ރުމޭނިއާ

Jun 14, 2024, 10:32 AM
ރުމޭނިއާ

ރުމޭނިއާ އިން އެ ގައުމުގެ ފުޓްބޯޅަ ތާރީހުގައި ހަ ވަނަ ފަހަރަށް ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވާދަކުރަން ތައްޔާރުވާއިރު، މީގެ ކުރިން އެ ޓީމުން ވަނީ، އެއް ފަހަރު ކުއާޓާ ފައިނަލުގައި ކުޅެފަ އެެވެ. އަނެއް ހަތަރު ފަހަރު ކެޓީ ގްރޫޕް ސްޓޭޖުންނެވެ.

އެންމެ ފަހުން، ރުމޭނިއާ އިން ޔޫރޯގައި ވާދަކުރީ 2016 ވަނަ އަހަރު ފްރާންސްގައި ބޭއްވި މުބާރާތުގަ އެވެ. އެ ފަހަރު ދެ މެޗުން ބަލިވިއިރު، އެއް މެޗު ވަނީ އެއްވަރުވެފަ އެވެ.

މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ރުމޭނިއާ ކޮލިފައިވީ، ކޮލިފައިން ގްރޫޕް އައިގެ އެއް ވަނަ ޓީމުގެ ގޮތުގަ އެވެ. ކޮލިފައިން ބުރުގައި 10 މެޗު ކުޅުނުއިރު ރުމޭނިއާ ބަލިވެފައިނުވެ އެވެ. ހަ މެޗުން މޮޅުވިއިރު، ހަަތަރު މެޗުން ވަނީ އެއްވަރުވެފަ އެވެ. ރުމޭނިއާ އިން ކޮލިފައިން ބުރުގައި 16 ލަނޑު ޖެހިއިރު، ބައިކޮޅަށް ވަނީ ފަަސް ގޯލެވެ. ކޮލިފައިން ބުރުގައި އެންމެ ޑިފެންސް ރަނގަޅު ޓީމުތަކުގެ ތެރޭގައި ރުމޭނިއާ ހިމެނެ އެވެ.

ރުމޭނިއާގެ ކޯޗަކަށް ހުރީ މީގެ ކުރިން، އެ ގައުމުގެ ކްލަބްތަކަށް ކުޅެ، ކޯޗުކަން ކޮށްދީފައިވާ، އެޑްވާޑް އިއޮޑަނެސްކޫ އެވެ. އިއޮޑަނެސްކޫ، ރުމޭނިއާ ޓީމާ ހަވާލުވެފައިވަނީ، 2022 ވަނަ އަހަރުގެ ޖެނުއަރީ މަހުގަ އެވެ. މިދިޔަ އަހަރު، ރުމޭނިއާގެ އެންމެ މޮޅު ކޯޗުގެ މަގާމު ހޯދި އިއޮޑަނެސްކޫ، ރުމޭނިއާ ގައުމީ ޓީމާ ހަވާލުވި ފަހުން، އެ ޓީމުގެ ކުޅުމުގެ ސްޓައިލް ވަނީ ވަރަށް ބޮޑުތަން ރަނގަޅުވެފަ އެވެ.

މި ފަހަރުގެ ޔޫރޯގައި ރުމޭނިއާ ހިމެނޭ ގްރޫޕަށް ބަލާއިރު، އެ ޓީމަށް އެންމެ އުނދަގޫ ޗެލެންޖަކަށްވާނެ ކަމަށް ބެލެވޭ ޓީމަކީ، ބެލްޖިއަމް ކަމުގައި ވިޔަސް ދެން އޮތް، ސްލޮވާކިއާ އާއި ޔޫކްރެއިން ވެސް ރުމޭނިއާ އަށް ރަނގަޅު ފައިޓެއް ދޭނެ އެވެ.

ރުމޭނިއާ ޓީމުން މި ފަހަރު ފާހަގަކޮށްލެވޭނެ ތަރިންނަށް ބަލާއިރު، އަލަވޭސްގެ އިއަނިސް ހާޖީ އާއި ޓޮޓެންހަމް ހޮޓްސްޕާސްގެ ޑިފެންޑަރު، ރަޑޫ ޑްރަގޫސިން އަދި ސައުދީ އަރަބިއްޔާގެ ޑަމާކް އަށް ކުޅޭ ނިކޮލައެ ސްޓަންކޫ ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox