ކްލޮޕާއި ޒަވީގެ ފުރަތަމަ މެޗު: ޖަރުމަނާއި ނެދަލެންޑްސް އެއްވަރު

Sep 25, 2026, 1:58 AM
ޔުއެފާ ނޭޝަންސް ލީގުގައި ޖަރުމަނާއި ނެދަލެންޑްސް ބައްދަލުކުރި މެޗުގެ ތެރެއިން ނެދަލެންޑްސް އަށް އެއްވަރުކޮށްދިން ލަނޑު ޖެހި ގަކްޕޯ އުފާފާޅުކުރަނީ.

ޔުއެފާ ނޭޝަންސް ލީގުގައި ޖަރުމަނާއި ނެދަލެންޑްސް ބައްދަލުކުރި މެޗުގެ ތެރެއިން ނެދަލެންޑްސް އަށް އެއްވަރުކޮށްދިން ލަނޑު ޖެހި ގަކްޕޯ އުފާފާޅުކުރަނީ.

އަމްސްޓެޑަމް، ނެދަލެންޑްސް (ސެޕްޓެމްބަރު 25) - ޔުއެފާ ނޭޝަންސް ލީގުގެ އާ ސީޒަނުގައި ނެދަލެންޑްސް އާއި ޖަރުމަނުން ކުޅުނު ފުރަތަމަ މެޗުން 1-1 އިން އެއްވަރުވެއްޖެ އެވެ. 

މިއީ، ޖަރުމަނުގެ ކޯޗުކަމާ ހަވާލުވި ޔާގަން ކްލޮޕާއި ނެދަލެންޑްސްއާ ހަވާލުވި، ޒަވީ ހެނާންޑޭޒްގެ އިރުޝާދުގެ ދަށުން މި ދެ ޓީމުން ކުޅުނު ފުރަތަމަ  މެޗެވެ. 

އެމެރިކާ، މެކްސިކޯ އަދި ކެނަޑާގައި މި އަހަރުގެ ޖޫން/ޖުލައި މަހު ބޭއްވި ފީފާ ވޯލްޑް ކަޕަށް ފަހު، ޖަރުމަނުން ހޫލިއަން ނާގަލްސްމަން ވަކިކުރިއިރު، ނެދަލެންޑްސް އިން ވަނީ ރޮނާލްޑް ކޫމަންއާ ވަކިވެފަ އެވެ. 

Advertisement

ނެދަލެންޑްސް އިން އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި 13 ވަނަ މިނިޓްގައި ލީޑުނެގި އެވެ. އެކަމަކު، ނެދަލެންޑްސްގެ ކެޕްޓަން ވާޖިލް ވެން ޑައިކް ޖެހި މި ލަނޑު ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ނިންމީ ބަލައިނުގަންނާށެވެ. އެއީ، ނެދަލެންޑްސްގެ ފޯވާޑް، ބްރަޔަން ބްރޮބީ، ޖަރުމަނުގެ ކީޕަރު، މާކް އަންދްރޭ ޓާ ސްޓެގެން އަށް ފައުލު ކޮށްފައިވާތީ އެވެ. 

މެޗުގެ 32 ވަނަ މިނިޓްގައި، ޖަރުމަނުން ލީޑުނެގި އެވެ. ނެދަލެންޑްސް އޭރިއާތެރެއިން ލިބުނު ފުރުސަތަކުން ފީލިކްސް އެންމެޗާ ޖެހި މި ލަނޑުގެ މައްސަލަ ބޮޑުވި އެވެ. އެއީ، ނެދަލެންޑްސްގެ ބްރޮބީ އަށް އަނިޔާވެ ދަނޑުމަތީގައި ވެއްޓިފައި އޮއްވައި، ޖަރުމަނުން ބޯޅަ ބޭރަށް ނުޖަހައި، ކުޅުން ކުރިއަށްގެންދިއުމުންނެެވެ.

ފުރަތަމަ ހާފުގައި ބްރޮބީ އާއި ޖަރުމަނުގެ ކައި ހަވާޓްޒް އަށް ލިބުނު އަނިޔާއާ ހެދި ޖެހުނީ ބަދަލުކުރާށެވެ. 

ޔުއެފާ ނޭޝަންސް ލީގުގައި ޖަރުމަނާއި ނެދަލެންޑްސް ބައްދަލުކުރި މެޗުގެ ތެރެއިން: ޒަވީ އާއި ކްލޮޕް ވާހަކަ ދައްކަނީ.
ޔުއެފާ ނޭޝަންސް ލީގުގައި ޖަރުމަނާއި ނެދަލެންޑްސް ބައްދަލުކުރި މެޗުގެ ތެރެއިން: ޒަވީ އާއި ކްލޮޕް ވާހަކަ ދައްކަނީ.

ޖަރުމަނަށް ލިޑުފުޅާކޮށްދޭން ކަރީމް އަޑެޔޭމީ އަށް ރަނުގެ ފުރުސަތެއް ލިބި ބޭނުމެއް ނުކުރެވުނެވެ. ނެދަލެންޑްސް އިން ވެސް ނަތީޖާ ހަމަހަމަކުރެވޭތޯ ގިނަ މަސައްކަތްތަކެއް ކުރަމުންދިޔައިރު، އެ ޓީމުގެ ރުބެން ވެން ބޮމެލް ފޮނުވާލި ބޯޅައެއް ކީޕަރު، ޓާ ސްޓެގެން ވަނީ މަތަކޮށްފަ އެވެ. 

ނެދަލެންޑްސް އިން އެއްވަރުކުރީ އިތުރު ވަގުތުގެ ދެ ވަނަ މިނިޓްގަ އެވެ. ވެން ބޮމެލް ނެގި ހުރަހަކަށް ރަނގަޅު ތަނަށް އަރައި ގަކްޕޯ ވަނީ ވޮލީ އަކުން ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ. މިއާ އެކު، ޒަވީގެ ފުރަތަމަ މެޗުން ނެދަލެންޑްސް އިން ވަނީ ޕޮއިންޓެއް ހޯދައިފަ އެވެ.

ޒަވީ އަކީ، 1978 ވަނަ އަހަރުގެ ފަހުން ނެދަލެންޑްސް އަށް ކޯޗުކޮށްދޭ އެ ގައުމުން ބޭރުގެ ފުރަތަމަ ކޯޗެވެ. އެ ފަހަރު ނެދަލެންޑްސްގެ ކޯޗަކަށް ހުރީ އޮސްޓްރިއާގެ އާންސްޓް ހަޕެލް އެވެ.  

ނޭޝަންސް ލީގުގެ ލީގު އޭގެ ގްރޫޕް ދޭއްގައި ދެން ކުޅުނު މެޗުން، ސާބިއާ އަތުން ގްރީސް ވަނީ 2-1 އިން މޮޅުވެފަ އެވެ. 

ނޭޝަންސް ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން، ޕޯޗުގަލް އިން މި ފަހަރުގެ މުބާރާތް ފެށީ 1-0 އިން ވޭލްސް ބަލިކޮށްގެންނެވެ. އެ ޓީމުގެ ހަމައެކަނި ލަނޑު ޖެހީ ޖޮއާއޯ ފެލިކްސް އެވެ. ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ، ގޯލު ކުރިމަތީގައި ހުސްކޮށް ހުރެފައި ފޮނުވާލި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ. 

މި ގްރޫޕްގެ އަނެއް މެޗުން، އާލިން ބްރައުންޓް ހާލަންޑްގެ ދެ ލަނޑާ އެކު، ނޯވޭ އިން ވަނީ 3-2 އިން ޑެންމާކް ބަލިކޮށްފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ ކައިރިން މޮޅުވެ ޗައިނާ އަށް ޗެމްޕިއަންކަން

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގެ ފަހު މެޗުގައި ރާއްޖެ 8-3 އިން ބަލިކޮށް، ކުޅުނު ތިން މެޗުން މޮޅުވެގެން ޗައިނާ އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި. މި މުބާރާތުގައި ރާއްޖެއަށް ލިބުނީ ތިން ވަނަ މަގާމު ކަމަށްވާއިރު، ރާއްޖެއިން ވަނީ ހޮންގް ކޮންގް އަތުން ބޮޑު މޮޅެއް ހޯދައި ދެކުނު ކޮރެއާ އަތުން ބަލިވެފައި

ގަލޮޅު ދަނޑު ފުޓްބޯޅަ ކުޅުމާއި މުނިފޫހިފިލުވޭނެ ތަނަކަށް ހަދަނީ

ގަލޮޅު ދަނޑު ތަޅާލުމަށްފަހު، އެތަނަކީ ފުޓްބޯޅައިގެ އިތުރުން މުނިފޫހިފިލުވުމުގެ ތަފާތު ހަރަކާތްތައް ބޭއްވޭނެ ފަދަ ހިތްގައިމު މަރުކަޒަކަށް ބަދަލުކުރަން ސަރުކާރުން ވަނީ ނިންމާފައި. މި މަޝްރޫޢުގެ ދަށުން ދަނޑުގެ ޕިޗާއި ސިޑިބަރިތައް އައުކޮށް، އާންމުންނަށް ފަސޭހައިން ވަދެނިކުމެ އުޅެވޭނެހެން އެ ސަރަހައްދު ތަރައްގީކުރާނެ

ޔުނައިޓެޑްގެ ކޯޗުކަމުން އިސްތިއުފާ ނުދޭނެ ކަމަށް ކެރިކް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވެ ޓީމު ރެލިގޭޝަން ޒޯނަށް ވެއްޓިފައިވީ ނަމަވެސް، މަގާމުން އިސްތިއުފާ ދިނުމުގެ ވިސްނުމެއް ނެތް ކަމަށް ކޯޗު މައިކަލް ކެރިކް ބުނެފި. ކެރިކް ގަބޫލުކުރާ ގޮތުގައި ހެދޭ ގޯސްތައް ރަނގަޅުކޮށްގެން ޓީމުގެ ހާލަތު ބަދަލުކުރެވޭނެ ކަމުގެ އުންމީދު އެބައޮތް.

މާލެ ޓްރެކް އިވެންޓަކަށް ދިނުމުން ކަންބޮޑުވުން އިންތިހާގައި

ހުޅުމާލެ ޓްރެކް މަރާމާތަށް ބަންދުކޮށްފައި ވަނިކޮށް، މާލޭ އެކުވެނި ޓްރެކުގައި ސަރުކާރުގެ އިވެންޓެއް ބޭއްވުމަށް ސްޓޭޖް ފަދަ ތަންތަން ހެދުމުން އެތުލީޓުންނާއި އެކަޑަމީތަކުން ބޮޑު ކަންބޮޑުވުމެއް ފާޅުކޮށްފި. މިކަމުގެ ސަބަބުން ތަމްރީނުތަކަށް ހުރަސްއެޅި، ޓްރެކަށް ގެއްލުންވެދާނެތީ ދުވުންތެރިން ދަނީ ނުރުހުން ފާޅުކުރަމުން

ފީފާ ވިންޑޯ ފެށުމާ އެކު ހަމްޒާ ސާފް ޗެމްޕިއަންޝިޕަށް

ފީފާ އިންޓަނޭޝަނަލް ބްރޭކް ފެށުމާއެކު، އިނގިރޭސި ޝެފީލްޑް ޔުނައިޓެޑަށް ކުޅޭ ހަމްޒާ ޗޯދުރީ އާއި ފަރްހާން އަލީ ވާހިދު ސާފް ޗެމްޕިއަންޝިޕްގައި ކުޅުމަށް ބަންގްލަދޭޝް ޓީމާ ގުޅިއްޖެ. މިއީ ސަރަހައްދީ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގައި ހަމްޒާ ކުޅޭ ފުރަތަމަ ފަހަރު. ހަމްޒާ ވަނީ އިންގްލެންޑްގެ 21 އަހަރުން ދަށުގެ ޓީމަށް ހަތް މެޗު ކުޅެފައި.

އިންޑިއާ އާއި ބަންގްލަދޭޝް ފައިނަލަށް، ބާކީ ގައުުމުތައް ފޮނުވާލާ

ސާފް ޗެމްޕިއަންޝިޕްގައި ރެފްރީންގެ ނިންމުންތައް ހުރިގޮތުން، މުބާރާތް ބާއްވާ ގައުމާއި އިންޑިއާ ފައިނަލަށް ގެންދިއުމަށްފަހު ބާކީ ތިބި ޓީމުތައް ފޮނުވާލުމަށް ލަންކާގެ ކޯޗު އަލް މުތައިރީ ގޮވާލައިފިއޭނާ ތުހުމަތުކުރި ގޮތުގައި ސާފް އިން ކަންކަން ރާވަނީ އިސްތިހާރުގެ ފައިދާއަށްޓަކައި ވަކި ގައުމުތަކެއް ފައިނަލަށް ގެންދިއުމަށް

އެތުލެޓިކޯ ބަލިކޮށް ބާސެލޯނާ އަށް އެއް ވަނައިގައި ލީޑެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން އެތުލެޓިކޯ މެޑްރިޑް 2-1 އިން ބަލިކޮށް، ބާސެލޯނާ އިން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. އެތުލެޓިކޯ އިން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، ބާސެލޯނާ މޮޅުވީ ފާމިން ލޮޕޭޒް ކާމިޔާބުކޮށްދިން ދެ ލަނޑުން

Newsletter

Get the latest news delivered straight to your inbox