ޑްރަގާއި ހަށި ވިއްކުމުގެ ވިޔަފާރި އިޝްތިހާރު ކުރި "ޖަޒީރާ" ޓެލެގްރާމް ޗެނަލްތަކުގެ ބޮޑުންނަށް ދައުވާކޮށްފި

ޖަޒީރާ ޓެލެގްރާމް ޗެނަލް ބޭންކޮށްފައި

ޖަޒީރާ ޓެލެގްރާމް ޗެނަލް ބޭންކޮށްފައި

ޓެލަގްރާމް އެޕްލިކޭޝަންގައި "ޖަޒީރާ އެޑްމިން" ގެ ނަމުގައި ޔޫސާއެއް ހަދައި އެ އެޕްލިކޭޝަނުގައި "ޖަޒީރާ" އާއި "ޖަޒީރާ ގާލްސް" އާއި "ޖަޒީރާ އެސްކޯޓު ގެލެރީ" ނަމުގައި ތިން ޗެނަލެއް އުފައްދައިގެން މަސްތުވާތަކެއްޗާއި ހަށި ވިއްކުމުގެ ވިޔަފާރި އިޝްތިހާރު ކުރަމުން ދިޔަ ކަމުގެ ތުހުމަތުގައި ތިން މީހަކަށް ގިނަ ދައުވާތަކެއް ކޮށްފި އެވެ.

ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުން ބުނި ގޮތުގައި ދައުވާ އުފުލި ތިން މީހުނަކީ:

  1. ދަފްތަރު ނަންބަރު ރސ 12966، އިބްރާހީމް ރަޝީދު
  2. ތ. ވޭމަންޑޫ، ރެދިންގެ، ނިޝާނީ އަލީ
  3. ގދ. ރަތަފަންދޫ، ވެލީގެ، އައިސަރު ނަސީމް

އިބްރާހިމް ރަޝީދުގެ މައްޗަށް ހަތަރު ދައުވާކޮށްފައިވެ އެވެ. އެއީ ހަޑި ހުތުރު އެއްޗެއް ރައްދު ކުރުމުގެ ކުށުގެ ދައުވާ، މަނީ ލޯންޑްރިންގެ ދައުވާ، މީހަކު ލައްވާ ހަށި ވިއްކުވުމުގައި އެހީތެރިވެދިނުމުގެ ކުށުގެ ދައުވާ، އަދި މީހަކު ހަށި ވިއްކައިގެން ލިބޭ އާމްދަނީ ކަން އެނގި ހުރެ ބޭނުން ކުރުމުގެ ކުށުގެ ދައުވާ އެވެ.

ނިޝާނީ އަލީ އާއި، އައިސަރު ނަސީމްގެ މައްޗަށް ހަތަރު ދައުވާއެއް ކޮށްފައިވެ އެވެ. އެއީ ހަޑި ހުތުރު އެއްޗެއް ރައްދު ކުރުމުގެ ކުށުގެ ދައުވާ، މަނީ ލޯންޑްރިންގެ ދައުވާ، މަސްތުވާތަކެތި ބޭނުން ކުރުމަށް ހިތްވަރު ދިނުމަށް އިޝްތިހާރު ކުރުމުގެ ކުށުގެ ދައުވާ، އަދި އެހެން މީހަކު ހަށި ވިއްކައިގެން ލިބޭ އާމްދަނީކަން އެނގިހުރެ ބޭނުން ކުރުމުގެ ކުށުގެ ދައުވާ އެވެ.

މި ދަޢުވާތަކާ ގުޅިގެން މި ތިން މީހުން ކުށްކޮށްގެން ހޯދާފައިވާ ކަމަށް ބެލެވޭ 9.5 މިލިއަން ރުފިޔާ ދައުލަތަށް ނަގައިދިނުމަށް ވެސް ކޯޓުގައި އެދިފައިވާނެ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

މި މީހުންގެ މައްޗަށް ކުށް ސާބިތު ނުވަނީސް ނޫސްތަކުގައި ފޮޓޯ ޝާއިއު ނުކޮށްދިނުމަށް އެ މީހުން ނިސްބަތްވާ އާއިލާތަކުން އެދިފައިވާ ކަން ވެސް ޕީޖީ އޮފީހުން ފާހަގަކޮށްފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑެތި ހުރިހާ މަޝްރޫއެއް ވަނީ މަޑުޖެހިފައި: މުއިއްޒު

ދަރަނި ދެއްކުމަށާއި ޒަރޫރީ ޚިދުމަތްތަކަށް އިސްކަންދިނުމުގެ ސަބަބުން، އުމްރާނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތައް މަޑުޖެހިފައިވާ ކަމަށް ރައީސް މުއިއްޒު އެއްބަސްވެވަޑައިގެންނެވި. މިކަން މިގޮތަށް ދިމާވީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާއި ފަތުރުވެރިން އަންނަ މިންވަރު މަދުވުމުން ފިސްކަލް މެނޭޖްމަންޓަށް ބަދަލު ގެނައުމުން ކަމަށް އެމަނިކުފާނު ވިދާޅުވި.

މިރޭގެ ޖަލްސާއަށް އެއްލައްކަ މެންބަރުން ހަމަނުކުރެވުނު

ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އިތުރުކުރުމަށް ހިފި އަމާޒަށް މިރޭގެ ޖަލްސާއާ ހަމައަށް ވާސިލުނުވެވުމުން، އެ އަމާޒު ހާސިލުކުރުމުގެ ވަގުތު މިރޭ މެންދަމު 12 އާ ހަމައަށް ވަނީ އިތުރުކޮށްފައި. އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާގޮތުގައި އެ ޕާޓީއަށް އެއްލައްކަ ހަމަވާން އަދި 1,992 މެންބަރުން އިތުރަށް ބޭނުންވޭ.

ހުޅުމާލޭގައި އަޅާ ކޯޓު ކޮމްޕްލެކްސްގެ ބިންގާ އަޅައިފި

އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއަކީ ޝަރުއީ ދާއިރާގެ ހިންގުން އެއް ފުރާޅެއްގެ ދަށަށް ގެނެސް، ކޯޓުތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ފެށި 699.8 މިލިއަން ރުފިޔާގެ މަޝްރޫއެއް. މި އިމާރާތުގައި ހައިކޯޓާއި ސުޕީރިއާ ކޯޓުތަކުގެ އިތުރުން ޑީޖޭއޭގެ އޮފީސް ވެސް ހިންގުމަށް ވަނީ ހަމަޖެހިފަ.

ޕީއެންސީއަށް 100،000 މެންބަރުން މުވައްޒަފުންނަށް މަޖުބޫރުކުރަނީ

ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް ހަމަކުރުމަށްޓަކައި، ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް މަޖުބޫރުކޮށް ވަޒީފާގެ ބިރުދައްކަމުންދާކަމުގެ ޝަކުވާތައް ވަނީ ބޮޑުވެފައެވެ. މި އަމާޒަށް ވާސިލުވުމަށް އެހެން ޕާޓީތަކުގެ މެންބަރުން ޕީއެންސީއަށް ބަދަލުވުމަށް އަންގަމުންދާއިރު، މެންބަރުން އިތުރުކުރުމަށް ފައިސާ ބަހާކަމުގެ ތުހުމަތުތައްވެސް ވަނީ ފެންމަތިވެފައެވެ.

މުވައްޒަފުންނަށް ސިޔާސީ މަޖުބޫރުކުރުން ކުށަކަށް ހަދާ ބިލެއް

ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް ސިޔާސީ މަޖުބޫރުކުރުން ޖިނާއީ ކުށަކަށް ހަދަން ވަޒީފާއާބެހޭ ގާނޫނަށް އިސްލާހު ހުށަހަޅައިފި. މީކާއީލް ނަސީމް ހުށަހެޅުއްވި މި ބިލުގެ މަގްސަދަކީ މުވައްޒަފުންގެ ސިޔާސީ މިނިވަންކަން ހިމާޔަތްކޮށް، ވަކި ޕާޓީއަކަށް ވަނުމަށް ނުވަތަ ހަރަކާތްތަކުގައި ބައިވެރިވުމަށް ނުފޫޒު ފޯރުވުން ހުއްޓުވުން.

ސިޓިޒެންސް ޕޯޓަލް ދެވަނަ ފަހަރަށް އިފްތިތާހުކޮށްފި

ރައީސް މުއިއްޒަށް ރައްޔިތުންގެ ޝަކުވާތަކާއި ޚިޔާލުތައް ސީދާ ހުށަހެޅޭ ގޮތަށް "ސިޓިޒެންސް ވޮއިސް" ޕޯޓަލް ދެވަނަ ފަހަރަށް ވަނީ އިފްތިތާހުކޮށްފައި އީ-ފާސް މެދުވެރިކޮށް ވަދެވޭ މި ޕޯޓަލްގެ ހިދުމަތް މިވަގުތު ވެބްސައިޓުން ލިބުނު ނަމަވެސް، ކުރިއަށް އޮތްތަނުގައި މޯބައިލް އެޕްލިކޭޝަނެއް ތައާރަފުކުރުމަށް ވަނީ ނިންމާފައި.

"މިހާރު ފެށެން މި އުޅެނީ ރާއްޖޭގެ މިނިވަންކަން ނިމުމުގެ ފެށުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ފަރާތްތަކާއި ޒަޔަނިސްޓުން ރާއްޖޭގައި ވަޒަންވެރިކުރުވަން ފަށައިފިނަމަ، ގައުމުގެ މިނިވަންކަން ގެއްލިދާނެ ކަމަށާއި، މި މަޝްރޫއުގެ މާލީ ތަފްސީލުތައް ކަމާބެހޭ އިދާރާތަކަށް ނޭނގޭއިރު، މިއީ މަދު ބައެއްގެ މެދުގައި ސިއްރުވެފައިވާ ކަމެއްކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox