ސްލޮވާކިއާ

Jun 14, 2024, 10:32 AM
ސްލޮވާކިއާ

ސްލޮވާކިއާ މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ކޮލިފައިވީ، ކޮލިފައިން ގްރޫޕް ޖޭގެ ރަނަރަޕްގެ ގޮތުގަ އެވެ. މިއީ، ސްލޮވާކިއާ އިން ޔޫރޯގައި ކުޅޭނެ ހަ ވަނަ ފަހަރެވެ. މީގެ ކުރިން، ސްލޮވާކިއާ ވަނީ، 1960، 1976، 1980، 2016 އަދި 2020 ވަނަ އަހަރުގެ ޔޫރޯގައި ވާދަކޮށްފަ އެވެ.

ޗެކޮސްލޮވާކިއާގެ ނަމުގައި ކުޅުނުއިރު، އެ ޓީމުން ވަނީ، 1976 ވަނަ އަހަރު މުބާރާތުގެ ޗެމްޕިއަންކަން ހޯދައި، ޖެހިގެން އައި ފަހަރު ތިން ވަނަ ހޯދައިފަ އެވެ. އެކަމަކު، ސްލޮވާކިއާގެ ނަމުގައި ވާދަކުރަން ފެށި ފަހުން، ކޮލިފައިވި ދެ ފަަހަރުގެ ތެރެއިން އެއް ފަހަރު ގަދަ 16 ގައި ކުޅުނެވެ. އެންމެ ފަހުން ޔޫރޯގައި އެ ޓީމު ކެޓީ ގްރޫޕް ސްޓޭޖުންނެވެ.

މި ފަހަރުގެ ޔޫރޯ އަށް ކޮލިފައިވާން، ސްލޮވާކިއާ ހިމެނުނީ، ހަ ގައުމު ވާދަކުރި ގްރޫޕެއްގަ އެވެ. އެ ގްރޫޕްގެ އެއް ވަނަ ހޯދީ ޕޯޗުގަލް އެވެ. ދެ ވަނަ ޓީމުގެ ގޮތުގައި ސްލޮވާކިއާ ކޮލިފައިވިއިރު، އެ ޓީމުން ކުޅުނު 10 މެޗުގެ ތެރެއިން ހަތް މެޗުން މޮޅުވި އެވެ. ބަލިވީ ޕޯޗުގަލްއާ އެކު ކުޅުނު ދެ މެޗުން އެކަންޏެވެ.

ސްލޮވާކިއާގެ ކޯޗަކަށް ހުރީ، އިޓަލީ އަށް އުފަން، ފްރެންޗެސްކޯ ކަލްޒޯނާ އެވެ. ކަލްޒޯނާ، 2022 ވަނަ އަހަރުގެ އޮގަސްޓް މަހުން ފެށިގެން، ސްލޮވާކިއާގެ ކޯޗުކަން ކުރަމުން އަންނައިރު، އޭނާ ވަނީ މި އަހަރުގެ ފެބްރުއަރީ މަހު އިޓަލީގެ ނަޕޯލީގެ ކޯޗުކަމާ ވެސް ހަވާލުވެފަ އެވެ. މި ސީޒަނުގެ ނިޔަލަށް ނަޕޯލީގެ ކޯޗަކަށް ކަލްޒޯނާ ހުންނަން ސްލޮވާކިއާ އިން ވެސް ހުއްދަދީފައިވެ އެވެ. އެކަމަކު، ޔޫރޯ އަށް ފަހު މުސްތަގުބަލަށް ގޮތެއް ނިންމާނެ އެވެ.

މި ފަހަރުގެ ޔޫރޯގައި ސްލޮވާކިއާ ހިމެނޭ ގްރޫޕަށް ބަލާއިރު، ބެލްޖިއަމާއި ރުމޭނިއާ އަދި ޔޫކްރެއިނާ އެކު އޮތުމަކީ، މި ގްރޫޕްގެ ފޯރިގަދަވާނެ ސަބަބެކެވެ. ބެލްޖިއަމް ނަގާފައި ދެން މި އޮތީ ދާދި ހަމަހަމަ ޓީމުތަކެކެވެ.

ސްލޮވާކިއާގެ ތަރިއަކަށް މި ފަހަރުގެ މުބާރާތުގައި ވާނެ ކުޅުންތެރިއަކީ، ސްޓަނިސްލާވް ލޮބޮޓްކާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox