ވަރުގަދަ ރޫހެއްގައި ނުކުތް ޖޯޖިއާ ކަޓުވާލައި ސްޕެއިނުން ކުއާޓާގައި ޖަރުމަނާ ދެކޮޅަށް

Jun 30, 2024, 8:52 PM
ވަރުގަދަ ރޫހެއްގައި ނުކުތް ޖޯޖިއާ ކަޓުވާލައި ސްޕެއިނުން ކުއާޓާގައި ޖަރުމަނާ ދެކޮޅަށް

ކޮލޯން، ޖަރުމަނު (ޖުލައި 1) - ފަހަތުން އަރައި 4-1 އިން ޖޯޖިއާ ބަލިކޮށް، ސްޕެއިނުން މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގައި، މުބާރާތް ބާއްވާ ގައުމު، ޖަރުމަނާ ދެކޮޅަށް ކުޅެން ޖެހިއްޖެ އެވެ.

ޔޫރޯގެ ޗެމްޕިއަންކަން ތިން ފަހަރު ހޯދާފައިވާ ސްޕެއިނުން މި ވަނީ އެންމެ ފަހުން ބޮޑެތި މުބާރާތްތަކުގައި ކުޅުނު ފަސް ފަަހަރުގެ ތެރެއިން ދެ ވަނަ ފަހަރު ގަދަ 16 ފަަހަނައަޅައި ގޮސްފަ އެވެ. ސްޕެއިނުން އެންމެ ފަހުގެ ޔޫރޯގައި ކެޓީ، ސެމީ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން އިޓަލީ އަތުންނެވެ.

ސްޕެއިނުން ވަނީ ކޮލޯން ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗު ފަށައިގެން ފުރަތަމަ މިނިޓުން ފެށިގެން މެޗުގެ ކޮންްޓްރޯލް ނަގައިފަ އެވެ. އަދި ޖޯޖިއާ ހާފުގައި ބޯޅަ ހިފަހައްޓައިގެން ކުޅެން ފަށައި ރަނގަޅު ހަަމަލާތަކެއް ވެސް ފޮނުވާލަން ފެށި އެވެ.

އެ ގޮތުން، ސްޕެއިނުގެ ރަނގަޅު ޝޮޓްތަކެއް ޖޯޖިއާގެ ކީޕަރު، ޖިއޯޖީ މަމަޑާޝްވިލީ ވަނީ މަތަކޮށްފަ އެވެ.

ކައުންޓަ އެޓޭކުގައި ނުރައްކާ ޓީމެއްގެ ގޮތުގައި ފާހަގަކުރެވޭ ޖޯޖިއާ އިން މެޗުގެ 18 ވަނަ މިނިޓްގައި ސްޕެއިން ސިއްސުވާލުމަށް ފަހު ލީޑުނެގި އެވެ.

ޖޯޖިއާގެ ތަރި، ކްވިޗާ ކްރަވަޝްކޭލިއާ އަށް އަމާޒުކޮށް، އެ ޓީމުގެ ކުޅުންތެރިއަކު ނެގި ހުރަހެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި، ސްޕެއިންގެ ޑިފެންޑަރު، ރޮބިން ލެ ނޯމަންޑް ޖައްސާލި ބޯޅަ ވަނީ ބައިކޮޅަށެވެ.

ޖޯޖިއާ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

ޖޯޖިއާ ލީޑުނެގި ފަހުން ސްޕެއިނުން ގިނަ އެޓޭކްތަކެއްކޮށް، ރަނގަޅު ޝޮޓްތަކެއް ފޮނުވާލި އެވެ. އެ ގޮތުން، ސްޕެއިންގެ ނީކޯ ވިލިއަމްސް އާއި އަލްވާރޯ މޮރާޓާ އަދި މާކް ކުކުރޭލާ ޖެހި ބޯޅަތަކުގެ ހުރަހަކަށްވީ ސްޕެއިނުގެ ވެލެންސިއާ އަށް ކުޅެމުން އަންނަ ޖޯޖިއާގެ ކީޕަރު، މަމަޑާޝްވިލީ އެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ސްޕެއިނުން އެއްވަރުކުރަން ކުރި މަސައްްކަތް ކާމިޔާބުކުރި އެވެ. ސްޕެއިނުގެ .ލަނޑު ޖެހީ މެޗުގެ، 39 ވަނަ މިނިޓްގައި ރޮޑްރީ އެވެ.

މިއީ، ނީކޯ ވިލިއަމްސް ދިން ބޯޅައަކުން ތިރިތިރިން ގޯލަށް ބޯޅަ ފޮނުވާލައިގެން ރޮޑްރީ ޖެހި ލަނޑެކެވެ. ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން މި ގޯލު ޗެކް ކުރީ އޮފްސައިޑްގައި ހުރި މޮރާޓާ ހަރަކާތްކޮށް، ކީޕަރު މަމަޑާޝްވިލީ އަށް ހުރަސްއެޅިތޯ އެވެ.

އެކަމަކު، ރެފްރީ ވަނީ ގޯހެއް ނެތް ކަމަށް ވީއޭއާރް އިން ނިންމުމުން، ރޮޑްރީ ޖެހި މި މުހިންމު ގޯލު ބަލައިގަނެފަ އެވެ.

ރޮޑްރީ، ސްޕެއިނަށް އެއްވަރުކޮށްދިން ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ

ސްޕެއިނުން ވަނީ ދެ ވަނަ ހާފް ފެށިގެން ހަ ވަނަ މިނިޓްގައި ލީޑުނަގައިފަ އެވެ. އެ ގޮތުން، މެޗުގެ 51 ވަނަ މިނިޓްގައި ފަބިއަން ރުއީޒް ވަނީ ބޮލުން ގޯލެއް ޖަހައިފަ އެވެ. މިއީ، 16 އަހަރުގެ ލަމީން ޔަމާލް ނެގި ހުރަހަކުން ރުއީޒް ޖެހި ލަނޑެކެވެ.

މެޗުގެ 75 ވަނަ މިނިޓްގައި ސްޕެއިނުގެ ތިން ވަނަ ލަނޑު ޖެހީ އޭރިއާތެރެއިން ގޯލުގެ މަތީ ކަނަށް ބޯޅަ ފޮނުވާލައިގެން ނިކޯ ވިލިއަމްސް އެވެ. އެ ލަނޑު ޖެހިތާ އަށް މިނިޓް ފަހުން، އޭރިއާރޮނގުމަތިން ޑެނީ އޮލްމޯ ވަނީ ތިިރިތިރިން ގޯލަށް ބޯޅަ ފޮނުވާލައި ހަތަރު ވަނަ ލަނޑު ޖަހައިފަ އެވެ.

ޔަމާލް އަށް ވެސް ލަނޑު ޖަހަން ރަނގަޅު ދެ ފުރުސަތެއް ލިބުނުއިރު ބޭނުމެއް ނުކުރެވުނެވެ.

ޖޯޖިއާ އިން މުޅިން އަލަށް ބައިނަލްއަގުވާމީ މުބާރާތެއްގައި ވާދަކޮށް ގަދަ 16ގެ ތެރޭގައި ހިމެނުމަކީ ކާމިޔާބެއް ކަމަށް އެ ޓީމުން ގަބޫލުކުރެ އެވެ. ޖޯޖިއާ އިން ވަނީ މި ޔޫރޯގައި ޕޯޗުގަލް އަތުން 2-0 އިން މޮޅުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox