ސްވިޒަލެންޑްގެ ތަރި ޝަކީރީ ގައުމީ ކެރިއަރު ނިންމާލައިފި

Jul 16, 2024, 6:46 AM
ސްވިޒަލެންޑްގެ ތަރި ޝަކީރީ ގައުމީ ކެރިއަރު ނިންމާލައިފި

ޒިއުރިކް (ޖުލައި 16) - ސްވިޒަލެންޑް ގައުމީ ޓީމަށް ބައިނަލްއަގުވާމީ މުބާރާތްތަކުގައި ތަފާތު ދައްކާފައިވާ ހުނަރުވެރި ފޯވާޑް، ޒެރްޑަން ޝަކީރީ ގައުމީ ޓީމުން ރިޓަޔާކޮށްފި އެވެ.

ޝަކީރީ، 32، ވަނީ މި ފަހަރު ޖަރުމަނުގައި ކުރިއަށްދިޔަ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވެސް ކުޅެފަ އެވެ. މި ފަހަރުގެ ޔޫރޯގައި ޝަކީރީ ގިނަ މެޗުތަކުގައި ކުޅެފައިވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގަ އެވެ. ސްވިޒަލެންޑުން ކުއާޓާ ފައިނަލްގައި އިންގްލެންޑާ ބައްދަލުުކުރި މެޗުގައި ލަނޑެއް ޖެހުމާ ވެސް ޝަކީރީ ވަނީ ގާތަށް ޖެހިލައިފަ އެވެ.

މި ފަހަރުގެ ޔޫރޯގައި ސްކޮޓްލެންޑާއި ސްވިޒަލެންޑް އެއްވަރުވި މެޗުގައި، ގޯލު ޖެހި ޝަކީރީ ވަނީ ސްވިޒަލެންޑްގެ ގައުމީ ޓީމުގައި ހޭދަކުރި 14 އަހަރު ތެރޭ ބައިނަލްއަގުވާމީ ހަތް މުބާރާތް އެ ޓީމަށް ކުޅެދީފަ އެވެ. އޭގެއިން ކޮންމެ މުބާރާތެއްގައި ވެސް އޭނާ ވަނީ ތަފާތު ދައްކައިފަ އެވެ.

އެ ގޮތުން، އެންމެ ފަހުން، ތިން ވޯލްޑް ކަޕާއި ތިން ޔޫރޯގައި ލަނޑު ޖެހި ހަމައެކަނި ކުޅުންތެރިއަކީ ޝަކީރީ އެވެ.

ސްވިޒަލެންޑަށް ޝަކީރީ ފުރަތަމަ ފަހަރަށް މެޗެއް ކުޅެދިނީ 2010 ވަނަ އަހަރުގެ މާޗް މަހު އުރުގުއޭއާ އެކު، އެކުވެރިކަމުގެ މެޗެކެވެ. ރިޓަޔާކުރުމާ ހަމައަށް ޝަކީރީ ގައުމީ ޓީމަށް ކުޅެދީފައިވަނީ، 125 މެޗެެވެ. އެ މެޗުތަކުގައި އޭނާ ވަނީ 32 ލަނޑު ޖަހައިފަ އެވެ.

ޝަކީރީ މި ވަގުތު ކްލަބް ފުޓްބޯޅަ ކުޅެމުން އަންނަނީ އެމެރިކާ ލީގުގެ ޝިކާގޯ ފަޔާ އަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox