ތުރުކީ

Jun 14, 2024, 10:32 AM
ތުރުކީ

ތުރުކީ އަކީ މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތަށް، ހަތް ވަނަ އަށް ކޮލިފައިވި ޓީމެވެ. މިއީ ތުރުކީ އިން ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ކުޅޭނެ ހަ ވަނަ ފަހަރެވެ. ތުރުކީ އިން މީގެ ކުރިން ޔޫރޯގައި ވާދަކޮށްފައިވަނީ، 1996، 2000، 2008، 2016 އަދި 2020 ވަނަ އަހަރު އެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތެއްގައި ތުރުކީގެ އެންމެ ރަނގަޅު ކުޅުމެއް ފެނުނު ފަހަރަކީ، 2008 ވަނަ އަހަރު އޮސްޓްރިއާ އާއި ސްވިޒަލެންޑްގައި ބޭއްވި މުބާރާތުގަ އެވެ. އެ ފަހަރު، ތުރުކީ އިން ސެމީ ފައިނަލަށް ދަތުރުކުރި އެވެ. އެ ފަހަރު، ސެމީ ފައިނަލުގައި ތުރުކީ ބަލިވީ ޖަރުމަނު އަތުން 3-2 އިންނެވެ.

އެންމެ ފަހުން، ދެ ފަަހަރު ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވާދަކޮށް ތުރުކީ ކެޓީ ގްރޫޕް ސްޓޭޖުންެނެވެ. އެ ދެ ފަހަރު، ޖުމްލަ ހަ މެޗު ކުޅުނުއިރު، މޮޅުވީ އެއް މެޗުންނެވެ. ފަސް މެޗުން ވީ ބައްޔެވެ.

މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ތުރުކީ ކޮލިފައިވީ، ކޮލިފައިން ގްރޫޕް ޑީގެ އެއް ވަނަ ޓީމުގެ ގޮތުގަ އެވެ. ތުރުކީ، އެ ގްރޫޕްގެ އެއް ވަނަ ހޯދީ، އަށް މެޗުގެ ތެރެއިން ފަސް މެޗުން މޮޅުވެ، ދެ މެެޗުން އެއްވަރުކޮށްގެންނެވެ. ކޮލިފައިންގައި ތުރުކީ ބަލިވި ހަމައެކަނި މެޗަކީ، އަމިއްލަ ދަނޑުގައި ކްރޮއޭޝިއާ އަތުންނެވެ.

ތުރުކީ ގައުމީ ޓީމުގެ ކޯޗަކަށް ހުރީ އިޓަލީ ގައުމީ ޓީމުގެ ކުރީގެ ފޯވާޑް، ވިންޗެންޒޯ މޮންޓެއްލާ އެވެ. މޮންޓެއްލާ، ތުރުކީ ޓީމާ ހަވާލުވީ، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ. މޮންޓެއްލާގެ ފުރަތަމަ މެޗުގައި ތުރުކީން ވަނީ ރަށުންބޭރުގައި ކްރޮއޭޝިއާ ބަލިކޮށްފަ އެވެ.

މި ފަަހަރުގެ ޔޫރޯގައި ތުރުކީން އެންމެ ތަފާތު ކުޅުމެއް ދައްކާނެ ކަމަށް ބެލެވެނީ، އިންޓަ މިލާންގެ މިޑްފީލްޑަރު، ހަކަން ޗަނޮނޮގްލޫ އެވެ.

ތުރުކީ، މި ފަހަރުގެ މުބާރާތުގައި ހިމެނޭ ގްރޫޕަށް ބަލާއިރު، ޖޯޖިއާ އާއި ޕޯޗުގަލް އަދި ޗެކް ރިޕަބްލިކް ކައިރިން އެ ޓީމަށް އަނެއް ބުރަށް ދެވޭނެ ވަރުގެ ނަތީޖާ ނެރެވޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox