ހޭންޑްބޯލް މޯލްޑިވްސް ޗެމްޕިއަންޝިޕްގެ ފިރިހެން ޑިިވިޝަނުގެ ތަށި ޖީބީ ސްޕޯޓްސް ކްލަބަށް

Jun 11, 2024, 5:06 AM
ޖީބީ ސްޕޯޓްސް ކްލަބުން ތަށްޓާ އެކު އުފާފާޅުކުރަނީ.--- ފޮޓޯ: މިރާން ނާޝިމް / އަދަދު

ޖީބީ ސްޕޯޓްސް ކްލަބުން ތަށްޓާ އެކު އުފާފާޅުކުރަނީ.--- ފޮޓޯ: މިރާން ނާޝިމް / އަދަދު

މިހާރު ކުރިއަށްދާ ހަތް ވަނަ ހޭންޑްބޯލް މޯލްޑިވްސް ޗެމްޕިއަންޝިޕްގެ ފިރިހެން ޑިވިޝަނުގެ ފައިނަލުގައި ވެލިދޫ ޔުނައިޓެޑް ބަލިކުރުމަށް ފަހު ޖީބީ ސްޕޯޓްސް ކްލަބުން ތަށި އުފުލާލައިފި އެވެ.

ގައުމީ ހޭންޑްބޯލް ކޯޓުގައި ރޭ ކުޅުނު ފައިނަލް މެޗުން ޖީބީ ސްޕޯޓްސް ކްލަބް މޮޅުވީ، 38-34 އިންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ޖީބީ ސްޕޯޓްސް ކްލަބުން ހަ ގޯލުގެ ފަރަގަކުން ކުރީގަ އެވެ. އެކަމަކު، ދެ ވަނަ ހާފުގައި ވެލިދޫން ކުޅުން ރަނގަޅުކޮށް ފަރަގުކުޑަކުރި އެވެ. އެހެން ނަމަވެސް، ޖީބީ ސްޕޯޓްސް ކްލަބްގައި ހިމެނޭ ތަޖުރިބާކާރު ކުޅުންތެރިންގެ ހިތްވަރާ އެކު، އެ ޓީމުން ލީޑު ހިފަހައްޓައި މެޗުން މޮޅުވީ އެވެ.

ފައިނަލުގެ މޮޅު ކުޅުންތެރިއަކީ ޖީބީ ސްޕޯޓްސް ކްލަބްގެ ކީޕަރު، އަހުމަދު އިނާޝް އެވެ.

މުބާރާތުގެ އެންމެ މޮޅު ހަތް ކުޅުންތެރިންނަކީ، ޖީބީ ސްޕޯޓްސް ކްލަބްގެ އިނާޝް، އަބްދުﷲ ޒިޔާން، އަބްދުﷲ ނާޖީ، މުހައްމަދު ފިރުނާޝް އަބްދުﷲ އަދި އިސްމާއިލް ފަރުހާންގެ އިތުރުުން ވެލިދޫ ޔުނައިޓެޑްގެ މުހައްމަދު އައްފާން އާތިފް އަދި ރާއިދު ރަޝީދު އެވެ.

ޖުމްލަ 10 ޓީމުން މި ފަހަރުގެ ހޭންޑްބޯލް މޯލްޑިވްސް ޗެންޕިއަންޝިޕްގެ ފިރިހެން ޑިވިޝަނުގައި ކުޅެފައިވާއިރު، ވެލިދޫ ޔުނައިޓެޑުން ފައިނަލަށް ދަތުރުކުރީ ސެމީ ފައިނަލުގައި ފިއުޗާ ސްޕޯޓްސް ކުލަބު އެކަޑަމީ ބަލިކުރުމަށްފަހު އެވެ. އަދި ޖީބީ ސްޕޯޓްސް ކުލަބު ފައިނަލުން ފުރުސަތު ހޯދީ ސެމީގައި ދިވެހި ސިފައިންގެ ކުލަބްގެ މައްޗަށް ކުރިހޯދައިގެންނެވެ.

ހޭންޑްބޯލް މޯލްޑިވްސް ޗެމްޕިއަންޝިޕްގެ މިދިޔަ އަހަރުގެ މުބާރާތުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ރެޑްހޯކްސް ސްޕޯޓްސް ކްލަބުން ހޯދިއިރު، ފިރިހެން ޑިވިޝަންގެ ތަށި އުފުލާލީ ކްލަބް ޒެފްރޯލުންނެވެ. މި ފަހަރުގެ އަންހެން ޑިވިޝަން ފައިނަލް މިރޭ ކުޅޭއިރު، ބައްދަލުކުރަނީ ރެޑްހޯކްސް އާއި އޮރީކްސް ހޭންޑްބޯލް ކްލަބް އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox