ސްވިޒަލެންޑް

Jun 14, 2024, 10:31 AM
ސްވިޒަލެންޑް

ސްވިޒަލެންޑުން ވަނީ މީގެ ކުރިން ފަސް ފަހަރު ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވާދަކޮށްފަ އެވެ. އެ ޓީމު އެންމެ ފުރަތަމަ 1996 ވަނަ އަހަރު ޔޫރޯ ފުޓްބޯޅަ މުބާރާތެއްގައި ވާދަކުރިއިރު، އޭގެ ފަހުން ބޭއްވި ޔޫރޯގެ ހަ މުބާރާތުގެ ތެރެއިން ހަތަރު މުބާރާތުގައި އެ ޓީމުން ވާދަކުރި އެވެ. އެއީ، 2004، 2008، 2016 އަދި 2020 އެވެ.

އެންމެ ފަހުން ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތުގައި، ކުއާޓާ ފައިނަލުގައި ސްވިޒަލެންޑް ވާދަކުރި އެވެ. އެ ގޮތުން، ކުއާޓާ ފައިނަލުގައި އެ ޓީމު ބަލިވީ ޕެނަލްޓީ ޖަހައިގެން ސްޕެއިން އަތުންނެވެ. ނޮކައުޓަށް ސްވިޒަލެންޑް ކޮލިފައިވީ، އެންމެ ރަނގަޅު ނަތީޖާ ނެރުނު ތިން ވަނަ އަށް ދިޔަ ޓީމުތަކުގެ ތެރޭގައި ހިމެނިގެންނެވެ. ގަދަ 16 ބުރުގައި ސްވިޒަލެންޑުން، ވަނީ ޕެނަލްޓީ ޖަހައިގެން ފްރާންސް ކަޓުވާލައިފަ އެވެ.

ސްވިޒަލެންޑް މި ފަހަރުގެ ޔޫރޯ އަށް ކޮލިފައިވެފައި މި ވަނީ، ކޮލިފައިން ގްރޫޕް އައިގެ ރަނަރަޕްގެ ގޮތުގަ އެވެ. ސްވިޒަލެންޑަށް ގްރޫޕްގެ އެއް ވަނަ ނުލިބުނު އެންމެ ބޮޑު ސަބަބަކީ، ކޮލިފައިންގެ ފަސް މެޗުން އެއްވަރުވުމުންނެވެ. އެ ޓީމު ބަލިވީ އެއް މެޗުންނެވެ. މޮޅުވީ، ހަތަރު މެޗުންނެވެ. އެ ގްރޫޕްގެ އެއް ވަނަ ހޯދީ ބަލިނުވެ ކޮލިފައިވި، ރުމޭނިއާ އެވެ.

Advertisement

ސްވިޒަލެންޑްގެ ކޯޗަކަށް ހުރި މުރާތު ޔަކިން، އެ ޓީމާ ހަވާލުވީ 2021 ވަނަ އަހަރު އެވެ. ކުރިން ސްވިޒަލެންޑް ގައުމީ ޓީމަށް ކުޅެފައިވާ މުރާތު އެ ޓީމާ ހަވާލުވި ފަހުން، އެ ޓީމުން އަންނަނީ އެކަށީގެންވާ ބޮޑު ކުރިއެރުންތަކެއް ހޯދަމުންނެވެ.

އާންމު ގޮތެއްގައި ބައިނަލްއަގުވާމީ މުބާރާތްތަކުގައި ސްވިޒަލެންޑަކީ ހިތްވަރުގަދަކޮށް ފެންނަ ޓީމެކެވެ. އެ ޓީމުގައި ތަފާތު ދައްކާ ކުޅުންތެރިންނަށް ބަލާއިރު، ޖަރުމަނުގެ ބަޔާ ލެވަކޫސަނަށް ކުޅޭ ގްރަނިޓް ޝަކާ އާއި އިންޓަ މިލާންގެ ކީޕަރު ޔެން ސޮމާގެ އިތުުރުން، އެމެރިކާ ލީގުގައި މި ވަގުތު ކުޅެމުން އަންނަ، ޒެރްޑަން ޝަގީރީ ހިމެނެ އެވެ.

ޖަރުމަނާ އެކު، ގްރޫޕް އޭ އިން ނޮކައުޓަށް ދާނެ ކަމަށް ބެލެވޭ އެއް ޓީމަކީ ސްވިޒަލެންޑް އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox