މިއީ ސްކޮޓްލެންޑްގެ ކެޕްޓަން އެންޑީ ރޮބަޓްސަން ނެގި ހިލޭ ޖެހުމަކުން، އެ ޓީމުގެ ސްކޮޓް މެކްކެނާ ބޮލުން ޖައްސާލި ބޯޅައެއް، ޖަރުމަނުގެ ޑިފެންޑަރު، އެންޓޯނިއޯ ރޫޑިގާ ބޮލުގައި ޖެހިފައި ބައިކޮޅަށް ވަން ގޯލެކެވެ.

މެޗުގެ އިތުރު ވަގުތުގައި ޖަރުމަނުން ވަނީ ފަސް ވަނަ ލަނޑެއް ޖަހައިފަ އެވެ. މި ލަނޑު ޖެހީ ބަދަލަކަށް ކުޅެން އެރި އެމްރޭ ޗާން އެވެ. މިއީ އޭރިއާބޭރުން ގޯލުގެ ދުރު ކަނަށް ބޯޅަ ފޮނުވާލައިގެން ޗާން ޖެހި ގޯލެކެވެ. ޗާން މި ފަހަރުގެ ޔޫރޯ ސްކޮޑަށް ނެގީ، އަލެކްސަންޑަ ޕަވްލޯވިޗް އަށް އަނިޔާވުމުން، މީގެ ދެ ދުވަސް ކުރިންނެެެވެ.

މި ގްރޫޕްގެ އަނެއް މެޗުގައި މާދަމާ ސްވިޒަލެންޑް ބައްދަލުކުރާނީ ހަންގޭރީއާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox