ޖޯޖިއާ އާދައިގެ ގޮތަކަށް ނުނަގަން، ރޮނާލްޑޯ ބަދަލުކުރުމަކީ ޕްލޭން

Jun 27, 2024, 8:49 AM
ޖޯޖިއާ އާދައިގެ ގޮތަކަށް ނުނަގަން، ރޮނާލްޑޯ ބަދަލުކުރުމަކީ ޕްލޭން

ގެލްސެންކާޗެން (ޖޫން 27) - ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ޖޯޖިއާ އަތުން 2-0 އިން ޕޯޗުގަލް ބަލިވީ، ޖޯޖިއާ އަކީ އާދައިގެ ޓީމެއްގެ ގޮތުގައި ވިސްނައިގެން މެޗަށް ނުކުތުމުން ނޫން ކަމަށާއި ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ބަދަލުކުރުމަކީ ކުރިން ވެސް ޕްލޭން ކުރެވިފައި އޮތް ކަމެއް ކަމަށް ޕޯޗުގަލް ކޯޗު މާޓީނޭޒް ބުނެފި އެވެ.

ރޭގެ މެޗަށް ނުކުތްއިރު ވެސް ޕޯޗުގަލް އަށް އޮތީ ގްރޫޕްގެ އެއް ވަނައިގެ ގޮތުގައި އަނެއް ބުރު ޔަގީންވެފަ އެވެ. އެހެންވެ، އެ ޓީމުން ރޭގެ މެޗަށް ނުކުތީ ގިނަ ބަދަލުތަކެއް ގެނެސްގެންނެވެ. އެ ގޮތަށް ފެށިއިރު، ޖޯޖިއާ އިން ދެ ވަނަ މިނިޓްގައި، ކްވިޗާ ކްރަވަޝްކޭލިއާގެ ގޯލުން ލީޑުނަަގައި، ދެ ވަނަ ހާފުގައި ޖޯޖެސް މިކައުޓްޒޭ ޖެހި ޕެނަލްޓީން 2-0 ޕޯޗުގަލް ބަލިކުރީ އެވެ.

މާޓީނޭޒް ބުނީ، ކުޅުމަށް ބަލާއިރު ޖޯޖިއާ އަށް މޮޅެއް ހައްގުކަމަށާއި އެ އަށް ދެބަހެއްނުވެވޭނެ ކަމަށެވެ.

"އަހަރެމެން ބަލިވީ ޖޯޖިއާ އަކީ ދަށް ޓީމެއްގެ ގޮތުގައި ދެކިގެނެއް ނޫން. ތެދެއް، ދެން އޮތް ހަގީގަތަކީ ޖޯޖިއާ ކުޅުނީ އެ ގައުމުގެ ފުޓްބޯޅަ ތާރީހުގައި އެންމެ ބޮޑު މެޗު، ޖޯޖިއާ އިން ބޭނުންވި ގޮތަށް އެ މީހުންނަށް ފުރަތަަމަ ގޯލު ޖެހުނު، އަހަރެމެންނަށް ގޯލު ޖަހާނެ ފުރުސަތު ބޭނުންނުކުރެވިގެން އުޅެނިކޮށް، ޖޯޖިއާ އިން ލަނޑު ޖަހައި މެޗުން މޮޅުވާން ހައްގު ހިތްވަރު ދެއްކި،" 2022 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕަށް ފަހު ރަސްމީ މެޗަކުން ފުރަތަމަ ފަހަރަށް ޕޯޗުގަލް ބަލިވި މެޗަށް ފަހު، މާޓީނޭޒް ބުންޏެވެ.

މުޅިން އަލަށް ބައިނަލްއަގުވާމީ ފުޓްބޯޅަ މުބާރާތެއްގައި ވާދަކުރި ޖޯޖިއާ އަތުން ބަލިވުމަކީ، ޕޯޗުގަލް އިން އެ އަށް މާ ބޮޑަށް ފިކުރުކޮށް ހަލާކުވާނެ ކަމެއް ނޫން ކަމަށް މާޓީނޭޒް ބުންޏެވެ. އަދި ރޭގެ މެޗުގައި ރޮނާލްޑޯ ދެ ވަނަ ހާފު ފެށުނުތަނާހެން ބަދަލުކުރީ، ގަދަ 16 ބުރަށް ވިސްނާފައި ކުރިން ވެސް ޕްލޭން ކުރެވިފައި އޮތް ގޮތަށް ކަަމަށް މާޓީނޭޒް ވަނީ ބުނެފަ އެވެ.

ރޮނާލްޑޯގެ ހިތްހަމަނުޖެހުންތަކެއް އެ ބަދަލާ އެކު ފެނިގެންދިޔަ އެވެ. ފުރަތަމަ ހާފުގައި ޕެނަލްޓީއެއް ނުދީގެން، ރޮނާލްޑޯ ކުރި ޝަކުވާއާ ހެދި، އޭނާ އަށް ރެފްރީ ވަނީ ރީނދޫ ކާޑެއް ވެސް ދައްކައިފަ އެވެ. މާޓީނޭޒް ބުނީ، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް)ގެ ބޭނުން ރަނގަޅަށް ހިފިނަަމަ ޕޯޗުގަލް އަށް ޕެނަލްޓީއެއް ދޭނެ ކަމަށެވެ.

ރޮނާލްޑޯ، 39، ގެ ކެރިއަރުގައި ފުރަތަމަ ފަހަރަށް ބޮޑު މުބާރާތެއްގެ ގްރޫޕް ސްޓޭޖު ނިންމާލާފައި މި ވަނީ ލަނޑެއް ނުޖެހި އެވެ.

ގަދަ 16 ބުރުގައި ޕޯޗުގަލް ނުކުންނާނީ، ސްލޮވީނިއާއާ ދެކޮޅަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox