ޗެމްޕިއަން އިޓަލީ ކަޓުވާލައި ސްވިޒަލެންޑް ކުއާޓާ އަށް

Jun 29, 2024, 5:53 PM
ޗެމްޕިއަން އިޓަލީ ކަޓުވާލައި ސްވިޒަލެންޑް ކުއާޓާ އަށް

ބާލިން (ޖޫން 29) - އެންމެ ފަހުގެ ޗެމްޕިއަން، އިޓަލީ 2-0 އިން ބަލިކޮށް، އެ ޓީމު ކަޓުވާލުމަށް ފަހު، ސްވިޒަލެންޑުން ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ޖާގަ ހޯދައިފި އެވެ.

ސްވިޒަލެންޑުން މި ވަނީ ޖެހިޖެހިގެން ދެ ޔޫރޯގެ ކުއާޓާ ފައިނަލުން ފުރުސަތު ހޯދައިފަ އެވެ. އެންމެ ފަހުން ޔޫރޯގެ ގަދަ 16 ގައި އެ ޓީމުން ފްރާންސް ކަޓުވާލިއިރު، މި ފަހަރު މި ވަނީ އިޓަލީ ގެއަށް ފޮނުވާލައިފަ އެެވެ. ސްވިޒަލެންޑް މިިދިޔަ ފަހަރު ކެޓީ ކުއާޓާގައި ސްޕެއިން އަތުންނެވެ.

މި މެޗަށް ނުކުތްއިރު އިޓަލީ އަށް ވަނީ މައްސަލަތަކެއް ކުރިމަތިވެފަ އެވެ. އެ ގޮތުން، ގްރޫޕް ސްޓޭޖުގައި އެ ޓީމަށް ތިން މެޗުގައި ވެސް ކުޅުނު ދެ ޑިފެންޑަރުން ކަމަށްވާ ރިކާޑޯ ކަލަފިއޯރީ އާއި ފެޑެރީކޯ ޑި މާކޯ ނުލައި ކުޅެން ޖެހުމެވެ. އެ ގޮތުން، ޑި މާކޯ އަށް އަނިޔާއާ ހެދި މެޗު ގެއްލުނުއިރު، ކަލަފިއޯރީ ހުރީ ދެ ރީނދޫ ކާޑު ހަމަވެގެން ސަސްޕެންޝަނުގަ އެވެ.

ބާލިން އޮލިމްޕިކް ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗު ފަށައިގެން ސްވިޒްލެންޑުން މެދުތެރޭގެ ކޮންޓްރޯލް ނަގައިގެން ކުޅެން ފެށިއިރު، އިޓަލީން އެކަން ހުއްޓުވަން ކުރި މަސައްކަތުގައި އެ ޓީމުގެ ބްރަޔާން ކްރިސްޓަންޓޭ އަށް ގިނަ ފައުލުތަކެއް ކުރަން ޖެހުނެވެ.

ސްވިޒަލެންޑްގެ ފްރެއުލާ އިޓަލީގެ ގޯލަށް ބޯޅަ ފޮނުވާލަނީ.---

ފުރަތަމަ ހާފުގައި އިޓަލީގެ ގޯލްކީޕަރު، ޖިއަންލުއީޖީ ޑޮނަރުންމާ އަށް ގިނަ ހަމަލާތަކެއް ހުއްޓުވަން ޖެހުނެވެ.

އެ ގޮތުން، މެޗުގެ 24 ވަނަ މިނިޓްގައި ސްވިޒަލެންޑްގެ ފަބިއަން ރައިޑާ ކުރިއަށް ދިން ބޯޅައެއްގައި އިޓަލީގެ ޑިފެންސްލައިނުގެ އޮފްސައިޑް މަޅިން ސަލާމަތްވެ، ސްވިޒަލެންޑްގެ ފޯވާޑް، ބްރީލް އެމްބޯލޯ މުޅިން ހުސްކޮށް އޭރިއާތެރެއަށް ވަދެ، ޖެހި ބޯޅަ ކީޕަރު ޑޮނަރުންމާ ވަނީ މަތަކޮށްފަ އެވެ.

ސްވިޒަލެންޑުން ފުރަތަމަ ހާފުގައި ކުޅުނު ރަނގަޅު ކުޅުމުގެ ނަތީޖާ ފެނުނީ، 37 ވަނަ މިނިޓްގަ އެވެ. އޭރިއާތެރެއަށް ބޯޅަ އަށް އެރި ރެމޯ ފްރެއުލާ ވަނީ ގޯލުގެ ކައިރީ ކަނަށް ބޯޅަ ފޮނުވާލައިގެން، ސްވިޒަލެންޑަށް ލީޑުނަގައިދީފަ އެވެ. ރުބެން ވާގާސް ދިން ބޯޅައަކުން ފްރެއުލާ ޖެހި ބޯޅަ ގޯލަށް ވަނީ އިޓަލީގެ ކުޅުންތެރިއަކު ގައިގައި ޖެހިފަ އެވެ.

ކައުންޓަ އެޓޭކުގައި އިޓަލީގެ ފެޑެރީކޯ ކިއޭޒާ އަށް ލިބުނު ބައެއް ފުރުސަތުތަކުގައި އެޓޭކެއް ކުރެވޭތޯ ބެލި ނަމަވެސް ސްވިޒަލެންޑްގެ ކީޕަރު ޔެން ސޮމާ ޓެސްޓް ކޮށްލެވޭ ގޮތެއްނުވި އެވެ.

ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި، ސްވިޒަލެންޑްގެ ރައިޑާ ހިލޭ ޖެހުމަކުން ޖެހި ބޯޅަ ބޭރުވީ ކީޕަރު ޑޮނަރުންމާ އަތުގައި ޖެހި، ދަނޑީގައި ވެސް ޖެހިފަ އެވެ.

ސްވިޒަލެންޑްގެ ފްރެއުލާ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

ދެ ވަނަ ހާފް ފަށައިގެން އިޓަލީން ކުޅުން ފެށި ނަމަވެސް ތަފާތު ދެއްކީ ސްވިޒަލެންޑުންނެވެ. މި ހާފްގެ ކުޅުން ފެށިގެން 27 ސިކުންތުގެ ތެރޭގައި ސްވިޒަލެންޑުން ދެ ވަނަ ލަނޑު ޖެހި އެވެ. އޭރިއާތެރެއިން ވާގާސް އަށް ލިބުނު ބޯޅަ އޭނާ ވަނީ ގޯލުގެ މަތީ ކަނަށް ފޮނުވާލައިފަ އެވެ.

ބަދަލުތަކެއް ގެނެސްގެން އިޓަލީން ލަނޑެއް ޖެހޭތޯ ކުރި މަސައްކަތުގައި އެ ޓީމުން ފުރުސަތުތަކެއް ތަނަވަސްކުރި އެވެ. އެ ގޮތުން، ބަދަލަކަށް ކުޅެން އެރި އިޓަލީގެ މަޓެއާ ޒަކާނިއޭ ދިން ބޯޅައެއްގައި މުޅިން ހުސްކޮށް އަރައި، ޖިއަންލޫކާ ސްކަމާކާ އަށް ރަނގަޅަށް ފޮނުވާލެވޭ ގޮތެއްނުވި އެވެ. އަނެއްކޮޅުން، ބަދަލަކަށް އެރި މަޓެއޯ ރެޓެގީ ޖެހި ބޯޅަ ސްވިޒަލެންޑްގެ ކީޕަރު، ސޮމާ ވަނީ މަތަކޮށްފަ އެވެ.

އިޓަލީން ގިނަ ވަގުތު ކުރިއަށް ޖެހިގެން ކުޅުނު ނަމަވެސް ސްވިޒަލެންޑުން ރަނގަޅަށް ޑިފެންސްކޮށް ވަނީ ނަތީޖާގައި ހިފަހައްޓައި މޮޅުވެފަ އެވެ. މިއީ ސްވިޒަލެންޑަށް ތާރީހީ މޮޅެކެވެ.

ކުއާޓާ ފައިނަލުގައި ސްވިޒަލެންޑުން ކުޅޭނެ ޓީމެއް އެނގޭނީ ގަދަ 16ގައި ޖޯޖިއާ އާއި ސްޕެއިން ކުޅޭ މެޗުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2030 ގެ ފީފާ ވޯލްޑް ކަޕްގެ ރައިޓްސްތަކެއް ނެޓްފްލިކްސް އަށް

2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މެޗުތައް ސްޕެއިން އާއި އެންޑޯރާގައި ދެއްކުމުގެ ރައިޓްސް ނެޓްފްލިކްސް އިން ގަނެފި. މި އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހަކު އެއް މެޗު ހިލޭ ސްޓްރީމް ކުރާއިރު، އޭގެ ތެރޭގައި ސެމީ ފައިނަލާއި ފައިނަލް މެޗު ވެސް ހިމެނޭ.

ޗައިނާ މުބާރާތުގައި ވެސް ގައުމީ ފުޓްސަލް ޓީމަށް ކޯޗު ޒަކީރޯވް

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވެސް ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދުދޭނީ ކޯޗު ފާރޫކް ޒަކީރޯވް ކަމަށް އެފްއޭއެމް އިން ވަނީ ހާމަކޮށްފައި. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓީމުން މިހާރު ފަރިތަކުރުންތައް ފަށާފައިވާއިރު، ރާއްޖޭގެ އިތުރުން މި މުބާރާތުގައި ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާނެ

ގައްދޫ ބަލިކޮށް ބުރު އަށް ސީޒަންގެ ފުރަތަމަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫ 2-0 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި. މި މެޗުގެ ލަނޑުތައް ބުރު ސްޕޯޓްސްއަށް ކާމިޔާބުކޮށްދިނީ ޖުއާން އެޑުއާޑޯ ލެސްކާނޯ އާއި އިބްރާހިމް އުސާމާ ހަސަން މަޖީދު

ލަމްޕާޑް އެދުނީ ކަވެންޓްރީ އިން ހަމަބިމުގައި ތިބެން

ކޯޗު ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ކަވެންޓްރީ ސިޓީން 25 އަހަރަށް ފަހު ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ފުރަތަމަ މޮޅު ހޯދައިފި. ނިއުކާސަލް އަތުން ލިބުނު މި ކާމިޔާބީއާއެކުވެސް، ލަމްޕާޑް ބާރުއެޅީ ޓީމުގެ ސަމާލުކަން ނުގެއްލުވައި ހަމަބިމުގައި ތިބެގެން ކުރިއަށް ދިއުމަށް

އެމެރިކާ އަކީ ފުޓްބޯޅައިގެ ގައުމެއް ނޫން: ޖިރޫ

އެމެރިކާގެ އެލްއޭ އެފްސީއަށް ކުޅުމަށްފަހު ފްރާންސްގެ ލިލް އަށް ބަދަލުވި އޮލިވިއޭ ޖިރޫ ބުނިގޮތުގައި، އެމެރިކާ އަކީ ޔޫރަޕާ އަޅާބަލާއިރު ފުޓްބޯޅައިގެ ޖޯޝާއި ފޯރި ކުޑަ، ހަމައެކަނި ފުޓްބޯޅައިގައި ހިމެނޭ ފައިސާއަށް އިސްކަންދޭ ގައުމެއް

ރާއްޖެ މެޗުގެ ކަންތަކާ ހެދި ލަންކާ ކޯޗު 5000 ޑޮލަރުން ޖޫރިމަނާ

އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ދިވެހި ޓީމަށް ބޭއަދަބީ ބަހުން މުހާތަބުކުރި ލަންކާގެ އެސިސްޓަންޓް ކޯޗު މުހައްމަދު އިމްރާން 5000 ޑޮލަރުން އޭއެފްސީން ޖޫރިމަނާކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާ ވަގުތުން މަގާމުން ވަކިކޮށްފައިވާއިރު، ދެ އަހަރު ދުވަހުގެ ސަސްޕެންޝަނެއް ދިނުމަށްވެސް އެ ފެޑެރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގައްދޫން މި ބުރުގައި ހަ ޕޮއިންޓް ހޯދަންޖެހޭ: ނަޒީހު

ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ބަލިވެފައިވާ ގައްދޫ ޓީމުން، މި ބުރުގައި ހަ ޕޮއިންޓް ހޯދަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނަޒީހު ބުނެފިއެވެ. ބަޖެޓާއި ތަޖުރިބާކާރު ކުޅުންތެރިންގެ ދަތިކަން ހުރި ނަމަވެސް، މިއަދު ބުރު ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ މެޗަކީ ރަނގަޅު ނަތީޖާއެއް ނެރެން އުންމީދުކުރާ މެޗެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

Newsletter

Get the latest news delivered straight to your inbox