ސްވިޒަލެންޑްގެ ޕްލޭނަކީ އިންގްލެންޑްް ހަމަނޭވައެއް ލިޔަ ނުދިނުން

Jul 6, 2024, 5:00 AM
ސްވިޒަލެންޑްގެ ޕްލޭނަކީ އިންގްލެންޑްް ހަމަނޭވައެއް ލިޔަ ނުދިނުން

ޑަސެލްޑޯފް (ޖުލައި 6) - ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގައި މިރޭ އިންގްލެންޑާ ދެކޮޅަށް ކުޅޭއިރު، އެ ޓީމުން ހަމަޖެހިލައިގެން ކުޅެން ފުރުސަތުނުދީ ސްވިޒަލެންޑުން ވެސް ޕްލޭނަކާ އެކު ނުކުމެ މޮޅުވާން ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށް ސްވިޒަލެންޑްގެ ކޯޗު މުރާތުު ޔަކިން ބުނެފި އެވެ.

މިއީ ބައިނަލްއަގުވާމީ ބޮޑު މުބާރާތެއްގައި އިންގްލެންޑާއި ސްވިޒަލެންޑްގެ ހަތަރު ވަނަ ކުރިމަތިލުމެވެ. އިންގްލެންޑް އަދި މުބާރާތެއްގައި ސްވިޒަލެންޑް އަތުން ބަލިނުވެ އެވެ. އެ ގޮތުން، މީގެ ކުރިން، ކުޅުނު މެޗުތަކަށް ބަލާއިރު، 1954 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި އިންގްލެންޑުން 2-0 އިން މޮޅުވިއިރު، 2004 ވަނަ އަހަރުގެ ޔޫރޯގައި އިންގްލެންޑް މޮޅުވީ 3-0 އިންނެވެ. އަދި 1996 ވަނަ އަހަރުގެ ޔޫރޯގައި 1-1 އިން އެއްވަރުވި އެވެ.

ސްވިޒަލެންޑަށް މީގެ ކުރިން މުބާރާތެއްގައި، އިންގްލެންޑް ބަލިކުރެވިފައި ނުވުން އެއީ މާ ބޮޑު ކަމެއްގެ ގޮތުގައި، ސްވިޒަލެންޑް ކޯޗު، ޔަކިން ނުދެކެ އެވެ. އޭނާ ބުނީ މި ވަގުތުގެ ހާލަތަށް ބަލައިގެން ކަންކަން ކުރަން އުޅެފިނަމަ ސްވިޒަލެންޑަށް ހާސިލްކުރެވޭނެ ކަންތައް ގިނަ ކަމަށެވެ.

މެޗުގެ ކުރިން ދެ ޓީމުގެ ސްކޮޑަށް ބަލާފައި ފޭވަރިޓުން ނަގާނަމަ، ގިނަ ބަޔަކު ބުރަވާނީ އިންގްލެންޑަށް ކަމަށް ޔަކިން ވެސް ގަބޫލުކުރެ އެވެ. އެކަމަކު، މި ފަހަރުގެ މުބާރާތުގައި ސްވިޒަލެންޑުން ގްރޫޕް ސްޓޭޖުގައި ޖަރުމަނާ ދެކޮޅަށް ދެއްކި ކުުޅުމާއި ގަދަ 16 ބުރުގައި އިޓަލީ ކަޓުވާލިއިރު، ކުރި ހިތްވަރު ފެންނަން އޮތްއިރު، އިންގްލެންޑާ ދެކޮޅަށް ވެސް އެކަން ކުރެވިދާނެ ކަމަށް ޔަކީން ވަނީ ބުނެފަ އެެވެ.

"އިންގްލެންޑަށް ދިމާވި މައްސަލަ އަކީ އިދިކޮޅަށް ނުކުތް ޓީމުތައް ޑިފެންސިވްލީ ކުޅުން. އަހަރެމެންނަކީ އެ ގޮތަށް ކުޅޭނެ ބައެއް ނޫން، އަހަރެމެން ފުޓްބޯޅަ ކުޅެގެން ކާމިޔާބު ހޯދަން މި އަރަނީ،" ޔަކިން ބުންޏެވެ.

"އިންގްލެންޑް ވަރުގަދަ ކަންކަމާއި ބަލިފައި އަހަރެމެންނަށް އެނގޭ. އަހަރެމެންނަށް ތިން ދުވަސް ލިބުނު މި މެޗަށް ތައްޔާރުވާން. އެހެންވީމަ، އަހަރެމެންގެ އެންމެ ވަރުގަދަ ކަންކަން ދައްކާލެވޭނެ. ފޯކަސް އަކީ އަހަރެމެންގެ ޓީމު، އަހަރެމެންނަށް ކުރެވޭނެ ކަންތައްތައް،"

އިންގްލެންޑާ ދެކޮޅަށް ޗެލެންޖިން މެޗަކަށް ސްވިޒަލެންޑް ތައްޔާރުވަނީ، "މި ފައިޓް" ކާމިޔާބުކުރަން ހުރިހާ ގަޑިއެއްގައި ވެސް ސަމާލުވެގެން މަސައްކަތްކުރުމުގެ ވިސްނުމުގައި ކަމަށް ޔަކިން ވަނީ ބުނެފަ އެވެ.

ސްވިޒަލެންޑުން ހަމައެކަނި ވިސްނަނީ އިންގްލެންޑްގެ ޖޫޑް ބެލިންހަމް އަށް ކަމަށްވެއްޖެނަމަ، އޭގެ ފައިދާނަގައި، މެޗުގެ ނަތީޖާ ނެރެވޭނެ އިންގްލެންްޑްގެ އެހެން ކުޅުންތެރިން ތިބޭނެ ކަމަށާއި އޭގެ ބަދަލުގައި، ސްވިޒަލެންޑުން ނުކުންނާނީ އިންގްލެންޑްގެ މުޅި ޓީމު ހުއްޓުވުމަށް ކަމަށް ޔަކިން ބުންޏެވެ.

މި ފަހަރުގެ ޔޫރޯގައި ސްވިޒަލެންޑުން ޖެހި ހަތް ގޯލު ކާމިޔާބުކުރީ މުޅިން ތަފާތު ކުޅުންތެރިންނެވެ. ޔަކީން ބުނީ ގޯލު ޖަހަން ބަރޯސާވެވޭނެ ކުޅުންތެރިން ގިނަ ވުމަކީ މުބާރާތެއްގައި އެޑްވާންޓޭޖެއްގެ ގޮތުގައި ނެގޭނެ ކަމެއް ކަމަށެވެ.

އިންގްލެންޑާއި ސްވިޒަލެންޑް ކުޅޭ މެޗު ފަށާނީ މިރޭ 9 ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2030 ގެ ފީފާ ވޯލްޑް ކަޕްގެ ރައިޓްސްތަކެއް ނެޓްފްލިކްސް އަށް

2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މެޗުތައް ސްޕެއިން އާއި އެންޑޯރާގައި ދެއްކުމުގެ ރައިޓްސް ނެޓްފްލިކްސް އިން ގަނެފި. މި އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހަކު އެއް މެޗު ހިލޭ ސްޓްރީމް ކުރާއިރު، އޭގެ ތެރޭގައި ސެމީ ފައިނަލާއި ފައިނަލް މެޗު ވެސް ހިމެނޭ.

ޗައިނާ މުބާރާތުގައި ވެސް ގައުމީ ފުޓްސަލް ޓީމަށް ކޯޗު ޒަކީރޯވް

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވެސް ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދުދޭނީ ކޯޗު ފާރޫކް ޒަކީރޯވް ކަމަށް އެފްއޭއެމް އިން ވަނީ ހާމަކޮށްފައި. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓީމުން މިހާރު ފަރިތަކުރުންތައް ފަށާފައިވާއިރު، ރާއްޖޭގެ އިތުރުން މި މުބާރާތުގައި ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާނެ

ގައްދޫ ބަލިކޮށް ބުރު އަށް ސީޒަންގެ ފުރަތަމަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫ 2-0 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި. މި މެޗުގެ ލަނޑުތައް ބުރު ސްޕޯޓްސްއަށް ކާމިޔާބުކޮށްދިނީ ޖުއާން އެޑުއާޑޯ ލެސްކާނޯ އާއި އިބްރާހިމް އުސާމާ ހަސަން މަޖީދު

ލަމްޕާޑް އެދުނީ ކަވެންޓްރީ އިން ހަމަބިމުގައި ތިބެން

ކޯޗު ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ކަވެންޓްރީ ސިޓީން 25 އަހަރަށް ފަހު ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ފުރަތަމަ މޮޅު ހޯދައިފި. ނިއުކާސަލް އަތުން ލިބުނު މި ކާމިޔާބީއާއެކުވެސް، ލަމްޕާޑް ބާރުއެޅީ ޓީމުގެ ސަމާލުކަން ނުގެއްލުވައި ހަމަބިމުގައި ތިބެގެން ކުރިއަށް ދިއުމަށް

އެމެރިކާ އަކީ ފުޓްބޯޅައިގެ ގައުމެއް ނޫން: ޖިރޫ

އެމެރިކާގެ އެލްއޭ އެފްސީއަށް ކުޅުމަށްފަހު ފްރާންސްގެ ލިލް އަށް ބަދަލުވި އޮލިވިއޭ ޖިރޫ ބުނިގޮތުގައި، އެމެރިކާ އަކީ ޔޫރަޕާ އަޅާބަލާއިރު ފުޓްބޯޅައިގެ ޖޯޝާއި ފޯރި ކުޑަ، ހަމައެކަނި ފުޓްބޯޅައިގައި ހިމެނޭ ފައިސާއަށް އިސްކަންދޭ ގައުމެއް

ރާއްޖެ މެޗުގެ ކަންތަކާ ހެދި ލަންކާ ކޯޗު 5000 ޑޮލަރުން ޖޫރިމަނާ

އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ދިވެހި ޓީމަށް ބޭއަދަބީ ބަހުން މުހާތަބުކުރި ލަންކާގެ އެސިސްޓަންޓް ކޯޗު މުހައްމަދު އިމްރާން 5000 ޑޮލަރުން އޭއެފްސީން ޖޫރިމަނާކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާ ވަގުތުން މަގާމުން ވަކިކޮށްފައިވާއިރު، ދެ އަހަރު ދުވަހުގެ ސަސްޕެންޝަނެއް ދިނުމަށްވެސް އެ ފެޑެރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގައްދޫން މި ބުރުގައި ހަ ޕޮއިންޓް ހޯދަންޖެހޭ: ނަޒީހު

ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ބަލިވެފައިވާ ގައްދޫ ޓީމުން، މި ބުރުގައި ހަ ޕޮއިންޓް ހޯދަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނަޒީހު ބުނެފިއެވެ. ބަޖެޓާއި ތަޖުރިބާކާރު ކުޅުންތެރިންގެ ދަތިކަން ހުރި ނަމަވެސް، މިއަދު ބުރު ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ މެޗަކީ ރަނގަޅު ނަތީޖާއެއް ނެރެން އުންމީދުކުރާ މެޗެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

Newsletter

Get the latest news delivered straight to your inbox