ސްލޮވީނިއާ

Jun 14, 2024, 10:29 AM
ސްލޮވީނިއާ

ސްލޮވީނިއާ އަކީ މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތަށް އެންމެ ފަހުން ކޮލިފައިވި ގައުމުތަކުގެ ތެރެއިން އެއް ގައުމެވެ. ސްލޮވީނިއާ އިން ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މި ވާދަކުރަނީ، 24 އަހަރު ތެރޭ ފުރަތަމަ ފަހަރަށެެވެ. ޔޫރޯ އެއްގައި މިހާތަނަށް ސްލޮވީނިއާ ވާދަކުރި ހަމައެކަނި ފަަހަރަކީ، 2000 ވަނަ އަހަރު ބެލްޖިއަމާއި ނެދަލެންޑްސް އިން ހޯސްޓް ކުރި މުބާރާތުގަ އެވެ.

ފީފާ ވޯލްޑް ކަޕްގައި ވެސް ދެ ފަަހަރެއްގެ މަތިން ކުޅެފައިވާ ސްލޮވީނިއާ އިން ޔޫރޯގައި ކުޅުނު ހަމައެކަނި ފަަހަރު މުބާރާތް ނިންމާލަން ޖެހުނީ ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ވެސް މޮޅެއް ނުލިބި އެވެ. ސްޕެއިން އަތުން ސްލޮވީނިއާ 2-1 އިން ބަލިވިއިރު، ޔޫގޯސްލާވިއާއާ 3-3 އިން އެއްވަރުކޮށް، ނޯވޭއާ ލަނޑެއް ނުޖެހި ވީ އެއްވަރެވެ.

ސްލޮވީނިއާ އިން އަހަރުތަކަކަށް ފަހު ޔޫރޯ ފުޓްބޯޅަ މުބާރާތަށް މި ފަހަރު ކޮލިފައިވިއިރު، އެ ޓީމު ދިޔައީ ކޮލިފައިން ގްރޫޕްގެ ދެ ވަނަ އެވެ. އެ ގްރޫޕުން އެއް ވަނަ ހޯދި ޑެންމާކާއި ސްލޮވީނިއާއާ ލިބުނީ 22 ޕޮއިންޓެވެ. ޑެންމާކަށް ކުރި ލިބުނީ ހެޑް ޓު ހެޑް ގަވާއިދަށް ބަލައިގެންނެވެ.

ސްލޮވީނިއާގެ ކޯޗަކީ، 2018 ވަނަ އަހަރުން ފެށިގެން އެ ޓީމާ އެކު މަސައްކަތްކުރަމުން އަންނަ، މަޓްޖަޒް ކެކް އެވެ. ސްލޮވީނިއާ ގައުމީ ޓީމަށް އެއް މެޗު ކުޅެދީފައިވާ ކެކް އަކީ އެ ގައުމުގެ ފުޓްބޯޅަ އަށް ފަރިތަ ނަމެކެވެ. އޭނާ އެ ޓީމު ގޮވައިގެން ކުރަމުން އަންނަ ރަނގަޅު މަސައްކަތުގެ ހިތްވަރަކީ ވެސް އެއީ އެެވެ.

މި ފަހަރުގެ ޔޫރޯގައި ސްލޮވީނިއާ ހިމެނެނީ، ކޮލިފައިންގައި ވެސް އެ ޓީމާ އެކު އޮތް ޑެންމާކްގެ އިތުރުން، ސާބިއާ އާއި އިންގްލެންޑާ އެކުގަ އެެވެ.

ސްލޮވީނިއާގެ ތަރިންނަށް ބަލާއިރު، ލައިޕްޒިގުގެ ފޯވާޑް، ބެންޖަމިން ސެސްކޯ އާއި އެތުލެޓިކޯ ކީޕަރު ޔެން އޮބްލަކް ފާހަގަކުރަން ޖެހެ އެވެ.

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox