ޖޯޖިއާ ޓީމަށް 10 މިލިއަން ޑޮލަރުގެ ފައިސާގެ އިިނާމެއް

Jun 28, 2024, 6:49 AM
ޖޯޖިއާ ޓީމަށް 10 މިލިއަން ޑޮލަރުގެ ފައިސާގެ އިިނާމެއް

ޓިބްލިޒީ، ޖޯޖިއާ (ޖޫން 28) - ބައިނަލްއަގުވާމީ ފުޓްބޯޅަ މުބާރާތެއްގައި މުޅިން އަލަށް ވާދަކުރާ ޖޯޖިއާ އިން މި ފަހަރުގެ ޔޫރޯގެ ގަދަ 16 އަށް ދަތުރުކުރުމުން އެ ގައުމުގެ ކުރީގެ ބޮޑުވަޒީރު އަދި ވިޔަފާރިވެރިޔާ، ބިޑްޒީނާ އިވަނީޝްވިލީ މުޅި ޓީމަށް 10 މިލިއަން ޑޮލަރުގެ ފައިސާގެ އިނާމެއް ދީފި އެވެ.

ޖޯޖިއާގެ ޑްރީމް ޑިމޮކްރަޓިކް ޕާޓީގެ ފައުންޑަރު، އިވަނީޝްވިލީ ފާހަގަކުރައްވާ ގޮތުގައި، ޕޯޗުގަލް ބަލިކޮށް، ޖޯޖިއާ އިން ޔޫރޯގެ ގަދަ 16 އަށް ދިއުމަކީ އެ ގައުމުގެ ތާރީހުގައި ވަރަށް ހާއްސަ ކަމެކެވެ. އެ ގޮތުން، 2012 ވަނަ އަހަރު ޖޯޖިއާގެ ބޮޑުވަޒީރަކަށް އިންތިހާބުވި، އިވަނީޝްވިލީ ވިދާޅުވީ، އެ ފަދަ ކަމެއް ހާސިލްކުރާ ބައެއްގެ އަގުވަޒަންކުރަން ޖެހޭނެ ކަމަށެވެ.

އިވަނީޝްވިލީ ވަނީ މުޅި ސްކޮޑަށް 10 މިލިއަން ޑޮލަރު (ޖޯޖިއާގެ ފައިސާ ލާރީ އިން ނަމަ 30 މިލިއަން) ހަދިޔާކޮށްފަ އެވެ. އަދި ޔޫރޯގެ ގަދަ 16 ގައި ޖޯޖިއާ އިން ސްޕެއިން އަތުން މޮޅުވެއްޖެނަމަ އިތުރު، 10 މިލިއަން ޑޮަލަރު ހަދިޔާކުރާނެ ކަމަށް ވެސް ވައުދުވި އެވެ.

ޖޯޖިއާ އަށް އުފަން އިވަނީޝްވިލީ އަކީ ރަޝިއާގައި ވިޔަފާރި ފަށައި ފުޅާކޮށް، މި ވަގުތު ފޯބްސް އިން ހޮވާ މުއްސަނދިއްގެ ތެރޭގައި ހިމެނޭ ފަރާތެކެވެ. އިންވެސްޓްމަންޓް ބޭންކިން އާއި މެޓަލް އާއި ކޮމްޕިއުޓަރު ވިޔަފާރި ކުރާ އިވަނީޝްވިލީގެ މިލްކިއްޔާތުގައި، ފަސް ބިލިއަން ޑޮލަރު އެބަހުއްޓެވެ. އަހަރެއްހާ ދުވަހު، ބޮޑު ވަޒީރުގެ މަގާމު ފުރުއްވިޔަސް އިވަނީޝްވިލީ އަކީ އެ ގައުމުގައި އަދިވެސް ނުފޫޒުގަދަ ފަރާތެކެވެ.

މި ފަހަރުގެ ޔޫރޯގައި ޖޯޖިއާ ކުޅުނު ފުރަތަމަ މެޗުން ތުރުކީ އަތުން 3-1 އިން ބަލިވިއިރު، ދެ ވަނަ މެޗުގައި ޗެކް ރިޕަބްލިކްއާ 1-1 އިން އެއްވަަރުވި އެވެ. އަދި ތިން ވަނަ މެޗުގައި، ޕޯޗުގަލް އަތުން ޖޯޖިއާ މޮޅުވީ 2-0 އިންނެވެ.

ގަދަ 16 އިން ޖޯޖިއާ ފުރުސަތު ހޯދީ ވާދަކުރި ގްރޫޕްގެ ތިން ވަނައިގައި ނިންމައި، މުޅި މުބާރާތުގެ ހުރިހާ ގްރޫޕެއްގެ ތިން ވަނަ ޓީމުތަކުގެ ރޭންކިންގެ ތެރެއިން ދެ ވަނަ ހޯދައިގެންނެވެ. މުޅި މުބާރާތުގައި ހިމެނޭ ހަ ގްރޫޕްގެ ތިން ވަނަ ޓީމުތަކުގެ ތެރެއިން ހަތަރު ޓީމަކަށް، ގަދަ 16 އިން ފުރުސަތު ދޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox