ޔޫކްރެއިން

Jun 14, 2024, 10:32 AM
ޔޫކްރެއިން

މި ފަަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ޕްލޭއޮފް ޖާގައިގެ ތެރެއިން ކޮލިފައިވި ތިން ޓީމުގެ ތެރެއިން އެއް ޓީމަކީ، ޔޫކްރެއިން އެވެ. ޕްލޭއޮފް ފުރަތަމަ ބުރުގައި ބޮސްނިއާ ބަލިކުރުމަށް ފަހު، ޔޫކްރެއިން އިން ވަނީ ޕްލޭއޮފް ފައިނަލުގައި، އައިސްލެންޑް ކަޓުވާލައިފަ އެވެ.

މިއީ ޔޫކްރެއިން އިން ޖެހިޖެހިގެން ޔޫރޯގައި ކުޅޭ ހަތަރު ވަނަ ފަހަރެެވެ. ޔޫކްރެއިނުން ފުރަތަމަ ޔޫރޯގައި ކުޅުނީ 2012 ވަނަ އަހަރު އެވެ. އެ ފަހަރު މުބާޜާތް ހޯސްޓްކުރީ ޔޫކްރެއިނާއި ޕޮލެންޑުން ގުޅިގެންނެވެ. އެ ފަހަރުގެ ޔޫރޯ އާއި 2016 ވަނަ އަހަރުގެ ޔޫރޯގައި ޔޫކްރެއިން ކެޓީ، ގްރޫޕް ސްޓޭޖުންނެވެ.

އެކަމަކު، އެންމެ ފަހުން ބޭއްވި ޔޫރޯގައި ޔޫކްރެއިން ވަނީ ކުއާޓާ ފައިނަލުގައި ވާދަކޮށްފަ އެވެ. އެންމެ ފަހުން ބޭއްވި ޔޫރޯގައި ޔޫކްރެއިން ނޮކައުޓް ބުރަށް ކޮލިފައިވީ، އެންމެ ރަނގަޅު ނަތީޖާ ނެރޭ ތިން ވަނަ އަށް ދިޔަ ޓީމުތަކުގެ ތެރެއިންނެވެ. ގަދަ 16 ބުރުގައި، ސްވިޑެން އަތުން ޔޫކްރެއިން މޮޅުވި އެވެ. އެކަމަކު، ކުއާޓާ ފައިނަލުގައި އިންގްލެންޑް އަތުން ބަލިވެ ކެޓީ އެވެ.

Advertisement

ރަޝިއާ އިން ޔޫކްރެއިން އަށް އަރައި، ކުރަށް ފެށި ހަނގުރާމައާ ހެދި، މިިދިޔަ ދޮޅު އަހަރެއްހާ ދުވަހު، ޔޫކްރެއިންގެ ހޯމް މެޗުތައް ކުޅެން ޖެހުނީ އެކި ދަނޑުތަކުގަ އެވެ. އެކަމަކު، އެ ޓީމުން ރަނގަޅަށް ޓީމެއްގެ ގޮތުގައި މަސައްކަތްކޮށް، މި ވަނީ ޔޫރޯ އިން އަނެއްކާ ވެސް ފުރުސަތު ހޯދައިފަ އެވެ.

ޔޫކްރެއިންގެ ކޯޗަކަށް ހުރީ އެ ގައުމުގެ ކުރީގެ ފޯވާޑް، ސާހޭއި ރެބްރޯވް އެވެ. މިދިޔަ އަހަރުގެ ޖޫން މަހު، ޔޫކްރެއިން ޓީމާ ހަވާލުވެ، މިދިޔަ ނުވަ ވަރަކަށް މަސް ދުވަހު، އޭނާ ވަނީ ރަނގަޅު މަސައްކަތްތަކެއް ކޮށްފަ އެވެ.

މިފަހަރުގެ ޔޫރޯގައި އެންމެ ހިތްވަރުގަދަ ކުޅުމެއް ފެންނާނެ އެއް ޓީމަކީ ޔޫކްރެއިން ކަމަށް ގިނަ ބަޔަކު ބުނެ އެވެ. ޔޫކްރެއިން ޓީމުން ފާހަގަކޮށްލެވޭ ކުޅުންތެރިންނަށް ބަލާއިރު، ރެއާލް މެޑްރިޑްގެ ކީޕަރު އަންޑްރީ ލުނިން އާއި ޗެލްސީގެ މިހައިލޯ މުޑްރިކް ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox