އިންގްލެންޑާ އެކު 100 ވަނަ މެޗު ކަމަށް ވިޔަސް ސައުތުގޭޓް އެކަމާ ނުވިސްނާ

Jul 6, 2024, 4:42 AM
އިންގްލެންޑާ އެކު 100 ވަނަ މެޗު ކަމަށް ވިޔަސް ސައުތުގޭޓް އެކަމާ ނުވިސްނާ

ޑަސެލްޑޯފް (ޖުލައި 6) - ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގައި މިރޭ ސްވިޒަލެންޑާ ދެކޮޅަށް ކުޅޭ މެޗަކީ އިންގްލެންޑް ޓީމުގެ ކޯޗުގެ މަގާމުގައި ގަރެތު ސައުތުގޭޓްގެ 100 ވަނަ މެޗު ކަމުގައި ވިޔަސް އެ ކަމާ މާ ބޮޑު ސަމާލުމަމެއް ނެތް ކަމަށް އޭނާ ބުނެފި އެވެ.

އިންގްލެންޑްގެ ކޯޗަކަށް އަށް ވަނަ އަހަރު މަސައްކަތް ކުރަމުން އަންނަ ސައުތުގޭޓަށް މަގާމުގައި ދެމިހުންނަން އެންމެ ޕްރެޝަރު ބޮޑު މުބާރާތަކީ މި ފަހަރުގެ ޔޫރޯ އެވެ.

"ތިއީ (އިންގްލެންޑަށް އަހަރެން ކޯޗުކޮށްދޭ 100 ވަނަ މެޗަށް) މި މެޗަށް ނުކުންނައިރު އަހަންނަށް އެންމެ ކުޑަކޮށް ސަމާލުކަން ދެވޭނެ ސްޓެޓިސްޓިކްސް، އަހަރެންގެ ކަމަކަށް ވުރެ ކުރިމަތީގައި މި އޮތް، ޗެލެންޖް މާ މުހިންމު،" ސައުތުގޭޓް ބުންޏެވެ.

ސްވިޒަލެންޑާ ދެކޮޅަށް މިރޭ އިންގްލެންޑުން ނުކުންނައިރު، އެ ޓީމުގެ ޑިފެންޑަރު، މާކް ގޭހީ ވަނީ ސަސްޕެންޑްވެފަ އެވެ. ރިޕޯޓްތައް ބުނާގޮތުން ސައުތުގޭޓްގެ ނިންމުމަކީ، ތިން ޑިފެންޑަރުން ލައިގެން ކުޅޭ ސިސްޓަމަށް ބަދަލުކުރުމެވެ. ސައުތުގޭޓް އިންގްލެންޑަށް ކޯޗުކޮށްދިން ތިން ބައި ކުޅަ އެއް ބައި މެޗުގައި ކުޅެފައިވަނީ އެ ފޯމޭޝަނަަށެވެ.

އިންގްލެންޑުން ފައިނަލަށް ދާނަމަ މި މެޗުން ސްވިޒަލެންޑް ބަލިކޮށް، ސެމީގައި ބައްދަލުކުރަން ޖެހޭނީ ތުރުކީ އާއި ނެދަލެންޑްސް ތެރެއިން ޓީމަކާ އެވެ. ސައުތުގޭޓް ބުނީ މި ވަގުުތަށް ބަލާއިރު، އޭނާ އަށް ވާހަކަ ދެއްކެން އޮތީ އެންމެ މެޗެއްގެ ކަމަށާއި އެއީ ކުއާޓާ ފައިނަލުގައި ސްވިޒަލެންޑާ ދެކޮޅަށް އޮތް ކުރިމަތިލުމާ ބެހޭގޮތުން ކަމަށެވެ.

"ވަރަށް ވަރުގަދަ ފުޓްބޯޅައިގެ ގައުމަކާ މި ކުޅެނީ. އެ މީހުން (ސްވިޒަލެންޑް) މި ހިސާބަށް އައިސް އެ ތިބީ ވަރަށް ފަހުރުވެރިކަމާ އެކު މޮޅު ކުޅުމެއް ދައްކައިގެން،" ސައުތުގޭޓް ބުންޏެވެ.

އިންގްލެންޑް ގައުމީ ޓީމަށް ކުރިން ކުޅުނު ސައުތުގޭޓް ބުނީ، އެ ގައުމުގެ ފުޓްބޯޅަ ތާރީހަށް ބަލާއިރު ކުޅެފައިވަނީ ދެ ފައިނަލް ކަމަށާއި ސެމީ ފައިނަލަށް ދަތުރުކުރީ ތިން ފަހަރު ކަމަށްވާއިރު، ކޮންމެ މުބާރާތެއްގައި ވެސް އެ ހިސާބަށް ދާން ކުރަން ޖެހޭ މަސައްކަތާއި ކުރިމަތިލާން ޖެހޭ ޗެލެންޖްތައް ގިނަ ކަމަށެވެ.

"އަހަރެމެންނަށް ކާމިޔާބު ލިބިފައި އޮތް މިންވަރާ ބެހޭގޮތުން މީހުން ދެކޭ ދެކުން އެއީ އަހަރެމެން ވިސްނަން ޖެހޭ ކަމެއް ކަމުގައި ނުދެކެން. އަަހަރެެމެންގެ ކިބައިގައި ނަތީޖާ ނެރެން ފެންވަރު ހުރިކަން ސާބިތުކޮށްދޭންވީ،" ސައުތުގޭޓް ބުންޏެވެ.

އިންގްލެންޑުން ވަނީ އެންމެ ފަހުން ކުޅުނު ބައިނަލްއަގުވާމީ ހަތަރު މުބާރާތުގައި ވެސް އެންމެ ކުޑަމިނުން ކުއާޓާ ފައިނަލަށް ދަތުރުކޮށްފަ އެވެ. މިއީ އެ ގައުމުން ސައުތުގޭޓްގެ ކޯޗުކަމުގައި ހާސިލްކުރި ތާރީހީ ކާމިޔާބެކެވެ.

މިއީ ބައިނަލްއަގުވާމީ ބޮޑު މުބާރާތެއްގައި އިންގްލެންޑާއި ސްވިޒަލެންޑްގެ ހަތަރު ވަނަ ކުރިމަތިލުމެވެ. އިންގްލެންޑް އަދި މުބާރާތެއްގައި ސްވިޒަލެންޑް އަތުން ބަލިނުވެ އެވެ. އެ ގޮތުން، މީގެ ކުރިން، ކުޅުނު މެޗުތަކަށް ބަލާއިރު، 1954 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި އިންގްލެންޑުން 2-0 އިން މޮޅުވިއިރު، 2004 ވަނަ އަހަރުގެ ޔޫރޯގައި އިންގްލެންޑް މޮޅުވީ 3-0 އިންނެވެ. އަދި 1996 ވަނަ އަހަރުގެ ޔޫރޯގައި 1-1 އިން އެއްވަރުވި އެވެ.

އިންގްލެންޑާއި ސްވިޒަލެންޑް ކުޅޭ މެޗު ފަށާނީ މިރޭ 9 ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2030 ގެ ފީފާ ވޯލްޑް ކަޕްގެ ރައިޓްސްތަކެއް ނެޓްފްލިކްސް އަށް

2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މެޗުތައް ސްޕެއިން އާއި އެންޑޯރާގައި ދެއްކުމުގެ ރައިޓްސް ނެޓްފްލިކްސް އިން ގަނެފި. މި އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހަކު އެއް މެޗު ހިލޭ ސްޓްރީމް ކުރާއިރު، އޭގެ ތެރޭގައި ސެމީ ފައިނަލާއި ފައިނަލް މެޗު ވެސް ހިމެނޭ.

ޗައިނާ މުބާރާތުގައި ވެސް ގައުމީ ފުޓްސަލް ޓީމަށް ކޯޗު ޒަކީރޯވް

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވެސް ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދުދޭނީ ކޯޗު ފާރޫކް ޒަކީރޯވް ކަމަށް އެފްއޭއެމް އިން ވަނީ ހާމަކޮށްފައި. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓީމުން މިހާރު ފަރިތަކުރުންތައް ފަށާފައިވާއިރު، ރާއްޖޭގެ އިތުރުން މި މުބާރާތުގައި ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާނެ

ގައްދޫ ބަލިކޮށް ބުރު އަށް ސީޒަންގެ ފުރަތަމަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫ 2-0 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި. މި މެޗުގެ ލަނޑުތައް ބުރު ސްޕޯޓްސްއަށް ކާމިޔާބުކޮށްދިނީ ޖުއާން އެޑުއާޑޯ ލެސްކާނޯ އާއި އިބްރާހިމް އުސާމާ ހަސަން މަޖީދު

ލަމްޕާޑް އެދުނީ ކަވެންޓްރީ އިން ހަމަބިމުގައި ތިބެން

ކޯޗު ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ކަވެންޓްރީ ސިޓީން 25 އަހަރަށް ފަހު ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ފުރަތަމަ މޮޅު ހޯދައިފި. ނިއުކާސަލް އަތުން ލިބުނު މި ކާމިޔާބީއާއެކުވެސް، ލަމްޕާޑް ބާރުއެޅީ ޓީމުގެ ސަމާލުކަން ނުގެއްލުވައި ހަމަބިމުގައި ތިބެގެން ކުރިއަށް ދިއުމަށް

އެމެރިކާ އަކީ ފުޓްބޯޅައިގެ ގައުމެއް ނޫން: ޖިރޫ

އެމެރިކާގެ އެލްއޭ އެފްސީއަށް ކުޅުމަށްފަހު ފްރާންސްގެ ލިލް އަށް ބަދަލުވި އޮލިވިއޭ ޖިރޫ ބުނިގޮތުގައި، އެމެރިކާ އަކީ ޔޫރަޕާ އަޅާބަލާއިރު ފުޓްބޯޅައިގެ ޖޯޝާއި ފޯރި ކުޑަ، ހަމައެކަނި ފުޓްބޯޅައިގައި ހިމެނޭ ފައިސާއަށް އިސްކަންދޭ ގައުމެއް

ރާއްޖެ މެޗުގެ ކަންތަކާ ހެދި ލަންކާ ކޯޗު 5000 ޑޮލަރުން ޖޫރިމަނާ

އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ދިވެހި ޓީމަށް ބޭއަދަބީ ބަހުން މުހާތަބުކުރި ލަންކާގެ އެސިސްޓަންޓް ކޯޗު މުހައްމަދު އިމްރާން 5000 ޑޮލަރުން އޭއެފްސީން ޖޫރިމަނާކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާ ވަގުތުން މަގާމުން ވަކިކޮށްފައިވާއިރު، ދެ އަހަރު ދުވަހުގެ ސަސްޕެންޝަނެއް ދިނުމަށްވެސް އެ ފެޑެރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގައްދޫން މި ބުރުގައި ހަ ޕޮއިންޓް ހޯދަންޖެހޭ: ނަޒީހު

ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ބަލިވެފައިވާ ގައްދޫ ޓީމުން، މި ބުރުގައި ހަ ޕޮއިންޓް ހޯދަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނަޒީހު ބުނެފިއެވެ. ބަޖެޓާއި ތަޖުރިބާކާރު ކުޅުންތެރިންގެ ދަތިކަން ހުރި ނަމަވެސް، މިއަދު ބުރު ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ މެޗަކީ ރަނގަޅު ނަތީޖާއެއް ނެރެން އުންމީދުކުރާ މެޗެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

Newsletter

Get the latest news delivered straight to your inbox