ޔޫރޯ އަށް ފަހު ޖޯޖިއާ ޓީމަށް ޝަރަފްވެރި މަރުހަބާއެއް؛ ބޮޑުވަޒީރު ދެއްވީ ފުޓްބޯޅަ އަށް އަހައްމިއްޔަތުކަން ދެއްވާނެކަމުގެ ޔަގީންކަން

Jul 4, 2024, 11:29 AM
ޖޯޖިއާ ޓީމު އެނބުރި އައުމުން، ޓިބްލިސީގެ ފްރީޑަމް ސްކޮޔާގައި ބޭއްވި ހާއްސަ އިވެންޓްގެ ތެރެއިން.

ޖޯޖިއާ ޓީމު އެނބުރި އައުމުން، ޓިބްލިސީގެ ފްރީޑަމް ސްކޮޔާގައި ބޭއްވި ހާއްސަ އިވެންޓްގެ ތެރެއިން.

ޓިބްލިސީ، ޖޯޖިއާ (ޖުލައި 4) - ބައިނަލްއަގުވާމީ ބޮޑު މުބާރާތެއްގައި ޖޯޖިއާ އިން އަލަށް ވާދަކޮށްފައިވަނީ މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގަ އެވެ. އެ މުބާރާތުގެ ގަދަ 16 ބުރުގައި ވާދަކޮށް، އެނބުރި ގައުމަށް ދިއުމުން ޖޯޖިއާ ޓީމަށް ޝަރަފްވެރި މަރުހަބާއެއް ވަނީ ކިޔައިފައިވާއިރު، އެ އިވެންޓްގައި ބައިވެރިވެ، ޖޯޖިއާގެ ބޮޑު ވަޒީރު، އިރާކްލީ ކޮބަކިޑްޒޭ ދެއްވީ ފުޓްބޯޅަ އަށް އަހައްމިއްޔަތުކަން ދެއްވާނެ ކަމުގެ ޔަގީންކަމެވެ.

"މި ޓީމާ މެދު އަހަރެމެން ވަރަށް ފަހުރުވެރިވޭ. ވަރަށް ބޮޑު ކާމިޔާބެއް މިއީ ފުރަތަމަ ފަހަރަށް ވާދަކޮށް މި ހޯދީ، ދެން ވިސްނަންވީ އިތުރަށް ކުރިއަށްދާން ކުރިއަށް ވުރެ ބޮޑު އަހައްމިއްޔަތުކަމެއް ސަރުކާރުން ދޭނަން،" ކޮބަކިޑްޒޭ ވިދާޅުވި އެވެ.

"ކުރިއަށް އޮތް އަހަރުތަކުގައި ޖޯޖިއާ ފުޓްބޯޅަ ޓީމު ކުޅޭނީ އެ ގައުމުގައި އަޅާ ސުޕަ މޮޑާން ސްޓޭޑިއަމެއްގައި،"

Advertisement

މި ފަހަރުގެ ޔޫރޯގައި ޖޯޖިއާ ކުޅުނު ފުރަތަމަ މެޗުން، ތުރުކީ އަތުން 3-1 އިން ބަލިވި އެވެ. ދެ ވަނަ މެޗުގައި، ޗެކް ރިޕަބްލިކާ ދެކޮޅަށް ޖޯޖިއާ އިން ލީޑުނެގި ނަމަވެސް އެ މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. ތިން ވަނަ މެޗުގައި، ޖޯޖިއާ އިން ވަނީ 2-0 އިން ޕޯޗުގަލް ބަލިކޮށް އެންމެން ސިއްސުވާލައިފަ އެވެ.

ޕޯޗުގަލް މެޗަށް އިޝާރާތްކުރައްވައި، ޖޯޖިއާގެ ރައީސް، ސަލޯމް ޒައުރަބިޗްވިލީ ވިދާޅުވީ، ޕޯޗުގަލް އަތުން މޮޅުވެ، މި ހޯދި ކާމިޔާބީ އަކީ "މިރަކްލް" އެއް ކަމަށެވެ. އަދި ގަދަ 16 ޓީމުގެ ބުރުގައި ޖޯޖިއާ އިން ސްޕެއިން ވެސް ހާސްކޮށްލައި، އެ ދެއްކި ހިތްވަރަކީ ގިނަ ބަޔަކު އިބްރަތް ހާސިލްކޮށް ކުރިއަށްދާން ހިތްވަރު ހޯދާނެ ކަމެއް ކަމަށް ޒައުރަބިޗްވިލީ ވިދާޅުވި އެވެ.

ޖޯޖިއާ ޓީމު އެނބުރި އައުމުން، ޓިބްލިސީގެ ފްރީޑަމް ސްކޮޔާގައި ބޭއްވި ހާއްސަ އިވެންޓްގެ ތެރެއިން.

ޖޯޖިއާގެ ކޯޗުކަމާ ހަވާލުވެ ހުރީ، ފްރާންސް ގައުމީ ޓީމުގެ ކުރީގެ ފުލްބެކް، ވިލީ ސަންޔޯލް އެވެ. އޭނާ ބުނީ، އެ ޓީމާ ހަވާލުވިތާ މި ވީ ތިން އަހަރާއި ބައި މުއްދަތުގެ ތެރޭގައި ވަރަށް ޗެލެންޖިން ގިނަ ކަންތައްތަކެއް ތަހައްމަލުކުރަން ޖެހުނު ކަމަށެވެ. އަދި އެ ހުރިހާ ކަމެއްގެ ތެރޭގައި ވެސް ކުޅުންތެރިން ބުރަ މަަސައްކަތްކޮށް، ކުރިއަށްދާން އަޒުމު ކަނޑައަޅައި، އެ ދެއްކި ހިތްވަރު ޔޫރޯގައި ވެސް ފެނިގެންދިޔަ ކަމަށް، ސަންޔޯލް ފާހަގަކުރި އެވެ.

"ކުރިއަށްދާނީ ހިތްވަރާ އެކު، ކޮންމެ ކަމެއް ވިޔަސް، ކޮންމެ ކަމެއް ކޮންމެ ގޮތަކަށް އޮތަސް، ޖޯޖިއާ ފުޓްބޯޅަ ކުރިއަށްދާނެ،" ސަންޔޯލް ބުންޏެވެ.

ޖޯޖިއާ ޓީމު، ޔޫރޯ އަށް ފަހު ޖަރުމަނުން އެނބުރި އައުމުން، ޓިބްލިސީގެ ފްރީޑަމް ސްކޮޔާގައި ބޭއްވި ހާއްސަ އިވެންޓްގައި ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވި އެވެ. މިއީ ފަހުގެ ތާރީހެއްގައި ޖޯޖިއާގައި އެންމެ ގިނަ ބަޔަކު އެއްތަނަކަށް އިވެންޓަކަށް އެއްވި ފަހަރެވެ.

ޔޫރޯ އިން ޖޯޖިއާ ކެޓީ ސްޕެއިން އަތުން ގަދަ 16 ބުރުގައި 4-1 އިން ބަލިވުމުންނެވެ.

ޖޯޖިއާގެ ކެޕްޓަން، ގޫރަމް ކަޝިއާ ބުނީ، ޔޫރޯގައި ޖޯޖިއާ އިން ކުޅުނު ހުރިހާ މެޗެއްގައި ވެސް އެންމެ އަޑުގަދައީ އެ ޓީމުގެ ސަޕޯޓަރުންގެ ކަމަށެެވެ. އަދި ކޮންމެ މެޗެއްގައި ވެސް ޖޯޖިއާ އިން އެންމެ ފަހު ވަގުތާ ހަމައަށް ހިތްވަރުކޮށް ނަތީޖާ ނެރެން މަސައްކަތް ކުރުމުގައި ސަޕޯޓަރުންގެ ދައުރު ވަރަށް ބޮޑު ކަމަށް ކަޝިއާ ފާހަގަކުރި އެވެ.

ޖޯޖިއާ އިން މި ފަހަރުގެ ޔޫރޯގެ ގަދަ 16 އަށް ދަތުރުކުރުމުން އެ ގައުމުގެ ކުރީގެ ބޮޑުވަޒީރު އަދި ވިޔަފާރިވެރިޔާ، ބިޑްޒީނާ އިވަނީޝްވިލީ ވަނީ މުޅި ޓީމަށް 10 މިލިއަން ޑޮލަރުގެ ފައިސާގެ އިނާމެއް ދީފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox