ޖޯޖިއާ

Jun 14, 2024, 10:33 AM
ޖޯޖިއާ

މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ހުރިހާ ގައުމެއްގެ ތެރެއިން މި މުބާރާތް އެންމެ ހާއްސަވާނީ ޖޯޖިއާ އަށެވެ. ޖޯޖިއާގެ ފުޓްބޯޅަ ތާރީހުގައި އެ ޓީމުން ވާދަކުރާ ބައިނަލްއަގުވާމީ ފުރަތަމަ ބޮޑު މުބާރާތަކަށް ވާނީ މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތެވެ.

ޖޯޖިއާ އިން މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ކޮލިފައިވީ، ޕްލޭއޮފް ފައިނަލުގައި، 2004 ވަނަ އަހަރުގެ ޔޫރޯ ޗެމްޕިއަންކަން ހޯދި ގްރީސް ބަލިކޮށްފަ އެވެ. ގްރީސްއާ ދެކޮޅަށް ކުޅުނު މެޗުން ޖޯޖިއާ މޮޅުވީ، ޕެނަލްޓީ ޖަހައިގެން، 4-2 އިންނެވެ.

ޔޫރޯ އަށް ކޮލިފައިވުމާ އެކު، ޖޯޖިއާ އަށް ވަނީ ފީފާ ރޭންކިންގައި ވެސް ކުރިއެރުން ލިބިފަ އެވެ. އެ ޓީމު މި ވަގުތު އޮތީ ދުނިޔޭގެ 75 ވަނައިގަ އެވެ.

މި ފަހަރުގެ ޔޫރޯ ކޮލިފައިންގައި، ޖޯޖިއާ ވާދަކުރީ، ކޮލިފައިން ގްރޫޕް ބީގަ އެެވެ. އެ ޓީމަށް އެ ގްރޫޕުން ލިބުނީ، ހަތަރު ވަނަ އެވެ. އެއީ، ސްޕެއިނާއި ސްކޮޓްލެންޑް އަދި ނޯވޭގެ ފަހަތުންނެވެ. ޖޯޖިއާ، އަށް ޔޫރޯ ކޮލިފައިން ޕްލޭއޮފުން ފުރުސަތު ލިބުނީ، ޔުއެފާ ނޭޝަންސް ލީގުގެ ތެރެއިންނެވެ. ޕްލޭއޮފް ފުރަތަމަ މެޗުން ލަގްޒެމްބާގް އަތުން މޮޅުވިއިރު، ފައިނަލުގައި، ގްރީސް ބަލިކުރީ އެވެ.

ޖޯޖިއާގެ ކޯޗުކަމާ ހަވާލުވެހުރީ، ފްރާންސްގެ ކުރީގެ ފުލްބެކް، ވިލީ ސަންޔޯލް އެވެ. ބަޔާން މިއުނިކްގެ އެސިސްޓަންޓް ކޯޗަކަށް، ކާލޯ އަންޗެލޮޓީއާ އެކު މަސައްކަތްކުރި ސަންޔޯލް، ޖޯޖިއާއާ ހަވާލުވީ، 2021 ވަނަ އަހަރު ފެބްރުއަރީ މަހު އެވެ. މަގާމާ ހަވާލުވިތާ ތިން އަހަރު ތެރޭ ސަންޔޯލް ވަނީ އެ ޓީމަށް ބޮޑު މުބާރާތަކުން ފުރުސަތު ހޯދައިދީފަ އެެވެ.

ޔޫރަޕްގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތަށް ޖޯޖިއާ ނުކުންނައިރު، އެ ޓީމުގެ ތަރި އަކީ، އިޓަލީގެ ނަޕޯލީގައި ވިދަމުން އަންނަ، ކްވިޗާ ކްވްރަޝްކޭލިއާ އެވެ. މީގެ އިތުރުން، ޖޯޖިއާ ޓީމުގައި ޔޫރަޕް ލީގުތަކުގައި ކުޅޭ ގިނަ ކުޅުންތެރިން ހިމެނެ އެވެ.

ޖޯޖިއާ އޮތީ، ތުރުކީ، ޗެކް ރިބަޕްލިކް އަދި ޕޯޗުގަލްއާ އެއް ގްރޫޕެއްގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox