ޖޯޖިއާ އަށް ޔޫރޯ ލިބުނު ފަދަ، މިހާރު ޕްރެޝަރެއް ނެތް

Jun 30, 2024, 4:36 AM
ޖޯޖިއާ އަށް ޔޫރޯ ލިބުނު ފަދަ، މިހާރު ޕްރެޝަރެއް ނެތް

ކޮލޯން (ޖޫން 30) - ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ދެ ވަނަ ބުރުގައި ސްޕެއިނާ ދެކޮޅަށް ޖޯޖިއާ އިން ނުކުންނައިރު, އެ ޓީމަށް އެއްވެސް ޕްރެޝަރެއް ނެތް ކަމަށާއި އެ ޓީމަށް މިހާރު ވެސް ޔޫރޯ އިން ހާސިލްކުރަން ބޭނުންވި މައިގަނޑު ކަންކަން ހާސިލްވެފައިވާ ކަމަށް ޖޯޖިއާގެ ކޯޗު ވިލީ ސަންޔޯލް ބުނެފި އެވެ.

މުޅިން އަލަށް ބައިނަލްއަގުވާމީ މުބާރާތެއްގައި ވާދަކުރާ ޖޯޖިއާ އިން މި މުބާރާތުގެ ދެ ވަނަ ބުރުން ޖާގަ ހޯދީ މުބާރާތުގެ ފޭވަރިޓުންގެ ތެރޭގައި ހިމެނޭ ޕޯޗުގަލް 2-0 ގެ ނަތީޖާ އަކުން ބަލިކޮށްގެންނެވެ. އެއާ އެކު, ސްޕެއިން މެޗަށް ނުކުންނައިރު، ޖޯޖިއާ ޓީމުގެ ރޫހު އޮތީ ވަރަށް ރަނގަޅަށެވެ.

ތާރީހުގައި ފުރަތަމަ ފަހަރަށް ޖޯޖިއާ އިން ބޮޑު މުބާރާތެއްގެ ދެ ވަނަ ބުރުގެ މެޗަށް ނުކުންނައިރު, އެ ޓީމުގެ ކުޅުންތެރިން "މޯޓިވޭޓް" ކުރަން ނުޖެހޭނެ ކަމަށް ކޯޗު ސަންޔޯލް ހާމަކުރި އެވެ.

"އަހަރެން ކުޅުންތެރިން ކައިރީ ބުނެފައި ވާނެ ސްޕެއިން މެޗުގައި އެ ކުޅުންތެރިން އަށް ބޯޅަ ލިބުނީމަ ވިސްނައިގެން ކުޅެން. މިއީ ހިސާބެއް ނޫން. މިއީ ޗެސް މެޗެއް ވެސް ނޫން." ސަންޔޯލް ބުންޏެވެ.

މި މެޗަށް ނުކުންނައިރު، ޖޯޖިއާ އަށް އެއްވެސް ޕްރެޝަރެއް ނެތް ކަމަށާއި، ޖޯޖިއާގެ އަމާޒަށް ވުރެ ދުރަށް މިހާރުވެސް ވާސިލްވެވިފައިވާ ކަމަށް، ފްރާންސް ގައުމީ ޓީމުގެ ކުރީގެ ފުލްބެކް، ސަންޔޯލް ބުނެފައިވެ އެވެ.

ސްޕެއިން މެޗަށް ނުކުންނައިރު, ސްޕެއިން އަކީ ވެސް މުބާރާތުގެ ފޭވަރިޓުންގެ ތެރޭގައި ހިމެނޭ ޓީމެއް ކަން އެނގޭ ކަމަށާއި, އެކަމަށް ކުޅުންތެރިން ތިބޭނީ ތައްޔާރަށް ކަމަށް ސަންޔޯލް ގަބޫލުކުރެ އެވެ.

މި މެޗަށް ނުކުންނައިރު، ހުރިހާ ގޮތަކުންވެސް އެޑުވާންޓޭޖް އޮތީ ޖޯޖިއާ އަށް ކަމަށް ސަންޔޯލް ގަބޫލުކުރަނީ އެ ޓީމަށް ޕްރެޝަރެއް ނެތުމެވެ.

ސްޕެއިނުން ވަނީ ޔޫރޯ ކޮލިފައިންގައި، 2023 ގެ ސެޕްޓެމްބަރުގައި، ޖޯޖިއާ ދަނޑުގައި، 7-1 އިން މޮޅުވެފަ އެވެ. ސަންޔޯލް ބުނީ އެ މެޗުގެ ނަތީޖާގެ ހިތި ހަނދާންތައް އެބަހުރި ކަމަށެވެ. އަދި ބަދަލު ހިފުމުގެ ރޫހަށް ވުރެ، ކުރިއެރުމެއް ހޯދުމުގެ އަމާޒަކާ އެކު ނުކުންނަން ސަންޔޯލް ހުރީ އަމާޒުހިފައިގެންނެވެ.

ޖޯޖިއާ އާއި ސްޕެއިން ކުޅޭ މެޗު ފަށާނީ މިރޭ 12 ޖަހާއިރު އެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox