ހޭންޑްބޯލް ޗެމްޕިއަންޝިޕް: ފިއުޗާ އަށް ރެކޯޑް މޮޅެއް، ސައިފަށް ހާއްސަ ރެކޯޑެއް

May 26, 2024, 6:28 PM
މިއަދުގެ މެޗުގެ ތެރެއިން ފިއުޗާ ޓީމުގެ ސައިފް ގޯލަށް ބޯޅަ ފޮނުވާލަނީ.--- ފޮޓޯ: ހޭންޑްބޯލް މޯލްޑިވްސް

މިއަދުގެ މެޗުގެ ތެރެއިން ފިއުޗާ ޓީމުގެ ސައިފް ގޯލަށް ބޯޅަ ފޮނުވާލަނީ.--- ފޮޓޯ: ހޭންޑްބޯލް މޯލްޑިވްސް

މިހާރު ކުރިއަށްދާ ހޭންޑްބޯލް ޗެމްޕިއަންޝިޕްގައި އަސްދިގާ ސްޕޯޓްސް ކްލަބް އަތުން ފިއުޗާ ސްޕޯޓްސް ކްލަބުން ރެކޯޑް މޮޅެއް ހޯދިއިރު، އެ ޓީމުގެ، އަހުމަދު ސައިފް ނައީމް މެޗެއްގައި އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑް ހަދައިފި އެވެ.

މިއަދު ހަވީރު ގައުމީ ހޭންޑްބޯލް ކޯޓުގައި ކުޅުނު މެޗުން އަސްދިގާ އަތުން ފިއުޗާ މޮޅުވީ 88-20 އިންނެވެ. މިއީ ފިއުޗާ އިން މި ފަހަރުގެ މުބާރާތުގައި ހޯދި ދެ ވަނަ މޮޅެވެ. ފިއުޗާގެ ފުރަތަމަ މެޗުން ވަނީ ވަކަންޑާ ސްޕޯޓްސް ކްލަބް ބަލިކޮށްފަ އެވެ. އެ ޓީމު އޮތީ އެ ގްރޫޕްގެ އެއް ވަނައިގަ އެވެ.

ފިއުޗާގެ ދެ ވަނަ މޮޅު ހާއްސަވާ ސަބަބަކީ، މި މުބާރާތުގައި މެޗެއްގައި އެންމެ ގިނަ ލަނޑު ސްކޯކުރި ފަހަރެވެ.

ފިއުޗާގެ ސައިފް މި މެޗުގައި، 27 ލަނޑު ކާމިޔާބުކުރި އެވެ. މިއާ އެކު، ގައުމީ ހޭންޑްބޯޅަ ޓީމަށް ވެސް ކުޅޭ ސައިފް އަށް ވަނީ ރާއްޖޭގެ ހޭންްޑްބޯޅައިގައި ތާރީހީ ރެކޯޑެއް ލިބިފަ އެވެ.

މި މެޗުގައި، ފިއުޗާގެ މުހައްމަދު އީމާއު 16 ލަނޑު ކާމިޔާބުކުރިއިރު، އެ ޓީމުގެ އަހުމަދު ރަޒުނީ މުހައްމަދު ވަނީ 14 ލަނޑު ކާމިޔާބުކޮށްފަ އެވެ.

މި އަހަރުގެ ހޭންޑްބޯލް މޯލްޑިވްސް ޗެންޕިއަންޝިޕްގައި ޖުމްލަ އެކު، ފިރިހެން ޑިވިޝަނުގައި 10 ޓީމު ވާދަކުރެ އެވެ. ކޮންމެ ގްރޫޕަކުން އެއް ވަނަ އާއި ދެ ވަނަ ޓީމު ސެމީ ފައިނަަލަށް ދަތުރުކުރާނެ އެވެ.

މިދިޔަ އަހަރުގެ، ހޭންޑްބޯލް މޯލްޑިވްސް ޗެމްޕިއަންޝިޕްގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ރެޑްހޯކްސް ސްޕޯޓްސް ކްލަބުން ހޯދިއިރު، ފިރިހެން ޑިވިޝަންގެ ތަށި ކާމިޔާބުކުރީ ކްލަބް ޒެފްރޯލް އިންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox